Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިލޭ ކިޔެވުމުގެ ފުރުސަތު

ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 05:50
ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް

ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް

ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑްގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް އެ ވައުދު ވަނީ ހިމަނާފަ އެވެ.

Advertisement - newsAdvertisement

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެއްވީ، އެކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ އުސޫލުގައިވާގޮތުން ސަރުކާރުގެ ކޮލެޖް ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖް ޔުނިވަރސިޓީތަކުގައިވެސް ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން ވަކި ޤާނޫނެއްގެ ދަށުން ކިޔަވައިދިނުމަށް އުފައްދާފައިވާ މަރުކަޒަކަށްވުން ނުވަތަ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމަށް ހުއްދަ ދީފައިވާ މަރުކަޒަކަށްވާންޖެހޭ އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކުރާ އިންސްޓިޓިއުޝަނަލް އޮޑިޓަކާއި ގުޅިގެން އެ އޮތޯރިޓީއިން ހުށަހަޅާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކުރަމުންދާ މަރުކަޒެއްކަމުގައިވާނަމަ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުސޫލްގައި ބުނެފައިވެއެވެ.

އުސޫލްގައިވާގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ގޮތުން ދިވެހި ދައުލަތުގެ ޔުނިވަރސިޓީތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް މުޅި ކޯސް ފީ ދެވޭނެއެވެ. އަދި އަމިއްލަ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭނީ ފުރަތަމަ ޑިގްރީއެއް ހެދުމަށް ޓިއުޝަން ފީގެ ގޮތުގައި ދިވެހިރާއްޖޭގައި ޚަރަދުވާ މިންވަރުތަކުގެ މައްޗަށް ބިނާކޮށް، ޓިއުޝަން ފީގެ ގޮތުގައި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވަކި މިންވަރުތަކެއް ކަމަށް އުސޫލްގައި ބުނެފައިވެއެވެ.

އުސޫލުގައި ވާގޮތުން މިނިސްޓްރީގެ ފަރާތުން ފަންޑް ނުކުރާނެ މޮޑިއުލްތައްވެސް ވަނީ ހިމަނާފައެވެ. އެއީ ރިޕީޓް މޮޑިއުލްތަކާއި ނިމިފައިހުރި ކްރެޑިޓްތަކާއި ޓިއުޝަން ފީ ގެ އިތުރުން ދައްކަންޖެހޭ އެހެނިހެން ފީތަކުގެ ޚަރަދެވެ.

އުސޫލުގައިވާގޮތުން ދަރިވަރު ފައިސާ އަނބުރާ ދައްކަންޖެހެނީ ފުރަތަމަ ޑިގްރީ ޕްރޮގްރާމަކަށް ދަރިވަރު އެންރޯލްވުމަށް ފަހު މަޤްބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓާލައިފިކަމުގައި ވާނަމަ އެވެ. އަދި ދަރިވަރު ޕްރޮގްރާމުން ފެއިލްވެގެން ކިޔެވުން ހުއްޓާލުމާއި، ޑިގްރީ ޕްރޮގްރާމަކަށް އެންރޯލްވުމަށްފަހު ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން އަދި މި އުޞޫލުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދަރިވަރު ޚިދުމަތްކުރަން ޖެހިފައިވާ މުއްދަތުގައި ދިވެހި ޤައުމަށް ޚިދުމަތްނުކުރާ ކަމުގައިވާނަމަ އެފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

ފުރަތަމަ ޑިގްރީ ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބޭ ފަރާތްތަކުން ޤައުުމަށް ހިދުމަތްކުރަންޖެހޭ މުއްދަތު ޕްރޮގްރާމްގެ ޓިއުޝަން ފީގެ ގޮތުގައި ދެވޭ އަދަދު (ދިވެހި ރުފިޔާއިން) ޚިދުމަތްކުރުމަށް ހަމަޖެހިފައިވާ މުއްދަތު (އަހަރު) 25000 އަށްވުރެ އަދަދު މަދުނަމަ 1 25,000 - 49,999 1.5 50,000 - 99,999 2 100,000 - 199,999 3 200,000 - 299,999 4 300،000 އަށްވުރެ އަދަދު ގިނަނަމަ 5

އުސޫލްގައި ވަނީ ދަރިވަރާއި، ކިޔަވާ މަރުކަޒުގެ ޒިންމާގެ އިތުރުން، މިނިސްޓްރީގެ ޒިންމާތައްވެސް ތަފްސީލްކޮށްފަ އެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިން ފުރަތަމަ ފަހަރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު