Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެންސަރު ބަލީގެ ދުވަސް

ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ބާވަތަކީ އަނގައިގެ ކެންސަރު: ތަފާސް ހިސާބު

30-50 އިންސައްތައަކީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކެންސަރު ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2019 | ހޯމަ 06:47
ދިވެހިންގެ ތެރޭގައި އާންމު ކަމެއް ކަމުގައިވާ ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވޭ

ދިވެހިންގެ ތެރޭގައި އާންމު ކަމެއް ކަމުގައިވާ ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވޭ

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު ބާވަތަކީ އަނގައިގެ ކެންސަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އާދިއްތަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަ އާއި އެންސްޕާއިން 2016 ވަނަ އަހަރު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ބާވަތަކީ އަނގައިގެ ކެންސަރެވެ. އަދި އެހެން ދިމާވަނީ ދިވެހިންގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުފުމާއި ސުޕާރީ ކެއުން ފަދަ ކަންކަމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންގެ 30 އިންސައްތަ ނުވަތަ 50 އިންސައްތަ މީހުންނަށް ކެންސަރު ޖެހުމަށް މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކަމަށެވެ. އަދި އެފަދަ އާދަތަކާ ދުރުވުމުން ބަލިން ސަލާމަތްވެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އަނގައިގެ ކެންސަރުގެ އިތުރުން ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓްރޭޓް ކެންސަރު ފަދަ ބާވަތްތައް ހިމެނޭއިރު، އަންހެނުންނަށް ޖެހޭ ކެންސަރު ބަލީގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށްވާއިރު، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައިޖީއެމްއެޗުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންހެނުންނަށް ޚާއްސަކޮށްގެން ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކެއް ހޯމަ ދުވަހުގެ މެންދުރު 01:00 ގައި އައިޖީއެމްއެޗްގައި ފަށާއިރު، އެޗްޕީއޭއިން ކެންސަރާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް އަންގާރަ ދުވަހު ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު