Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެނބޫދޫ ފަޅު

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

ކުއްޔަށް ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 10:53
އެނބޫދޫ ފަޅު: 10 ރިސޯޓް ހަދާއިރު، ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހު ނިންމާނެ

އެނބޫދޫ ފަޅު: 10 ރިސޯޓް ހަދާއިރު، ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހު ނިންމާނެ

ނިއުރޭޑިއެންޓްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު އާއި ތައިލޭންޑުގެ ކުންފުންޏެއް ގުޅިގެން މާލެ އަތޮޅު އެނބުދޫ ފަޅުގައި 10 ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރިސޯޓްތައް ތަރައްގީކުރުމަށް އެނބޫދޫ ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ބެލްޖިއަމްގެ ޑްރެޖިން، އެންވަޔަރަމެންޓަލް އެންޑް މެރިން އިންޖިނިއަރިން (ޑީއީއެމްއީ) ކުންފުނިންނެވެ.

Advertisement - newsAdvertisement

ސަރުކާރުން 50 އަހަރުގެ މުއްދަތަކަށް އެނބޫދޫ ފަޅު ވިއްކާލާފައި ވަނީ ތައިލޭންޑުގެ ސިންހާ އެސްޓޭޓް ކުންފުންޏަށެވެ. ފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސިންހާ އެސްޓޭޓް އިން ރާއްޖޭގައި ހަދާފައިވާ ސަބްސިޑަރީ ކުންފުނި، ޑްރީމް އައިލެންޑްސް ކޮމްޕެނީންނެވެ.

ޑްރީމް އައިލެންޑް ކުންފުންޏަކީ ސިންހާ އެސްޓޭޓް އާއި ކާނަލް ޒިޔާދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެއާޕޯޓުގެ އާ ރަންވޭ އަދި އޭޕްރަންގެ މަޝްރޫއު ފެށުމުގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި އެނބޫދޫ ފަޅު ސިންހާ ކުންފުންޏަށް ވިއްކާލާފައި ވަނީ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) އަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ޑްރީމް އައިލެންޑްސް ކުންފުންޏަށް އެނބޫދޫ ފަޅު ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހު އެވެ.

ޑީއީއެމްއީން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ބިޒްނަސް ޑިވެލޮޕްމެންޓް ހެޑް ބާޓް ރޫމްސްއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އެނބޫދޫ ފަޅުގައި ތަރައްގީކުރާ 10 ރަށުގެ ތެރެއިން އެއް ރަށް މިހާރު ވަކިކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ދެވަނަ ރަށުގެ މަސައްކަތް ކުރަމުންދާއިރު އޭޕްރީލް މަހުގެ މެދު ތެރެއާ ހަމައަށް 10 ރަށް ވަކިކޮށް ނިންމާލެވޭނެ ކަމަށް ރޫމްސް ވިދާޅުވެފައި ވެއެވެ.

ރޫމްސް ވިދާޅުވެފައިވާ ގޮތުގައި އެނބޫދޫ ފަޅުގައި 10 ރިސޯޓް ހެދުމަށް ދެ މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ އެވެ. އަދި ވެލި ނެގުމަށް ބޭނުންކުރަނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ރޫމްގެ ވިދާޅުވެފައިވާ ގޮތުގައި ދެ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނެގުމަށް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ހޭދަވާއިރު ރަށްތައް ހިއްކުމުގެ މަސައްކަތް ޖޫން މަހު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ޑީއީއެމްއީ ކުންފުންޏަކީ ހުޅުމާލޭ 2 ވަނަ ފޭސް އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔަ ކުންފުންޏެވެ. ހުޅުމާލޭ ދެވަނަ ފޭސް ހިއްކުމަށް ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާފައިވެ އެވެ.

އެނބޫދޫ ފަޅު ހިއްކުމުގެ މަޝްރޫއުގެ އިތުރުން، އިންޑިއާގެ ކަރްނާޓަކާ ކަރްވާރް ސީބާދް ޕްރޮޖެކްޓުގެ މަސައްކަތާއި ކަރްވާރު ޕޯޓު ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އިންޑިއާގެ ލާސަން އެންޑް ޓޫބްރޯ ކުންފުންޏާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގާ ސީބާޑް މަޝްރޫއާއި ޕޯޓް މަޝްރޫއުގެ އިތުރުން އެނބޫދޫ ފަޅު ހިއްކުމުގެ މަޝްރޫއިން ޑީއީއެމްއީ ކުންފުންޏަށް 107 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު