Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

28 އޮކްޓޯބަރު 2026 | ބުދަ 04:39

ޔޫކްރެއިންގެ އިރުއުތުރު ސަރަހައްދުގައި ހިންގި 'ވެލެސް' އާއި 'ވިވާލްދީ' ފަދަ ޚާއްސަ އަސްކަރީ އޮޕަރޭޝަންތަކުގައި ރަޝިޔާގެ ބާރުގެ ދަށުގައިވާ ބައެއް ބިންތައް އަނބުރާ ހޯދާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ. މި ކުރިއެރުންތަކާއެކު ކީވްގެ މަގާމު ވަރުގަދަވަމުންދާއިރު، ރަޝިޔާއިން ދަނީ ހަނގުރާމައިގެ މައިދާނުގައި އެ ޤައުމުގެ ފައުޖުތައް ކުރިއަރަމުންދާ ކަމަށް ބުނެ ޔޫކްރެއިންގެ ވާހަކަތައް ދޮގުކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2026 | ބުދަ 04:39
ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވެރިރަށް ކީވްގައި ފިންލެންޑުގރ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވެރިރަށް ކީވްގައި ފިންލެންޑުގރ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

ޔޫކްރެއިންގެ ފައުޖުތަކުން އިސްވެ ފަށާފައިވާ އަސްކަރީ އޮޕަރޭޝަންތަކެއްގައި ގެއްލިފައިވާ ބިންތައް އަނބުރާ ހޯދަމުން އަންނަ ކަމަށާއި، މީގެ ތެރޭގައި ކުރިން ހާމަކޮށްފައި ނުވާ އަދި ބިމުގެ އަޑީގައިވާ ގޭސް ހޮޅިތައް ބޭނުންކޮށްގެން ރަޝިޔާގެ ސިފައިން ވަށައިލުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއް ހިމެނޭ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ކޮންމެ ރެޔަކު އާންމުކުރައްވާ ވީޑިއޯ ޚިތާބުގައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ފާއިތުވި ހަތަރު އަހަރާއި ބައިގެ ދިގު ހަނގުރާމައިގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި ކީވްގެ މަގާމު މިހާ ވަރުގަދަވި ދުވަސްވަރެއް ފަހުގެ ތާރީޚެއްގައި އައިސްފައި ނުވާ ކަމަށެވެ. މިއާއެކު، ހުޅަނގުގެ އިއްތިހާދުތަކުން އިތުރު ވައިގެ ދިފާޢީ ނިޒާމުތައް ފޯރުކޮށްދީފި ނަމަ، މި މަގާމު އިތުރަށް ވަރުގަދަ ކުރެވިދާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

ބިމުގެ އަޑީގައިވާ ވަސީލަތްތައް ބޭނުންކުރުމާއި 'ވެލެސް' އޮޕަރޭޝަން

އިސް ކޮމާންޑަރުންގެ ރިޕޯޓަކާ ހަވާލާދެއްވަމުން ޒެލެންސްކީ ވަނީ، ޔޫކްރެއިންގެ އިރުއުތުރު ސަރަހައްދުގައި ހޮޅިލައިންތައް ބޭނުންކޮށްގެން ހިންގި 'ވެލެސް'  އޮޕަރޭޝަންގެ މައުލޫމާތު ފުރަތަމަ ފަހަރަށް ހާމަކުރައްވާފަ އެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ އިރުއުތުރު ޚާރްކީވް ސަރަހައްދުގެ ރަށެއް ކަމަށްވާ ކުޕްޔާންސްކް ކައިރީގަ އެވެ. ކުޕްޔާންސްކަކީ 2022 ގެ ފަހުކޮޅު ޔޫކްރެއިންގެ ފައުޖުތަކުން އަނބުރާ ހޯދި ނަމަވެސް، އޭގެ ފަހުން ރަޝިޔާގެ މެދުކެނޑުމެއް ނެތް ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ މުހިންމު ރަށެކެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އިރުމަތީގައި ހިންގި ވައިގެ އަސްކަރީ އޮޕަރޭޝަނަކާއި، މުހިންމު ސަރަހައްދުތަކަށް ރަޝިޔާ ސިފައިން ކުރިއެރުން ހުއްޓުވުމަށް އަމާޒުކޮށް އުތުރުގައި ކުރިއަށްގެންދިޔަ 'ވިވާލްދީ'  އޮޕަރޭޝަނަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.

"މިއީ ވަރަށް ވަރުގަދަ، ފުރިހަމައަށް ރޭވި، އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް. އަޅުގަނޑުމެންގެ މަގާމުތައް ފަހަނައަޅައި ކުރިއަށް ދިއުމަށް ރަޝިޔާ ސިފައިން މަސައްކަތްކުރީ ބިމުގެ އަޑީގެ ގޭސް ހޮޅިތައް ބޭނުންކޮށްގެން،" ޒެލެންސްކީ ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑުމެންގެ ހަނގުރާމަވެރިން ވަނީ މި އުކުޅު އަނބުރާ ރަޝިޔާއާ ދެކޮޅަށް ބޭނުންކޮށް، ބިމުގެ އަޑީގެ ވަސީލަތްތައް އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އާދަޔާޚިލާފު ކާމިޔާބީއަކާއެކު ބޭނުންކޮށްފައި."

'ވިވާލްދީ' އޮޕަރޭޝަނާއި މައި ދިފާޢީ ބާރުތައް

ވިވާލްދީ އޮޕަރޭޝަނާ ގުޅޭގޮތުން ޔޫކްރެއިންގެ އިސް ކޮމާންޑަރަކު ހުސްވި މަހު ވިދާޅުވީ، އެ ޤައުމުގެ ތިންވަނަ އާމީ ކޯއިން ރަޝިޔާގެ އިންފިލްޓްރޭޝަން ގްރޫޕުތަކުން ހިފާފައިވާ 75 އަކަކިލޯމީޓަރުގެ ސަރަހައްދެއް ސާފުކޮށްވާފައިވާ ކަމަށާއި، އިތުރު 10 އަކަކިލޯމީޓަރުގެ ބިން އަނބުރާ ހޯދާފައިވާ އެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ސުލޮވިޔާންސްކް އަދި ކްރަމަތޯރްސްކް ހިމެނޭ މައި ދިފާޢީ ސަރަހައްދު ނުވަތަ "ފޯޓްރެސް ބެލްޓް" ގެ އުތުރު ބަޔަށެވެ. އެ ސިޓީތައް ހިފުމަކީ މުޅި ދޮންބާސް ސަރަހައްދު އެއްކޮށް ކޮންޓުރޯލު ކުރުމަށް ރަޝިޔާއިން ގެންގުޅޭ ލަނޑުދަނޑި ހާށިލުކުރުމަށް އެ ޤައުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ދެކުނުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 26 އަވަށެއް އަނބުރާ ޔޫކްރެއިންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް އޮގަސްޓު މަހު ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

މަސްރަހާ މެދު ދެ ފަރާތުގެ ފުށުއެރުންތައް

ހަނގުރާމައިގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމުގެ ބަދަލުގައި މުޅި މައްސަލައަށް ދާއިމީ ޖހައްލެއް ހޯދުމަށް އިސްކަންދޭ ކަމަށް ރަޝިޔާއިން ބުނަމުންދާއިރު، މުޅި ދޮންބާސް ހިފުމުގެ އަޒުމުގައި ދެމިއޮންނާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ހާޒިރުގައި އާންމުކޮށް ދެއްވާ ބަޔާންތަކުގައި، އެ ޤައުމުގެ އަސްކަރީ ކޮމާންޑަރުން ތަކުރާރުކޮށް ވިދާޅުވަނީ 1،200 ކިލޯމީޓަރުގެ ދިގު ކުރިމަތިލުމުގެ ސަފުގެ ހުރިހާ ދިމާއަކުން ވެސް ރަޝިޔާގެ ފައުޖުތައް ކުރިއަރަމުން އަންނަ ކަމަށެވެ.

މި ގޮތުން ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ވެރިޔާ ވަލެރީ ގެރާސިމޮފް މި މަހު ވިދާޅުވީ، ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މޮސްކޯގެ ފައުޖުތަކުން ޔޫކްރެއިންގެ 92 އަވަށެއް ހިފާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދޮބްރޮޕީލިޔާ ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް، ރަޝިޔާގެ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގުތަކެއް ކަމަށް ބުނެ، ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ އެ ބަޔާންތައް ދޮގުކޮށްފަ އެވެ.

މަސްދަރު: ރޮއިޓަރސް

ޔޫކްރެއިން-ރަޝިޔާވުލެޑިމިއަރ ޒެލެންސްކީވްލަޑިމިއަރ ޕުޓިންޑޮންބާސްހާކިވް

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ

26 އޮކްޓޯބަރު 2026
ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ
26 އޮކްޓޯބަރު 2026

ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!

26 އޮކްޓޯބަރު 2026
ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
24 އޮކްޓޯބަރު 2026

މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި

24 އޮކްޓޯބަރު 2026
މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި
24 އޮކްޓޯބަރު 2026

ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން

24 އޮކްޓޯބަރު 2026
ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން
23 އޮކްޓޯބަރު 2026

ޔޫކްރެއިނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ރަޝިޔާ ތައްޔާރު: "ދޮންބާސްއަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް"

23 އޮކްޓޯބަރު 2026
ޔޫކްރެއިނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ރަޝިޔާ ތައްޔާރު: "ދޮންބާސްއަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް"
23 އޮކްޓޯބަރު 2026

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

23 އޮކްޓޯބަރު 2026
ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!
22 އޮކްޓޯބަރު 2026

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

22 އޮކްޓޯބަރު 2026
ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!
22 އޮކްޓޯބަރު 2026

ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!

22 އޮކްޓޯބަރު 2026
ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!
21 އޮކްޓޯބަރު 2026

އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟

21 އޮކްޓޯބަރު 2026
އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް