Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅު

ފަޒޫ އަށް އެއީ އުފާވެރި ވަގުތުކޮޅެއް!

4 ފެބުރުއަރީ 2019 | ހޯމަ 04:27

ގިނަ އަދަދެއްގެ ރައްޔިތުންވަނީ ފަޒޫ އާއި ބައްދަލުކޮށް ވާހަކަދައްކާ ފޮޓޯ ނަގާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 ފެބުރުއަރީ 2019 | ހޯމަ 04:27
ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ

ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކޮށްލަން އާދީއްތަ ދުވަހު ލިބިވަޑައިގެންނެވި ފުރުޝަތަކީ، ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައި ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅުގައި ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން އާދީއްތަ ދުވަހު ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރައީސް ސޯލިހުގެ ދެ ކަނބަލުން ވަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް މިނިވަންކަމާއެކު އެ ބައްދަލުވުން ކުރިއަށް ދިޔައެވެ. އެންމެންގެ މޫނުމަތިން ފެނިގެންދިޔައީ ހިފެހެއްޓުމެއްނެތް އުފާވެރިކަމެއެވެ. އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފަޒޫއާ ބައްދަލުކުރަން އައި މީހުންނަށް އެ ކަމަނާ ދެއްކެވި ހިނިތުންވުމާއި ޝައުގުވެރިކަމެވެ. "މެޑަމް ނުކިއުއްވާށޭ" މިއީ ފަޒޫ އޭ ވިދާޅުވެ ފޮޓޯ ނަގަން ބޭނުންވި ފަރާތްތަކާއި ބައްދަލުކޮށް ފޮޓޯ ނަންގަވާފައިވެއެވެ.

އުފާވެރިކަމުގެ އިހްސާސްތައް ރާއްޖެ އެމްވީ އާއި ހިއްސާކުރައްވަމުން އެކަމަނާ ވިދާޅުވީ "،މިއަދު އަލަށް" އެ މީހުންނާއި ބައްދަލުކުރެއްވި ކަމުގައިވިޔަސް އެފަދަ އުފާވެރި އިހްސާސެއް އެ ކަމަނާއަށް ކުރިން ލިބިވަޑައިގެންފައިނެތް ކަމަށެވެ. " އަލަށް ތާކަށް އައިސް އުޅޭ ހެނެއް ހީޔެއް ނުވޭ. މިއީ ބޮޑު ދިވެހި ކޮމިއުނިޓީއެއް ވިއްޔާ. ވަރަށް އުފާވެއްޖެ ، އެ މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާލެވުނީމަ" ފަޒޫ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅު، މި ކުރައްވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އެ ގައުމުން ދައުވަތުދެއްވުމާއި ގުޅިގެން، އެ ދައުވަތު ގަބޫލުކުރައްވާ އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށެވެ. ސްރީލަންކާގެ މިނިވަންދުވަހަކީ ހަތަރެއް ފެބްރުއަރީއެވެ.

ފަޒޫ ވިދާޅުވީ ސްރީލަންކާގެ މިނިވަންދުވަހުގެ ހަފްލާ އަކީ އެ ކަމަނާ ވަރަށް ބައްލަވާ ހިތްޕުޅުވާ އަދި އެ ކަމަނާ ވަރަށް ގަޔާވާ ހަފްލާއެއް ކަމަށެވެ. " ވަރަށް ލުކް ފޯވާރޑް އެބަކުރަން އެ އިވެންޓަށް. ވަރަށް ބަލާ ހިތްވޭ ޕެރޭޑާއި އެ ރަސްމިއްޔާތު" ފަޒޫ ވިދާޅުވިއެވެ. ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ އޮތީ ހޯމަދުވަހުގެ ހެދުނު "ގޯލްފޭސް ގްރީން" ގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް