Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗް1އެން1 ވައިރަސް ފެތުރުން

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017 | އަންގާރަ 03:26

ޖެނުއަރީ މަހުގައިވެސް އެޗް1އެން1 އަށް ޕޮޒިޓިވް ކޭސްތައް ފެނުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 މާރިޗު 2017 | އަންގާރަ 03:26
އައިޖީއެމްއެޗް - އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެނުނީމައިކަމަށް އެޗްޕީއޭ ބުުނޭ

އައިޖީއެމްއެޗް - އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެނުނީމައިކަމަށް އެޗްޕީއޭ ބުުނޭ

ހަލުވިކަމާއެކު ފެތުރެމުންދާ، އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނުނު ވާހަކަ ކުރިން ހާމަކޮށް، އެކަން އާންމު ރައްޔިތުންގެ ސަމާލުކަމަށް ނުގެނެވުނީ، އެއީ އެވަގުތަށް އެހާ މުހިންމު ކަމަކަށް ނުފެނުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ޖެނުއަރީ މަހުގައިވެސް އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ. އަދި ފެބުރުއަރީ މަހު ފެނުނު ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތައް އިތުރުވެގެންގޮސްފައިވެއެވެ. މާރިޗު މަހު އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެންދިޔައިރުވެސް، ކަމާބެހޭ އިދަރާތަކުން އެކަން އޮތީ ސިއްރުކޮށްފަ އެވެ.

އެ މައުލޫމަތު ސިއްރުކޮށްފަ ބެހެއްޓުމަށްފަހު، އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެއެވެ.

އެކަން ސިއްރުކުރީ ކީއްވެތޯ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ، އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނުނުކަން ހާމަނުކުރިނަމަވެސް، ހުމާއި ރޯގާއި ގުޅިގެން ފިޔަވަޅުތަކެއް އެޅިކަމަށެވެ. އަދި ނިމުނު ހުކުރު ދުވަހު ހުމާއި ރޯގާއިން ރައްކާތެރިވުމަށް އިލްތިމާސްކޮށް ބަޔާނެއްވެސް ނެރުނު ކަމަށެވެ.

ޑރ. ޝީޒާ ވިދާޅުވީ، އެޗް1އެން1 ވައިރަސަށް ޕޮޒިޓިވް ކޭސްތަކެއް ފެނުނުކަން ހާމަކުރަން މުހިންމު ކަމަށް އެ ވަގުތު ނުފެނުނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އުޅޭ ބައްޔަކަށްވާތީ ކަމަށެވެ. އަދި ރާއްޖެއިން ދޭތެރެ ދޭތެރެއިން އެ ބަލި ފެންނާތީ ކަމަށެވެ.

"އަޅުގަނޑުމެން މައުލުމާތު ވަކިން ހިފަހައްޓައިގެން ތިބީކީ ނޫން އިނގޭތޯ. އަޅުގަނޑުމެން ތިޔަ ވިދާޅުވާހެން ކޭސްތައް އިތުރުވާކަމަށް ފާހަގަކުރެވިގެން، ކަމާއިކަންފަށާ އެޗް1އެން1 އިތުރުވިއޭ ނުބުނިކަމުގައިވިޔަ، ހުމާއި އަރިދަފުސް ރޯގާ ރާއްޖޭގައި އާދަޔާ ހިލާފަށް ގިނަވަމުން އަންނަ ކަމަށް، އަޅުގަނޑުމެން ވާނީ ނޫސްބަޔާނާ އެއްޗެހި ނެރިފަ. އެޗް1އެން1 އައި ގުޅިގެން ދަންނަވަން އެއީ މުހިންމު ކަމެއްކަމަށް އަޅުގަނޑުމެންނަށް އެވަގުތު ނުފެނުނީ." ޑރ. ޝީޒާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކުރި މައުލޫމާތުތައް ބުނާގޮތުން އެޗް1އެން1 ވައިރަސަށް 51 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި މަރުވި މީހެއްގެ ގައިންވެސް އެޗް1އެން1 ވައިރަސް ފެނިފައިވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް