Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

ފުޓުބޯޅައިގައި ކާމިޔާބު ލިބޭނީ ނަމަކުން ނޫން: ސޮބާ

ލީވާން އަލީ
ލީވާން އަލީ | 26 ފެބުރުއަރީ 2017 | އާދީއްތަ 07:18
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު

ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް އަތުން 0-1 ގެ ނަތީޖާއިން ގްރީން ސްޓްރީޓް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ގްރީން ސްޓްރީޓްގެ ސައިޒް އެނގޭ ކަމަށާއި، އެހެން ނަމަވެސް ފުޓުބޯޅައިގައި ކާމިޔާބު ލިބޭނީ ނަމަކުން ނޫން ކަމަށެވެ. އެގޮތުން ސޮބާ ބުނީ ދަނޑު މަތީގައި މަސައްކަތްކޮށްފި ނަމަ ބޮޑު ޓީމެއް ބަލިކުރެވުމަކީވެސް އުނދަގޫ ކަމެއް ނޫން ކަމަށާއި، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ސޮބާ ބުނީ ގްރީން ސްޓްރީޓް މެޗަށް ނިކުތީ ނަތީޖާއެއް ނެރުމަށް ކަމަށާއި، ރީތި ފުޓުބޯޅައެއް ކުޅުމަށް ނުވިސްނާ ކަމަށެވެ. އެގޮތުން ޓީމުން މަސައްކަތްކުރީ މަދުވެގެން އެއް ޕޮއިންޓް ހިފައިގެން ގެއަށް ދިއުމަށް ކަމަށެވެ.

ގްރީން ސްޓްރީޓްގެ ސައިޒުން ހަރުފަތަކަށްފަހު ހަރުފަތެއް ފަހަނައަޅައިދާނެކަން ފާހަގަކުރަމުން ސޮބާ ބުނީ ފުރަތަމަ މެޗަށްވެސް އެ ކްލަބުން ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ދެވަނަ މެޗަށްވެސް އެޓީމު ނިކުންނާނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

މީގެއިތުރުން ސޮބާ ބުނީ ގްރީން ސްޓްރީޓްގައި މިވަގުތު ގިނައިން ތިބީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ބޭނުން ނުވެގެން ދޫކޮށްލި ކުޅުންތެރިންތަކެއް ކަމަށާއި، އެހެންނަމަވެސް އެ ކުޅުންތެރިން ފުޓުބޯޅަގައި ކޮންމެ ނަތީޖާއެއްވެސް ނެރެވިދާނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު