Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންނަށް ބިން ވިއްކުން

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

ވަކި ތަނެއް ވަކި ބަޔަކަށް ދޭން ކަމަށް ނުބުނޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 13:35
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު އަމީތު

ބޭރުގެ ފަރާތްތަަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރި އިރު، އެކަން ކުރަނީ ވަކި ބަޔަކަށް ދިނުމަށް ކަމަށް މެންބަރުންގެ ގާތުގައި ބުނެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަނީ ވަކި ތަނެއް ވަކި ބަޔަކަށް ދިނުމަށް ކަމަށް އެއިރު މެންބަރުންނާ ހިއްސާ ނުކުރާ ކަމަށާއި، ކަން ހިނގީ އެގޮތަށް ނަމަ އެއީ އޮޅުވާލުމެއް ކަމަށެވެ.

Advertisement - newsAdvertisement

އަމީތު މިފަދައިން ވިދާޅުވެފައި މިވަނީ، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ސައުދީ އަރަބިއްޔާގެ ޝާޚީ އާއިލާގެ ބޭފުޅަކަށް ފ. އަތޮޅު ހިމިތި ހިމެނޭ ސަރަހައްދު މިލްކުކުރެވޭ ގޮތް ހެދުމަށް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވާ އޯޑިއޯ ލީކުވެފައިވަނިކޮށެވެ.

އެ އޯޑިއޯގައި ނިހާނު ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަންޖެހުނީ އެ ހިސާބުގަނޑު ސައުދީ ވަލީއަޚުދަށް މިލްކުކުރެވޭ ގޮތް ހެދުމަށް ކަމަށެވެ. އަދި ގާނޫނު އަސާސީ ބަދަލުކޮށް ކުރި ކަންތައް ނުވަތަ ޖެހި މަޅި ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ މިލްކުކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށް ވެސް ނިހާނު ވިދާޅުވެފައިވެ އެވެ.

ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ގަދަވެފައިވަނިކޮށް މިމަހުގެ 6 ވަނަ ދުވަހު ވެސް އަމީތު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އަމީތު ވަނީ ލިބިދާނެ މާލީ ފައިދާއަށްޓަކައި ގައުމުގެ އިސްތިގުލާލު ގުރުބާން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުުކުރުމާ ދެކޮޅު ހައްދަވާފަ އެވެ.

މިމަހުގެ 6 ވަނަ ދުވަހު އަމީރު ކުރެއްވި އެ ޓްވީޓަކީ ސަރުކާރުގެ ސިޔާސަތަކާ ދެކޮޅަށް އަމީތު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެންބަރުންތަކެއް ދެކޮޅު ހެއްދެވި އެވެ. ނަމަވެސް، އެ އިސްލާހަށް މެންބަރުން ވޯޓް ދެއްވީ އެކަމުގެ ސަބަބުން 8 ބިލިއަން ޑޮލަރު ރާއްޖެ ވަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުންނެވެ. ނަމަވެސް، އެކަމުގެ ތަފްސީލު ހިއްސާކޮށްފައިވަނީ މަދު މެންބަރަކާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު