Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

ޔޫވީ އޮތީ ތާވަލުގެ އެންމެ ފުލުގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 7 އެޕްރީލު 2017 | ހުކުރު 19:53
މެޗަށް ފަހު ބޭއްވި ޕްރެސް ކޮނަފްރެންސްގެ ތެރެއިން

މެޗަށް ފަހު ބޭއްވި ޕްރެސް ކޮނަފްރެންސްގެ ތެރެއިން

ޓާގެޓް ހާސިލު ނުވި ނަމަވެސް، އުންމީދު ކުރި ވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު ކަމަށް ޔުނައިޓެޑް ވިކްޓްރީގެ އެސިސްޓަންޓް ކޯޗް އިބްރާހުމް ހަސަން ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ހުކުރު ދުވަހު ހަވީރު ޓީސީ އަތުން ބަލިވި މެޗައްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ އެސިސްޓަންޓް ކޯޗް އިބްރާހިމް ހަސަން ބުނީ، އުންމީދު ކުރި ވަރަށްވުރެ ރަނގަޅަށް ޓީމު ކުޅުނު ކަމަށާ ޖުމްލަ ގޮތެއްގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މެޗަށް ނިކުތީ މަދުވެގެން އެށް ޕޮއިންޓަށް ޓާގެޓުކޮށްގެން ކަމަށާ، ޓާގެޓަށް ވާސިލުވާން ފުރުސަތު ވެސް ލިބުނު ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ އާތި ކޯޗުގެ މަަސައްކަތް ކަމަށާއި ޕްރެކްޓިހުގައި ވެސް ބޭނުންކުރީ އާތި ކޯޗު ދީފައިވާ އިރުޝާދު ކަމަށެވެ.

ކުޅުނު ތިން މެޗުން ވެސް ބަލިވެ ތާވަލުގެ އެންމެ ފުލުގައި ޔޫވީ އޮތް އިރު، ޓީމުގެ ހާލަތަށް އަލި އަޅުވާލަމުން އޭނާ ބުނީ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް މެނޭޖްމަންޓުގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކުޅުންތެރިންނާއި ވާހަކަ ދައްކައިގެންނާއި އަދި އެނޫން ވެސް ގޮތްގޮތުން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އެހެން ކުލަބްތަކާ އަޅާ ބަލާއިރު ޔޫވީގެ މެނޭޖްމަންޓުގެ ތެރޭގައި ވެސް މައްސަލަތަކެށް އުޅޭ ކަމަށާއި އެކަންތައްތައް ރަނގަޅުކޮށް އާ ކޯޗަކު ޓީމާ ހަވާލުވެ މަސައްކަތް ފެށުމުން ޓީމު ހަމައަކަށް އެޅޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގެ ކުރިން ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން ޓީމުގެ އިސް ބޭފުޅަކު ވިދާޅުވީ ހުކުރު ދުވަހުގެ މެޗަށް ފަހު އާ ކޯޗަކު ޓީމާ ހަވާލު ވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ޓީމާ ދެން ހަވާލުވާނީ ވިކްޓަރީގެ ކުރީގެ ކޯޗް މުހައްމަދު ނަޒީހު އެވެ.

ހުކުރު ދުވަހު ކުޅުނު މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޔޫވީގެ ބިދޭސީ ޑިފެންޑަރު ވުކޮބްރަތު ޑޯރްޖޭގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބާލާފަ އެވެ. ނަމަވެސް ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު