Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޑުއްވަރީ ދަތުރު

ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...

2015 ވަނަ އަހަރުގެ ޖޫން މަހު ނިމުނު މަޝްރޫއެއްގެ ނިމުން ފާހަގަކުރުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2017 | ހޯމަ 18:19
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މަޑުއްވަރީގައި ހަދާފައިވާ ގިޑިގެ

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މަޑުއްވަރީގައި ހަދާފައިވާ ގިޑިގެ

ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން ރ. މަޑުއްވަރީ އަށް އަންގާރަ ދުވަހުގެ ހެނދުނު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅަކީ މަޑުއްވަރީ ނަރުދަމާގެ ނިޒާމާއި ރަށުގެ ވަށައިގެން ބޮޑު ހިލަ ޖެހުމަށް ހިންގި މަޝްރޫހު ނިންމައި އެކަންކަން އިފްތިތާހު ކުރުމަށް ވަޑައިގަންނަވާ ދަތުރުފުޅެކެވެ. ރައީސް ޔާމީން މި ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގަ އެވެ. ރައީސް ޔާމީން ވަޑައިގަންނަވާތީ މި ރަށުގައި ފަޅުގައި އަޅާފައިވާ އޮޑިދޯނިފަހަރު ހެނދުނު 6:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް ނެގުމަށް ފުލުހުން ވަނީ އަންގާފަ އެވެ. އަދި އެ އަމުރާ ޚިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ބަނދަރު މަތީގައި ބޯޑެއް ބަހައްޓާފައި އެބަހުއްޓެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މީގެ ކުރިން ވެސް ރައީސް ޔާމީން މި ރަށަށް ދަތުރުފުޅެއް ކުރެއްވި އެވެ. އެއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. ރައީސް ޔާމީން މި ރަށަށް ވަޑައިގެންނެވީ މިރަށުގެ އާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށެވެ. މި ރަށު މީހުން ބުނާ ގޮތުގައި އެ ދަތުރުފުޅުގައި ރައީސް ޔާމީނަށް މިރަށުގެ ކަޅު ފަސް ފެނިވަޑައިގެންފައެއްނުވާނެ އެވެ. އަދި ހުޅުއްވައި ދެއްވި އިންޖީނުގެ ވެސް ރައީސް ޔާމީނަށް ފެނިވަޑައިގެންފައިނުވާނެ ކަމަށް މިރަށުގެ މީހުން ބުނެ އެވެ. އިންޖީނުގެއާ ދުރުގައި، ރަށުގެ ބަނދަރުމަތީގައި ބޭއްވި ހަފްލާއެއްގައި އިންޖީނުގެ ހުޅުއްވައި ދެއްވުމަށް ފަހު، ރައްޔިތުންނާ މުޚާތަބުކޮށް 25 އަކަށް މިނެޓް ވަންދެން ވާހަކަ ދެއްކެވުމަށް ފަހު އެތަނުން ފުރާވަޑައިގެންނެވީ ކަމަށް މީހުން ބުނެ އެވެ.

މިފަހަރު ރައީސް ޔާމީން މަޑުއްވަރީއަށް ކުރައްވާ ދަތުރުފުޅުގެ ޚަބަރުތައް ރާއްޖެއެމްވީގެ ކިޔުންތެރިންނާއި ރާއްޖެޓީވީގެ ބެލުންތެރިންނާ ހަމައަށް އެންމެ ތާޒާކަމާއެކު ގެނެސްދިނުމުގެ އުންމީދުގައި، އަޅުގަނޑާއި، ކެމެރާމަން އާދަމް ޒަރީރު އައިސް މިތިބީ މަޑުއްވަރީގަ އެވެ. މި ރަށަށް އަޅުގަނޑުމެންނަށް އާދެވުނީ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު އެވެ. ލޯންޗުގައި ދުއްވާފައި އައިސް ރަށުގެ މަލަމަތި ފެނުމާއެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ބަނދަރުމަތީގައި އެކި ކުލަކުލައިން ދަމާފައިވާ ފޮތިގަނޑުތަކާއި ދިދަތަކެވެ.

ރަށަށް ފޭބުމާއެކު ފެނުނީ "މަރުޚަބާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ" ޖަހާފައި ހުރި ގިޑިގެ އެވެ. އެތަނުގައި ހުއްޓި ހުރެ ވަށައިގެންވާ މާހައުލެއް ބަލާލީމެވެ. ގިޑގެއާ ދިމާލަށް ހުއްޓި ހުރެ ވާތަށް ބަލާލީމެވެ. ލޮލުގައި އަޅައިގަތީ "އަނިޔާވެރި ވެރިއެއް ބޭނުމެއް ނޫން" ޖަހާފައި ބެނާއެކެވެ. ކަނައަތަށް އެނބުރިލުމުން ފެނުނީ "ދެއަހަރު ބަޖެޓް ކުރި ބަނދަރު ކޮބާ" ޖަހާފައިވާ ބެނާއެކެވެ. ރަށު ތެރެއާ ދިމާލަށް ހިނގައިގަތުމުން ދެން ފެނުނީ "މިރަށުގައި އަޅަން ބުނި ފްލެޓް ކޮބާ" ޖަހާފައިވާ ބެނާއެކެވެ. ދެން ފެނުނީ "އަޅޭ ގޮނޑިއެއް ނުގެއްލޭ" ޖަހާފައިވާ ބެނާއެކެވެ. ދެން ފެނުނީ "މަރުތަކުގެ ހަގީގަތަކީ ކޮބާ" ޖަހާފައިވާ ބެނާއެކެވެ.

މި ބެނާތަކުގައިވާ އެ ލިޔެފައިވާ އެއްޗެއް ދެނެގަތުމަށް ދިމާވި އެކިއެކި މީސްމީހުންނާ ސުވާލުކުރަން ފެށީމެވެ. މެދު އުމުރުގެ ބޭބެއެއް ބުނީ ރަށް ތޮއްޖެހިފައިވާ ކަމަށެވެ. މި ރަށުގައި އިތުރަށް ގޯއްޗެއް ދޫކުރެވެން ނެތް ކަމަށެވެ. ދަރިއަކު މީހަކާ އިނދެގެން ދިރިއުޅުމެއް ފައްޓަން ބަލާއިރު ވަންނާނެ ތަނެއް ނެތް ހިސާބަށް ގޮސްފައިވާ ކަމަށެވެ. މި ރަށުގެ ވަށައިގެން ވަނީ ބޮޑުހިލަ ޖަހާފަ އެވެ. އެ ބޭބެގެ ޝަކުވާއަކަށްވީ ރަށް އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު ގެއްލުވާލާފައިވުމެވެ. ދިމާވި ޒުވާނަކު ބުނީ މި ރަށުގައި 50 ހައުސިންގ ޔުނިޓް އަޅައިދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ދަތުރެއްގައި ރައީސް ވަޑައިގަންނަވާއިރު ވެސް އެންމެ ހައުސިންގ ޔުނިޓެއް ވެސް ލޮލަށް ފެންނަން ނެތް ކަމަށެވެ.

މަރުތަކުގެ ހަގީގަތަކީ ކޮބާހޭ ލިޔެފައި އޮތުމުން މި ބުނަނީ ކީކޭކަން ފަހަރުގައި ނޭނގިދާނެ އެވެ. އަޅުގަނޑަށް ވެސް "ގެޓް ވާން" އިރުކޮޅެއްވި އެވެ. އެ ދައްކަނީ މި އަތޮޅަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އާއި، މި އަތޮޅު މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ވާހަކަ އެވެ. މިގައުމުގައި ހިންގި އެންމެ ލާއިންސާނީ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ދެ މަރެއްގެ ވާހަކަ އެވެ. މި ރަށުން ދިމާވި އުމުރުން ދޮށީ ބޭބެއަކު ބުނީ އިންސާފު ބޭނުންވާ ކަމަށެވެ. ހަގީގަތް ސާފުވެފައި އޮތުން އަތޮޅުގެ ރައްޔިތުން ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ. ކާކު ކީއްކުރަން ކޮން ބޭނުމަކު ކުރި ކަމެއްކަން އެނގެން "ޑިމާންޑް" ކުރާ ކަމަށެވެ.

މި ރަށަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު، މި ރަށް ހިމެނޭ ދާއިރާގެ ރައްޔިތުން އެމީހުންގެ ބަސް އިއްވުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި މެންބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ. މި ރައްޔިތުން ތަމްސީލު ކުރާން ހޮވި މެންބަރު މުހައްމަދު އަމީތަށް މަޖިލިހަށް ވަނުމުގެ ހުއްދައެއް ނެތެވެ. އެހެންކަމުން ރައްޔިތުން ނިންމައިގެން ތިބީ ރައީސް ވަޑައިގަތީމާ ރައީސަށް ސާފުކޮށް އަޑު އިވިވަޑައިގަންނަވާ ވަރަށް ރައްޔިތުންގެ ބަސް އިއްވުމަށެވެ. ގާނޫނީ އިމުގެ ތެރެއިން ރައީސަށް ކަންބޮޑުވުންތައް ހިއްސާކޮށް، ހައްލު ހޯދުމުގެ ބޭނުމުގަ އެވެ.

މި ރަށުގެ ވަށައިގެން ބޮޑު ހިލަ ޖެހުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރެއްވުމަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު އެ މަޝްރޫއު ނިމުނުތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މި ރަށަުގައި 2014 ވަނަ އަހަރު ފެށި އެ މަޝްރޫއު ނިމުނީ 2015 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. މި ރަށުގެ ރައްޔިތުން ބުނާ ގޮތުގައި މި ދަތުރުފުޅުގެ މަގްސަދު ވަރަށް ސާފެވެ. މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިގެން ބައި އިލެކްޝަން ބާއްވަން ފައިސާ ހޯދަނީ އެވެ. އެއަށްފަހު މި ފެއްޓެވީ ކެމްޕޭނެކެވެ. މިއީ ކެމްޕޭން ދަތުރުފުޅެއް ކަމަށް ރައްޔިތުން ބުނެ އެވެ.

ރައީސް ޔާމީންގެ ދަތުރުފުޅާ ދިމާކޮށް މި ރަށަށް ގިނަ އަދަދެއްގެ މީހުން ވަނީ އައިސްފަ އެވެ. މަރުޚަބާ ދަންނަވަން ރަށުން ނިކުންނަން ތިބި މީހުންނަށް ވުރެ ރަށަށް އައިސްފައިވާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު