Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސަރުކާރު ހުއްޓުން

ސަރުކާރު ހުޅުވަން އެއްބަސްވުމަކަށް އާދެވިއްޖެ: ޓްރަމްޕް

26 ޖެނުއަރީ 2019 | ހޮނިހިރު 03:20

އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ވަނީ ކުރަން ފަށާފައި

އަމަން ހަލީމް
އަމަން ހަލީމް | 26 ޖެނުއަރީ 2019 | ހޮނިހިރު 03:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ބޭރުގައި ވާހަކަދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ބޭރުގައި ވާހަކަދައްކަވަނީ | ރޮއިޓަރސް

އެމެރިކާގެ ސަރުކާރު ހިންގުން ހުއްޓުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފެބްރުއަރީ 15 ވަންދެން ސަރުކާރު ހުޅުވަން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ވައިޓް ހައުސް ބޭރުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތިން ހަފުތާގެ މުއްދަތަށް ސަރުކާރު ހުޅުވަން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ. އަދި ޑިމޮކްރަޓުންނާއި ރިޕަބްލިކަން ޕާޓީގެ މެމްބަރުން ހިމެނޭ ގޮތަށް ބޯޑަރުގެ ސަލާމަތީ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބައްދަލުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ސަރުކާރު ހުއްޓުވާލާފައި އޮތީ މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ އިމުގައި ގާއިމުކުރަން ބޭނުންފުޅުވެލައްވާ ފާރުގެ ހަރަދު ކަމުގައިވާ 5.7 ބިލިއަން ޑޮލަރު ބަޖެޓުގައި ނުހިމަނައިގެންނެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ބަޖެޓުގައި އެ ފައިސާ ހިމެނެންދެން ގޮތްދޫނުކުރައްވައި ހުންނަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކުރިން މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ އިމުގައި އެއްކޮޅުން އަނެއްކޮޅަށް ފާރެއް ރާނަން ޖެހޭ ކަމަށް ވަކާލާތުކުރެއްވި ޓްރަމްޕް، ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މުޅި އިމުގައި ފާރެއް ރޭނުމަކަށް އެއްވެސް އިރަކު އެދިފައި ނުވާނެ ކަމަށެވެ.

އެދިފައި ވާނީ ބޯޑަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން އެއްމެ ނުރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ހިސާބުތަކުގައި އެކަނިކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ ބައެއް ސަރަހައްދުތަކުގައި ހުރި ގުދުރަތީ ބިނާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ފާރެއް އެޅުން މުހިންމު ނޫންކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ތާރީހުގައި ވެސް އެއްމެ ގިނަ ދުވަސް ވަންދެން ދިގުދެމިގެން ދިޔަ ސަރުކާރު ހުއްޓުވުން ނިމުމަކަށް ގެނެސްފައި ވަނީ، އެ ކަމުގެ ނޭދެވޭ އަސަރު އެ ގައުމުގެ އިގްތިސާދަށް ވެސް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ގައުމުގެ އެއަރޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މުސާރަ ނުލިބިގެން ވަޒީފާއަށް ނުނިކުތުމުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލް ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް