Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި: ރައީސް ސޯލިހު

މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 05:54
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައެއް ސްކޫލް ދަރިވަރުންނާއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައެއް ސްކޫލް ދަރިވަރުންނާއެކު

ތަޢުލީމް ޙާޞިލް ކުރުމަކީ، މި ޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށާއި، މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުން ފެށުން އިފްތިތާހް ކޮށްދެއްވުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަތީ ތަޢުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ، މި ކުރާ ކަމަކީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް. ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން، ތަޢުލީމީ ދާއިރާއަށް، މި ސަރުކާރުން ވަކިން ޚާއްސަ އިސްކަމެއް ދިނީވެސް، ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގެ ވެސް އެންމެ މަތީ އިންސައްތައެއް ސަރުކާރުން ޚާއްޞަކޮށްފައިވާނީ، ތަޢުލީމީ ދާއިރާއަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ރައީސް ސޯލިހު ވިދާޅުވީ އެހެން އެއްވެސް ދާއިރާއަކަށް، ބަޖެޓްގައި މިހާ މަތީ މިންވަރެއް ޚާއްޞަ ކުރެވިފައެއް ނުވާނެ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށެވެ.

"މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޝަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއް. ތިޔަ ހުރިހާ ދަރިވަރުން ވެސް މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ޒުވާނުންނަށް ތަނަވަސް ކޮށްދިނުން ކަމަށާއި، މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ސަރުކާރުން ކުޑަކޮށް ދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމަކީ ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

ސަރުކާރުގެ ދެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކުގައި މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، ބުރާސްފަތިދުވަހުން ފެށިގެން ހަމަޖެހިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދައުލަތުން ދައްކައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ކުރިމަތިލާ ޒުވާނުންގެ ޢަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ. ހިލޭ ކިޔެވުމަށް ބުރާސްފަތިދުވަހު ހުޅުވައިލި ފުރުޞަތާއެކު، މި ޢަދަދު 9،000 އާއި 10،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީ ގޮތުން އެމުޖްތަމަޢެއް ކުރިއަރައި ދިޔުމެއް ނޫން ކަމަށް ފާހަގަަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އެއްޗެއް ކަމަށާއި، އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން ޤައުމު ތަރައްޤީވާން ބޭނުން ނަމަ، އެންމެ ފުރަތަމަ ތަރައްޤީކޮށްދޭން ޖެހެނީ އިންސާނާގެ ވިސްނުންކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

"ދަސްވެނިވެގެން ނުކުންނަ އިރު، ތިޔަ ދަރިވަރުން ތިބޭނީ ޤައުމީ ޚިދުމަތަށް ފައްކާވެފައި. ޤައުމީ މައްސަލަތަކާ މެދު މަޝްވަރާކޮށް ބަސް ބުނެވޭ ވަރަށް، ތިޔަ ދަރިވަރުންގެ ސިކުނޑިތައް ހުންނާނީ ފުރާ ފުރިހަމަވެފައި. ޤައުމީ ތަރައްޤީއަށް ބޭނުންވާ، ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާ ފަދަ ވިސްނުންތަކެއް އުފަން ކުރެވޭނީ، ތިޔަ ދަރިވަރުންގެ ސިކުނޑިތައް ޢިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޢިލްމު އުނގަންނައިދިނުމަށް، ޚާއްޞަ އިސްކަމެއް ދީފައިވަނީ ކަނޑައަޅާފައިވާ ވަރަށް މުހިންމު ލަނޑުދަނޑިއެއް ޙާޞިލުކުރުމަށްޓަކައި ކަމަށެވެ. އެއީ ދިވެހި ޒުވާނުންނަކީ ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުރަތަަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމަކީ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ އައު ފެށުމެއްކަން ފާހަގަކުރައްވާ ވާހަަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. މުސްތަޤުބަލްގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު