Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭގެ ކްލަބަކަށް ކުޅޭނަމަ ފެނުން ގާތީ ނިއު އިން: ޒިޔާދު

ލީވާން އަލީ
ލީވާން އަލީ | 16 ޖެނުއަރީ 2017 | ހޯމަ 13:05
ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަގަނޑޭ ކުރިޔަށް އޮތް ސީޒަނުގައި ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން

ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަގަނޑޭ ކުރިޔަށް އޮތް ސީޒަނުގައި ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން

އަލީ އަޝްފާގު (ދަގަނޑޭ) ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަމަށް އެ ކްލަބްގެ ޗެއާމަން, ރިޓަޔާޑް ކާނަލް ޒިޔާދު ވިދާޅުވެއްޖެ އެވެ.

ނިއުގެ ޕްރީ ސީޒަން އިފްތިތާހުކުރުމަށް ސޯލްޓްގައި ބޭއްވި ހަފްލާގައި ޒިޔާދު ވިދާޅުވީ މީގެ ކުރިން ދަގަނޑޭ ނިއުއަށް ސޮއިކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް އޭނާ އާއި ނިއުއާ ދެއްކި ވާހަކަތަކަށްފަހު އެކަން ފަސްކޮށްފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ދަގަނޑޭ އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށާއި، ދަގަނޑޭއަށް ބައެއް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ދަގަނޑޭ ބޭނުންވަނީ އެ އަނިޔާތަކުން ރިކަވާވެގެން އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން ކަމަށްވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ދަގަނޑޭގެ ނިންމުމަށް އިހުތިރާމްކުރާކަމަށް ވިދާޅުވަމުން ޒިޔާދު ވިދާޅުވީ މިދިޔަ ސީޒަންގައި އިންޖަރީގައި ހުރެ ގައުމީ ޓީމަށާއި ކްލަބަށް އަޝްފާގް ކުޅުނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެންކަމަށެވެ. އެގޮތުން ދިވެހި ކްލަބަކުން މި ސީޒަންގައި އަޝްފާގު ކުޅޭނަމަ އޭނާ ފެނުން އެންމެ ގާތީ ނިއު ރޭޑިއަންޓުންކަމަށެވެ.

ދަގަނޑޭ އެންމެ ފަހުން ކުޅުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި އެ ކްލަބުގައި އޭނާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މީގެއިތުރުން ސީޒަނުގެ ގިނަ މެޗުތަކުގައި އޭނާ ކުޅެފައެއްވެސް ނުވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ދަގަނޑޭ އެންމެ ފަހުން ބުނެފައިވަނީ އޭނާ ކުޅޭނެ ކްލަބެއް އަދި ނުނިންމާ ކަމަށާއި، އެހެން ނަމަވެސް ބައިވަރު ކްލަބްތަކާ އޭނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ސީޒަން މެދުތެރެއިން އޭނާ ފެނިގެންދާނީ ނިއު އިންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު