Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިސްޓްރީ އޮފް ޔޫތް

ކްލަބްތަކުން އެދޭ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނެ: އަލީ ވަހީދު

ނިއު ރޭޑިއަންޑްގެ ސަސްޕެންޝަން އުވާލަން މަސައްކަތް ކޮށްދިނުމަށް އެދިފައިވާނެ

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2019 | އަންގާރަ 12:48
މިނިސްޓަރުގެ ނިއުސް ކޮންފަރެންސް

މިނިސްޓަރުގެ ނިއުސް ކޮންފަރެންސް

އިތުބާރު ނެތްކަމުގެ ވޯޓަކަށް ކްލަބްތަކުން އެދޭ ނަމަ އެ ފުރުސަތު ކްލަބްތަކަށް ދޭންޖެހޭ ކަމަށް، ވަގުތީ ގޮތުން ޔޫތު މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްގެ މެނޭޖްމެންޓަށް ކްލަބުތަކުން އިތުބާރު ނުކުރާކަން ހާމަވެފައިވާއިރު، ކްލަބުތަކުން އެދިފައިވާ ގޮތުގެ މަތިން "ނޯ ކޮންފިޑެންސް" ވޯޓެއް ނަގައި އަލުން އިތުބާރު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިވަގުތު އެންމެ ބޮޑު ހިޔާލު ތަފާތުވުންތަކަކާއި ހަމަނުޖެހުންތަކެއް އުފެދިގެން އުޅެނީ ދިވެހި ފުޓުބޯޅައިގައި ކަމަށެވެ.

އެފްއޭއެމުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް ސަސްޕެންޑް ކުރުން އެއީ އެންމެ އިންސާފުވެރިކޮށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ގަބޫނުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ބަލައި ނުގަންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އިތުބާރު ނެއްކަމުގެ ވޯޓަކައި ގުޅިގެން ބަޔަކު މީހުން ސަސްޕެންޑްކޮށް މި ފަސްގަނޑުގަ އަދުލުއިންސާފުން ބޭރުކަށް ނުކުރެވޭނެ. ފީފާގެ އުސޫލްތަކަކު ވެސް ނޯއްނާނެ. ފެއާލީ އެއާ ފޭސް ކުރައްވަން ޖެހޭނެ. އަޅުގަނޑުގެ އިތުބާރު ނެތްކަން މާދަަމާ ނަގަން މަޖިލީހަށް ލީމަ، ރައްޔިތުން މަޖިލީހުގެ ހުރިހާ މެމްބަރުން ހައްޔަރު ކުރަން އަޅުގަނޑުމެން ގޮސްގެން ނުވާނެ. އެ ޕްރިސިޑެންޓާ ދެކޮޅަށް އަޅުގަނޑުމެންގެ ހަޔާތުގެ މިދިޔަ ތިން އަހަރު މިހޭދަކުރީ،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ކަންކަން ނިންމުމުގައި ވެސް ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ނިންމުން މުހިއްމު ކަމަށެވެ.

ދިވެހި ފުޓުބޯޅައިގައި ހިމެނޭ ކްލަބްތަކަކީ ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކޮޅަށް ޖަހާފައިވާ ކްލަބްތަކެއް ކަމަށާއި، އެ ކްލަބުތަށް މިވަގުތު އޮތީ ވަރަށް ހާލުގައި ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ ޒިންމާއަކީ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެސޯސިއޭޝަންތައް ހިނގަމުންދޭތޯ ބެލުން ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އެފްއޭއެމް އާއި އަދި ކްލަބްތަކާ ބައްދަލު ކުރެއްވި ކަމަށާއި، ނިއު ރޭޑިއަންޑްގެ ސަސްޕެންޝަން އުވާލުމަށް މަސައްކަތް ކޮށްދިނުމަށް އެފްއޭއެމްގައި އެދިވަޑައިގެންނެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު