Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހު

ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!

ރައީސްކަމުގައި ނޫސްވެރިންނާ އަދި ބައްދަލެއް ނުކުރައްވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2018 | ހުކުރު 14:43
ރައީސް ސޯލިހު، ރައީސް އޮފީހުގައި

ރައީސް ސޯލިހު، ރައީސް އޮފީހުގައި

ރައީސް ސޯލިހުގެ ސަރުކާރަށް ދެ ހަފްތާ ފުރުނީއެވެ. ގިނަ ޕާޓީތައް އެކުލެވިގެން އުފެއްދި ސަރުކާރު ހިންގަން ފެށިތާ 336 ގަޑިއިރު ފާއިތުވެގެން ދިޔައީއެވެ. ޖަވާބު ލިބެންޖެހޭ ކިތަންމެ ސުވާލެއް ފުނިޖެހެމުން އެބަދެއެވެ. ވެރިކަމުގެ ކޮއިލު ތެރޭގައި ބަޔަކު ހޭވި ހަޑި ތާހިރު ކުރަން ކުރާ މަސައްކަތް އޮޅުން ފިލުވަދޭށެވެ. ވަތު ބަތާނައިން ފެށިގެން، ކުރަން ފެށި މަސައްކަތް ސާފުކޮށްދޭށެވެ.

ރައީސް ސޯލިހު ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ތަކުރާރު ކުރެއްވީ އިންސާފުގެ ވާހަކައެވެ. ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދައި، ބަދަލު ދޭނެ ކަމުގެ ވާހަކައެވެ. އެކަން ކުރުމަށް 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނާފައިވެއެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކާއި ވެރިކަމުގެ ނިޒާމަށް ގެންނަ އިސްލާހުތައް ސަރުކާރުން ތަފްސީލުކޮށްދީފައެއް ނުވެއެވެ. އެކަމަށް ޖަވާބު ލިބެންޖެހެއެވެ.

މީގެ ތިން މަސް ކުރިން، އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ އާއި މުދާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ފުރަތަމަ ދުވަހު ފަށާނެ ކަމަށެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ 52 މެމްބަރުންގެ އިއްތިފާގުން އެ މަސައްކަތް ހަވާލު ކުރީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއެވެ. އާ ސަރުކަރުގެ 100 ދުވަސް ގުނާއިރު އެ މަސައްކަތް އޮތް ހިސާބު ސާފުކޮށްދޭންޖެހެއެވެ. އެ މަސައްކަތް މަތިކުރި ކޮމިޝަން އުފެއްދިތާ 12 ދުވަސްވީއިރު، އަދި ހިލަމެއް ނުވެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ކޯލިޝަންގެ އެއްބަސްވުމުގެ ވާހަކައެވެ. ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އެ އެއްބަސްވުމެއްގައި ލިޔެފައިވާ ކަމަށް އަޑު އިވެއެވެ. އެ އެއްބަސްވުމަށް އިޝާރާތްކޮށް، ދެބަސްވުމަށް އެއްބަސްވެގެން ތިއްބެވި ކަމަށް ރައީސް ސޯލިހު ތަކުރާރު ކުރެއްވިއެވެ. އަދިވެސް އެ އެއްބަސްވުމުން ހާމައެއް ނުކުރެއެވެ. ހުރިހާ ލީޑަރުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވިކަމެއް ވެސް ނޭނގެއެވެ. އޮތް އެއްޗެއް ހާމައެއް ނުކުރެއެވެ. އެ އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމަށް ގެންނަ ބަދަލުތަކެއް ތަފްސީލެއް ކިޔައެއް ނުދެއެވެ. މިއީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ވަޒީރުންގެ ތެރެއިން މީޑިއާއަށް ނުކުމެވަޑައިގެން މިނިސްޓްރީތަކުގެ މައުލުމާތު މިހާތަނަށް ހާމަ ކުރެއްވީ ހަތަރު ވަޒީރުންނެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ދެން ތިއްބެވި 16 ވަޒީރުން ވުޒާރާތަކުގެ މަސައްކަތް ހުރި ގޮތް އަދި ތަފްސީލުކޮށްދީފައެއް ނުވެއެވެ. ރައީސް ސޯލިހު ހަވާލު ކުރެއްވި 100 ދުވަހުގެ 161 ވައުދު ފުރިހަމަ ކުރެއްވުމަށް ކުރައްވަމުން ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ބައެއް ވަޒީރުން އަދި ތަފްސީލެއް ނުކޮށްދެއްވައެވެ. ސަތޭކަ ދުވަހުގެ ވައުދު ފުއްދުމަށް ބަޖެޓްކޮށްފައިވާ 926 މިލިއަން ރުފިޔާ ހަރަަދު ކުރާ ގޮތް ވުޒާރާތަކުން އޮޅުން ފިލުވަދޭންޖެހޭނެއެވެ.

ވުޒާރާތަކުގެ މަސައްކަތް އޮޅުންފިލުވައިދީ، ކިޔައި ނުދެވި އޮތުމަކީ ވައުދު ފުއްދަން މަސައްކަތް ނުކުރެއޭ ބުނުމެއް ނޫނެވެ. އެހެން ބުނަން ބާރު ލިބޭފަދަ ކަންކަމަށް ވަޒީރުން މަގުފަހިކޮށްގެން ނުވާނެއެވެ. ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވީ ހާމަކަންބޮޑު ގޮތަކަށް، ވެރިކަން ހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުމަށެވެ. ކޮރަޕްޝަނަށް ފުރުސަތު ލިބޭ ކަންތައްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށެވެ. ހިންގުމުގެ ދާއިރާގަޔާއި ދައުލަތުގެ މުއައްސަސަސާތަކުގައި ކަންކަން ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި ކަނޑައެޅި ބަޔާންވެގެން ވަކި ގޮތަކަށް އަމަލު ކުރަންޖެހޭ އުސޫލުތަކުގެ އިމުން ބޭރުވާ ފަރާތްތައް ޒިންމާދާރު ކުރުވައި ޒިންމާ އުފުލާ ސަގާފަތެއް މުޖުތަމައުގައި އާލާކޮށް އަށަގެންނެވުމަށެވެ.

ރައީސް ސޯލިހަކީ އެފަދަ ކަންކަމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މަޖިލީހުގައި އެމަނިކުފާނު ކުރެއްވީ އެ މަސައްކަތެވެ. މާލިއްޔަތު ކޮމެޓީގައި އިންނަވައި އެމަނިކުފާނު ހާމަކުރެއްވީ އެފަދަ މައުލުމާތުތަކެވެ.

ނަމަވެސް ރައީސްގެ މަގާމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހު މީޑިއާގެ ކުރިމައްޗަށް އަދި ނުކުމެވަޑައިނުގަންނަވައެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވައި ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމު މުހާތަބު ކުރައްވައި ދެއްވި 25 މިނެޓުގެ ހިތާބަށްފަހު، އެމަނިކުފާނުގެ ބަސްފުޅެއް އަދި އަޑެއް ނީވެއެވެ. ނޫސްވެރިންގެ އިންތިޒާރު ގުޅިފައި ވަނީ ރައީސްކަމުގައި ރައީސް ސޯލިހު ދެއްވާ ފުރަތަމަ ޕްރެސް ކޮންފަރެސްއަށެވެ. ސުވާލުތައް ފުނިޖެހި ބަންޑުންވުމުގެ ކުރިން ރައީސް ސޯލިހު އެމަގުން ހިންގަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންސިސްގެ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ކުރިމައްޗަށް، "ފަނާގަލެއް" ވެއްޓިފައި!

އެންސިސްގެ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ކުރިމައްޗަށް، "ފަނާގަލެއް" ވެއްޓިފައި!

02 މެއި 2020
ނޫސްވެރިންގެ ސުވާލުތައް އިންތިހާ، މުނާޒަކަށް ޖަވާބެއް ނުދެވުނު!

ނޫސްވެރިންގެ ސުވާލުތައް އިންތިހާ، މުނާޒަކަށް ޖަވާބެއް ނުދެވުނު!

08 ޖެނުއަރީ 2020
ޔާމީންގެ ވާހަކަފުޅުން އުފެދުނު ސުވާލުތައް!

ޔާމީންގެ ވާހަކަފުޅުން އުފެދުނު ސުވާލުތައް!

07 ޑިސެމްބަރު 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

11 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު