Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮބާމާ ފަލަސްތީނަށް އެހީ ދެއްވ

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

ފައިސާ ދޫކުރެއްވީ ވެރިކަމުގެ އެންމެފަހު ވަގުތުކޮޅު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 24 ޖެނުއަރީ 2017 | އަންގާރަ 12:15
އޮބާމާގެ މި ނިންމެވުމާއިމެދު ރައީސް ޓްރަމްޕް ހިތްހަމަ ނުޖެހޭނެ ކަމަށް ބެލެވޭ

އޮބާމާގެ މި ނިންމެވުމާއިމެދު ރައީސް ޓްރަމްޕް ހިތްހަމަ ނުޖެހޭނެ ކަމަށް ބެލެވޭ

ކޮންގްރެސްގެ ބައެއް މެންބަރުންގެ ނުރުހުން ފާޅުކުރެއްވި ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލުންނާ ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އޮބާ އެގޮތަށް އަމަލުކުރައްވާފައިވަނީ ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އޮބާމާ މި ނިންމެވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހިތްހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ބެލެވެއެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހުގައާ އޭގެ ކުރިން ވެސް ޓްރަމްޕް ވަނީ އިޒްރޭލަށް ތާއީދުކޮށް ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ.

އޮބާމާގެ ވެރިކަމުގެ ފަހު ވަގުތުކޮޅުގައި ފަލަސްތީނަށް މި ފައިސާ ދޫކުރި ނަމަވެސް، ކުރިން އެމެރިކާގެ 2015 އަދި 2016 ގެ ބަޖެޓްގައި ފަލަސްތީނަށް އެހީ ދޭން ފާސްކޮށްފައިވެއެވެ.

ފަލަސްތީނަށް އެހީވުމަށް ބަޖެޓުގައި ހިމަނާ ފާސްކުރިޔަސް ކޮންގްރެސްގެ ބައެއް ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ އެ ފައިސާ ދޫކުރަން ދެކޮޅު ހަދައިފަ އެވެ.

އޮބާމާގެ ވެރިކަމުގެ ފަހު ވަގުތުކޮޅުގައި ފަލަސްތީނަށް ދޫކޮށްފައިވާ 221 މިލިއަން ޑޮލަރަކީ ހުޅަނގު އައްސޭރި އާއި ގާޒާގެ އިންސާނީ އެހީގެ ގޮތުގައި ބޭނުން ކުރުމަށް ދޫކުރި ފައިސާއެވެ. މި ފައިސާ ދޫކުރުމަށް އޮބަމާގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ފަލަސްތީނާށް އެހީވުމަށް ފައިސާ ދޫކުރުމަށް ކޮންގްރެސް އިން ފާސްކުރުމުން އެކަން ހުއްޓުވުމަކީ ޤާނޫނީ ގޮތުން އެމެރިކާގައި ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް ކޮންގްރެސްގެ މެންބަރުން ދެކޮޅު ހަދާނަމަ އެމެރިކާގައި އޭރަކު އޮންނަ ސަރުކާރަކުން އެކަމަށް އިހުތިރާމްކުރެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި ޙަވާލާދީ ޚަބަރުތައް ބުނާގޮތުން 221 މިލިއަން ޑޮލަރު ފަލަސްތީނަށް ދޫކުރީ ހުކުރު ދުވަހު ހެނދުނު އެވެ. އަދި ކޮންގްރެސް އަށް ލިޔުމުން އެންގީ އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާ ކުރެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ރައީސް އޮބާމާގެ ވެރިކަމުގެ ފަހު ވަގުތުކޮޅު، ޓްރަމްޕް ހުވާކުރުމަށް ގާތްވެފައިވަނިކޮށް އެ ފައިސާ ފަލަސްތީނަށް ދޫކުރާކަން ކޮންގްރެސްއަށް އެންގެވީ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީއެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ

03 އޮކްޓޯބަރު 2017
ސައްދާމަށް ފަހު އިރާޤުގެ ވެރިކަން ކުރެއްވި ކުރުދީ ރައީސް، ތަލަބާނީ އަވަހާރަވެއްޖެ
16 އޯގަސްޓު 2017

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

16 އޯގަސްޓު 2017
އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު
02 އޯގަސްޓު 2017

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް
05 ޖުލައި 2017

ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ

05 ޖުލައި 2017
ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ
05 މެއި 2017

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

05 މެއި 2017
އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު