Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ރައްޔިތުން

ފަލަސްތީނަށް ޑަބްލިޔުއެފްޕީ އިން ވަމުން އައި އެހީ މެދުކަނޑާލައިފި

ޢައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ، 27000 މީހުންނަށް ޖެނުއަރީ އެކެއްގެ ފަހުން އެހީއެއް ނުލިބޭ

އަމަން ހަލީމް
އަމަން ހަލީމް | 14 ޖެނުއަރީ 2019 | ހޯމަ 11:17
އދ. ގެ އެހީ ބެހުމުގައި ފަލަސްތީނުގެ ބަޔަކު ހަރަކާތްތެރިވަނީ

އދ. ގެ އެހީ ބެހުމުގައި ފަލަސްތީނުގެ ބަޔަކު ހަރަކާތްތެރިވަނީ

އދ. ގެ ވާރލްޑް ފުޑް ޕްރޮގްރާމުން ފަލަސްތީނަށް ވަމުން އައި އެހީ، ފައިސާގެ ދަތިތަކާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މި ކަމުގެ ސަބަބުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ، 27000 މީހުންނަށް ޖެނުއަރީ 1 ގެ ފަހުން އެހީ ދިނުން ހުއްޓާލާފައިވާ ކަމަށް ޑަބްލިޔުއެފްޕީ އިން ފަލަސްތީނަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ސްޓެފަން ކިއަރނޭ ވަނީ ބުނެފައެވެ.

ފަންޑިން ނުލިބިގެން އެ ޖަމިއްޔާ އިން ކުރި މަސައްކަތުން ޔޫރަޕުގެ އިއްތިހާދުންނާއި ސްވިޒަލެންޑުން އިތުރު އެހީ ފޯރުކޮށްދީގެން ވެސް ބޭނުންވާ ވަރަށް ފައިސާ ހަމަވެފައި ނުވާ ކަމަށް ކިއަރނޭ ވަނީ ބުނެފައެވެ. އޭނާ ބުނީ މި ވަގުތަށް އެކަނި ވެސް 57 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، މި ފައިސާ އެހެން ގައުމުތަކުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެހީ ކަނޑަލުމާ ގުޅިގެން އެ ހިސާބުތަކުގެ އިގްތިސާދަށް ވެސް ބުރޫއަރާނެ ކަމަށް ބެލެވޭ ކަމަށް ކިއަރނޭ ވަނީ ބުނެފައެވެ. މި ހިސާބުތަކުގެ މީހުން ފިހާރަތަކުން ވިޔަފާރި ކުރަން ގެންގުޅެނީ ޑަބްލިޔުއެފްޕޭ އިން ފޯރުކޮށްދީފައިވާ ކާޑުތަކެކެވެ.

ފަންޑިންގައި މިހާ ބޮޑު ދަތިތަކެއް ކުރިމަތިވެފައި މި ވަނީ، އެމެރިކާ އިން ފަލަސްތީނަށް ދެމުން އައި 500 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެންނެވެ.

ހުޅަނގު އައްސޭރީގައި ދިރުއުޅޭ 2 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ބައިނަލްއަގްވާމީ އެހީއަށް ބަރޯސާވެގެން ދިރިއުޅޭ މީހުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
10 ފެބުރުއަރީ 2017

އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ

10 ފެބުރުއަރީ 2017
އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު