Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗައިނީޒް ސުޕާ ލީގުން ބޮޑު ހޭދަ

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޖެނުއަރީ ޓްރާންސްފާގައި 36 މިލިއަން ޕައުންޑު ވަނީ އިތުރަށް ހަރަދުކޮށްފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 16:03
ޗައިނާ ލީގުގައި ކުޅޭ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ކާލޯސް ޓެވޭޒް (ވ) އަދި އޮސްކާ (ކ)

ޗައިނާ ލީގުގައި ކުޅޭ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ކާލޯސް ޓެވޭޒް (ވ) އަދި އޮސްކާ (ކ)

ޖެނުއަރީ ޓްރާންސްފާގައި ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ޕްރިމިއާ ލީގް ކްލަބްތަކަށް ވުރެ ބޮޑަށް ހަރަދުކޮށްފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ޖެނުއަރީ ޓްރާންސްފާ ބަންދުވިއިރު، ޗައިނާ ސުޕާ ލީގުގެ 16 ކްލަބުން ޖުމްލަ 331 މިލިއަން ޕައުންޑު ހަރަދުކޮށްފައިވާއިރު، ޕްރިމިއާ ލީގުގެ 20 ކްލަބުން ހަރަދުކޮށްފައިވަނީ 215 މިލިއަން ޕައުންޑެވެ.

އޮސްކާ އަދި ކާލޮސް ޓެވޭޒްގެ ޓްރާންސްފާއަކީ ޗައިނީޒް ސުޕާ ލީގުގައި އަދި ދުނިޔޭގެ ޓްރާންސްފާ ބާޒާރުގައި ވެސް ހިނގި އެންމެ އަގު ބޮޑު ޓްރާންސްފާއެވެ. އެގޮތުން ޗެލްސީ ދޫކޮށްލުމަށް ފަހު އޮސްކާ ޝަންހާއީ އެފްސީ އަށް ބަދަލުވީ 60 މިލިއަން ޕައުންޑަށެވެ. އަދި ބޮކަ ޖޫނިއާސް ދޫކޮށްލުމަށް ފަހު އެ ކްލަބަށް ޓެވޭޒް ބަދަލުވީ 40 މިލިއަން ޕައުންޑަށެވެ.

ޗައިނާގެ ޓްރާންސްފާ ބާޒާރަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު އެގައުމުގެ ކްލަބްތަކުގައި ޗައިނާ ކުޅުންތެރިން ނޫން ދެން ހިމެނޭނީ އެހެން ގައުމުތަކުގެ ތިން ކުޅުންތެރިންނެވެ. މި ބަދަލު ގެންނަން ޗައިނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމީ ކްލަބްތަކުން ބޮޑެތި ހޭދަތައް ކުރަމުންދިޔުމާއެކު، އެކަމުން ނޭދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ބަލާ ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

މި ޖެނުއަރީ ޓްރާންސްފާއަކީ ޗައިނާ ސުޕާ ލީގުގައި ރެކޯޑުތަކެއް އާކުރެވިގެންދިޔަ ޓްރާންސްފާއެކެވެ. އެގޮތުން 2016 ވަނަ އަހަރަށް ވުރެ މިއަހަރު ޖެނުއަރީ ޓްރާންސްފާގައި 36 މިލިއަން ޕައުންޑު ވަނީ އިތުރަށް ހަރަދުކޮށްފައެވެ.

ޗައިނީޒް ސުޕާ ލީގުން 2013 ވަނަ އަހަރު އެންމެ 25 މިލިއަން ޕައުންޑު ހަރަދުކުރިއިރު، 2014 ވަނަ އަހަރު އެ ލީގުން ހަރަދުކުރީ 58 މިލިއަން ޕައުންޑެވެ. މީގެ އިތުރުން 2015 ވަނަ އެ ލީގުން ވަނީ 103 މިލިއަން ޕައުންޑު ހަރަދުކޮށްފައެވެ.

ޖެނުއަރީ ޓްރާންސްފާގައި ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފްރާންސް ލީގުންނެވެ. އެ ލީގުން ޖުމްލަ 130 މިލިއަން ޕައުންޑު ވަނީ ހޭދަކޮށްފައެވެ. ޖަރުމަން ލީގުން 85 މިލިއަން ޕައުންޑު ހޭދަކޮށްފައިވާއިރު، އިޓަލީ ލީގުން ވަނީ 80 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. ޖެނުއަރީ ޓްރާންސްފާގައި އެންމެ މަދުން ހޭދަކޮށްފައިވަނީ ސްޕެނިޝް ލީގުންނެވެ. ސްޕެނިޝް ލީގުން ހޭދަކޮށްފައިވަނީ އެންމެ 30 މިލިއަން ޕައުންޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު