Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ފުރާވަޑައިގަތުން

ރާއްޖޭގައި ޗައިނާގެ މަސްލަހަތު ބޮޑަށް އޮތުމަށް އެ ގައުމުން ބޭނުންވޭ: ނަޝީދު

ޗައިނާއިން ނެގި ދަރަނި ނުދެއްކުމުން، ޗައިނާއިން އެދެނީ އޭގެ ބަދަލުގައި، އެ ފައިސާއިން ހިންގި މަޝްރޫއުގެ ހިއްސާ ދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ފެބުރުއަރީ 2019 | އަންގާރަ 13:36
ރައީސް ނަޝީދުގެ އިންޑިއާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ރައީސް ނަޝީދުގެ އިންޑިއާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ރާއްޖޭގައި ޗައިނާގެ ބޮޑު މަސްލަހަތެއް އޮތުމަށް އެ ގައުމުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އާއި ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ދައުވަތަކަށް އިންޑިއާ ނަޝީދު ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ތެރެއަށް ވެސް ޗައިނާގެ މަސްލަހަތު މާބޮޑަށް ފެތުރުމަށް އެޤައުމުން އެދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"ހާއްސަ ގޮތެއްގައި އެތެރެވަރިއަށް އިންޑިއާ ކަނޑުގެ ތެރެއަށް ޗައިނާގެ މަސްލަހަތު މާބޮޑަށް ފެތުރުމަށް އެ ޤައުމުން މިދަނީ އެދެމުން. އެއީ މިދަންނަވާހެން ޗައިނާ ތަރައްޤީވަމުން އައުމާ އެކުގައި އަދި މި އިރުމަތިން ހުޅަނގުން އިރަށްދާ ހުރިހާ މުދަލެއް އުފުލަނީ އަދި ދަތުރުކުރަނީ ދިވެހިރާއްޖޭގެ ތެރެއިން ކަމަށްވާތީ ޗައިނާ އެބަ ބޭނުންވޭ ޗައިނާގެ މަސްލަހަތު ދިވެހިރާއްޖޭގައި މާބޮޑަށް އޮތުމަށް. މިކަން ހިންގުމަށްޓަކައި މިދިޔަ 10 ނޫނީ 15 އަހަރު ދުނިޔޭގެ އެކި އެކި ޤައުމުތަކުގައި ހާއްސަކޮށް އިރުމަތީ އެފްރިކާގެ ޤައުމުތަކާއި އިންޑިއާ ކަނޑުގެ ޤައުމުތަކުގައި ކަން ހިނގާދިޔަ ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ. ރާއްޖޭގައި ކަން ހިނގާދިޔަ ގޮތް ވެސް އެބަ ފެނޭ. ގިނަ އަދަދުގެ ލޯނު އަދި ގިނަ އަދަދުގެ ފައިސާ މިވަނީ ދިވެހިރާއްޖެއާ އެތެރެވަރީގައިވާ ގިނަ ޤައުމުތަކަށް ޗައިނާގެ ފަރާތުން ގެނެސްފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ފައިސާ ގެނެސްފައި ވަނީ ނުއަގުގައި މަސައްކަތް ކުރުމަށް ކަމަށާއި އެ ދަރަނި އަނބުރާ ނުދެއްކުމުން ޗައިނާ އިން އެދެނީ އޭގެ ބަދަލުގައި، އެ ފައިސާއިން ހިންގި މަޝްރޫއުގެ ހިއްސާ ދިނުމަށް ކަމަށެވެ.

"މިސާލަކަށް ބަނދަރު ހަދާފައި އޮތީއްޔާ އެ ބަނދަރުގެ ފައިސާ ނުދެއްކުނީމަ އެދެމުން އެދަނީ އެ ބަނދަރު އެމީހުންނަށް ދިނުމަށް. މިކަން މިގޮތަށް ހިނގާފައި އެބަހުރި އިރުމަތީ އެފްރިކާގެ އެތައް ޤައުމެއް އަދި އަޅުގަނޑުމެންގެ އަވަށްޓެރި ކިތަންމެ ޤައުމެއްގައި، މިކަންކަމާ ގުޅިގެން ޤައުމުގެ އިސްތިޤްލާލާ ޤައުމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލިގެން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގެ އިސްތިޤްލާލާ ޤައުމުގެ މިނިވަން ކަމަށް ބުރޫ އަރާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން ކަންތައްތައް ކުރައްވާފައިވާ ކަމަށާއި ޗައިނާ އިން ބޮޑެތި އަދަދުތަކުގެ ލޯނު ނަގާފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކަކީ ނެގި ލޯނާ ނުބައްދަލު އަދަދުތަކެއް ކަމަށާއި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ޗައިނާ އިން ދެން އެދޭނީ އެ މަޝްރޫއަކުން ހިއްސާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޗައިނާ އިން ގިނަ ލޯނުތަކެއް ނަގައިގެން މަޝްރޫއުތައް ހިންގާފައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖެވެ. އެ މަޝްރޫއަށް 300 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ބޮޑު ބައެއް ހިއްސާކުރަނީ ބޮޑު އިންޓަރެސްޓާ އެކު ޗައިނާ އިން ދިން ލޯނެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ އެ މަޅިތަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު