Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިލްވާން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ބޭނުންވީ ކޯޓުން ބޭރުން ހައްލެއް، އެކަމަކު ޖަވާބެއް ނުލިބުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 ފެބުރުއަރީ 2017 | އަންގާރަ 15:55
ރިލްވާން: މި މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަނުކުރާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ރިލްވާން: މި މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަނުކުރާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގާފައިވާ މައްސަލައިގައި ކަން ހިނގައިދިޔަގޮތުގެ ތަފްސީލު ހޯދުމަށް އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރިލްވާން ވަގަށް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެއިން ރިލްވާން ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރުން ފެނުނު އިސްތަށިތަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި ރިލްވާނަށް ބަޔަކު މީހުން ފާރަލި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން، އެންމެ ފަހުން ފުލުހުން މައުލޫމާތެއް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ އެއްވެސް މިންވަރެއްގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތެއް ހާމަނުކުރާތާ ނުވަ މަހެއްހާ ދުވަސް ފަހުން، މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. މިހާރު އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ވެސް ވަނީ ބާއްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރިލްވާނުގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެދިފައިވާނީ ރިލްވާނު ގެއްލުވާލާފައިވާ ގޮތުގެ ހަގީގަތް ދެނެގަނެ ކަން ހިނގައިދިޔަގޮތް އާއިލާއަށް އޮޅުންފިލުވައި ދިނުމަށް ކަމަށެވެ.

އާއިލާ އިން ބުނީ ރިލްވާނު ގެއްލުވާލި މައްސަލައިގައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ފުލުހުން ބޭނުންކޮށްފައިވީ ނަމަވެސް، އެއްވެސް އެދެވޭ މައުލޫމާތެއް ހިއްސާ ކޮށްފައިނުވާ ކަމަށެވެެ.

ރިލްވާނުގެ އާއިލާ އިން ބުނީ ތަހުގީގަށް ހުރަސްއެޅޭނެ ފަދަ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ނޭދޭ ކަމަށާއި، ނަމަވެސް އެންމެ ފަހުން މައުލޫމާތެއް ހާމަކުރީ ނުވަ މަސް ކުރިން ކަމަށްވާއިރު، މައްސަލަ ކުރިއަށް ދަނީ ކަމަށް ދެކިގެން އިތުރަށް ކެތްކުރެވެން ނެތް ކަމަށެވެ. އަދި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް، ދައުލަތުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބފައިނުވާ ކަމަށް އެ އާއިލާ އިން ބުނެ އެވެ.

މީގެ އިތުރުން އެ އާއިލާ އިން ބުނީ މި މައްސަލައިގެ މައުލޫމާތު ފުލުހުންގެ ފަރާތުން ހިއްސާކުރުމަށް އަދިވެސް އެދޭ ގޮތަކީ ކޯޓުން ބޭރުގައި ސިއްރުން ކަމަށެވެ. އަދި އަނިޔާ ލިބޭ ފަރާތާއި ފުލުހުންނާ ދެމެދު އެދެވޭ ގޮތަކަށް މައުލޫމާތު ހިއްސާ ކުރުމަކީ ރައްޔިތުންގެ މަސްލަހަތު ވެސް އެކަމުގައި ހިމެނޭ ކަމެއް ކަމަށް އެ އާއިލާ އިން ބުނެ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު