Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީންގެ ވާހަކަފުޅުން އުފެދުނު ސުވާލުތައް!

އެމްއެމްޕީއާރުސީން ފައިސާ ގެއްލުނު މައްސަލާގައި ބޭންކްތަކުން ޖަވާބުދާރީވާން ޖެހޭ: ޔާމީން

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2018 | ހުކުރު 12:26
ރައީސް ޔާމީނާއި އަދީބު: އެ ބޭފުޅުންގެ މައްޗަށް ވެސް ހިޔާނާތުގެ ބޮޑެތި ތުހްމަތުތައް ކުރެވޭ

ރައީސް ޔާމީނާއި އަދީބު: އެ ބޭފުޅުންގެ މައްޗަށް ވެސް ހިޔާނާތުގެ ބޮޑެތި ތުހްމަތުތައް ކުރެވޭ

ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީގެ މާޔޫސްކަމުގައި "ހޮރުގައި" އޮންނެވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުމެވަޑައިގެން ބަސްފުޅު ވިދާޅުވާން ފައްޓަވައިފި އެވެ. ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާއިރު، ބުރާސްފަތި ދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާމެދު ވަރަށް ގިނަ ސުވާލުތަކާއި ކަންބޮޑުވުންތަކެއް އުފެދެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ގެއްލުނު މައްސަލައިގައި ބޭންކްތަކުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް، އެ ވާހަކަ އެ މަނިކުފާނު ވިދާޅުވާންވީ މިހާރުތޯ އެވެ؟ އެ މައްސަލައިގައި ޖަވާބުދާރީވާންޖެހޭ ފަރާތްތައް ފުރިހަމަ އަށް ޖަވާބުދާރީ ނުކުރެއްވުނީ ކީއްވެތޯ އެވެ؟

މުޅި ނިޒާމު ގަޑުބަޑުވެ، ހަރާބުވެގެން ދިޔައީ ރައީސް ޔާމީންގެ ނާގާބިލްކަމުންނާއި، ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ވަމުން ދިޔަގޮތް ރަނގަޅަށް ނުބެއްލެވުމުގެ ސަބަބުން ކަމަށް ތުހުމަތުކުރެވެ އެވެ. އެންމެ ފުރަތަމަ އެމްއެމްޕީއާރުސީގެ މައްސަލައާ ހަމައަށް ދާންވެސް ނުޖެހެ އެވެ. 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްގެ މެމްބަރުން ހޮއްވެވުމަށް އަދީބު ފައިސާ ހަރަދުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ވާހަކަ ވިދާޅުވީ، 2015 ގައި އަދީބު ހައްޔަރުކުރުމަށް ފަހު ކަމަށް ވިޔަސް، އެ ޚަރަދުކުރި ގޮތް އެ މަނިކުފާނަށް ކުރިން ވެސް އެނގިވަޑައިގަންނަވާކަމަށް ގަބޫލުކުރެވެ އެވެ. އޭރުވެސް އެތައް ބަޔަކު އެ ވާހަކަ ދެއްކި އެވެ. އޮޑިޓް ރިޕޯޓް ތައްޔާރުކުރި އެވެ. ދަންނަވަން މި އުޅެނީ އެމްޕީއެލްއަށް ޑޮލަރު ގަތުމަށްޓަކައި، އެމްއެމްޕީއާރުސީ އަށް ދިން އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ އެވެ.

އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ޔާމީން ހުންނެވި ދުވަސްވަރު، އެސްޓީއޯތެރެއިން ވެސް މިފަދަ މުއާމަލާތްތައް ހިންގާފައިވާއިރު، އެގޮތަށް ޑޮލަރު ގަތުމަށް އޭރު ފައިސާ ދިން މީހުން މިއަދު މަހުޖަނުންނަށް ވެފައި ތިބިކަން އެންމެނަށް ވެސް އެނގެ އެވެ. އެ އުސޫލުން އެމްޕީއެލަށް ޑޮލަރު ގަތުމުގެ ނަމުގައި ދިން ފައިސާއިން ހަރަދުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްގެ މެމްބަރުން ހޮވުމަށެވެ. މިކަން ބަލައި ފިޔަވަޅު ނޭޅީ ކީއްވެގެން، ކޮން ބާރެއް ލިބިވަޑައިނުގެން އޮތުމުން ހެއްޔެވެ؟

މޯލްޑިވިސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ތިން ދައުވާއެއް ސާބިތުކޮށް 33 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާއިރު، ރައީސް ޔާމީން ވެރިކަމާ ހަވާލުވުމުގެ މާކުރިން ވެސް ހިޔާނާތުގެ އެކި ތުހުމަތުތައް އަދީބުގެ މައްޗަށް ކުރެވިފައި އޮތެވެ. ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަމުން އަދީބު ވަކިކުރަން އުޅުނުކަމާއި، އެކަމަށް ރައީސް ޔާމީން އަދި ޕީޕީއެމް ދެކޮޅު ހަދައި، ކޯލިޝަނުން ވަކިވާނެ ކަމުގެ ބިރު ދެއްކިކަން ހަނދުމަފުޅުގައި ނެތީތޯއެވެ؟ އެކަން އޭރު އެގޮތަށް ކުރައްވައި، އަދީބު ހިމާޔަތް ކުރެއްވީ ކީއްވެގެންތޯ އެވެ؟ އޭރު އެކަން އެގޮތަށް ކުރެއްވި މަގުސަދު އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލިޑަރޝިޕަށެވެ. ފެންނަން އޮތީ، އޭރު ފިޔަވަޅު ނޭޅުމުގެ ނަތީޖާ އެވެ. އަދީބު "އަދީބަކަށް"ވީ އެފަދަ ކަންކަމުގައި ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ. ޖަވާބުދާރީނުކުރެވުމުގެ ސަބަބުންނެވެ. ދެން މިކަމުގެ ޒިންމާ ނަގަންވެސް ޖެހެނީ ބޭންކުތަކުން ހެއްޔެވެ؟

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ހޮއްވެވުމަށް އަދީބު ފައިސާ ހޯއްދެވިކަމަށްވެ އެވެ. އޭރު އަދީބު ފައިސާ އެ ހޯއްދެވީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވަން ބޭނުންފުޅެއް ނުވި އެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އަދީބުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ނުބައްލަވައި، އިތުރު ބާރުތައް ދެއްވީ ކޮން މަގުސަދެއްގައިތޯ އެވެ؟ ޓޫރިޒަމް މިނިސްޓަރުކަމުން ނައިބު ރައީސް ކަމުގެ މަގާމް ދެއްވީ ކީއްވެތޯ އެވެ؟ 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވީ ކީއްވެތޯ އެވެ؟ އަދީބު ބެއްސެވީ ތިމަން މަނިކުފާނުގެ ފައިސާ ކަމަށް ވިދާޅުވީ ކީއްވެތޯ އެވެ؟ ވިޔަފާރިވެރިން ހަދިޔާގެ ގޮތުގައި މަނިކުފާނަށް ދެއްވި ފައިސާ މެނޭޖްކުރަން ޓޫރިޒަމް މިނިސްޓަރަށް ދެއްވީ ކީއްވެތޯ އެވެ؟ މަނިކުފާނަށް ހަދިޔާގެ ގޮތުގައި ދެއްވި ފައިސާ ދައުލަތުގެ ހަޒާނާއަށް ނުލައި، އެހެން މީހަކަށް ދެވިދާނެތޯ އެވެ؟ މިކަމުގައި ވެސް ޖަވާބުދާރީވާންޖެހެނީ ބޭންކުތަކުންތޯ އެވެ؟

މި ސުވާލުތަކުގެ ޖަވާބު މަނިކުފާނު ދެއްވަންޖެހެ އެވެ. އެމްއެމްޕީއާރުސީން ބައެެއް ރަށްތައް ދޫކުރިއިރު ސީދާ މަނިކުފާނުގެ އެންގެވުމާއި އިރުޝާދާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ބުނެ އެވެ. އެ މަސްދަރުތައް ދިރިދުނިޔޭގައި ތިބިއިރު، އެމްއެމްޕީއާރުސީގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، ޒންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކެއް ޒިންމާ ނުކުރެވުނީ ކީއްވެތޯ އެވެ؟ އަދީބާއި ޒިޔަތު އެކަނި ޖަލަށްލުމުން އެ މައްސަލައިގައި އިންސާފު ލިބުނީތޯ އެވެ. އެމްއެމްޕީއާރުސީގެ އޭރު ބޯޑުގައި ތިއްބެވި މެމްބަރުން ކޮބައިތޯ އެވެ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޒިންމާ ނަގަންޖެހެނީ ބޭންކުތަކުން ކަމަށް މަނިކުފާނު ވިދާޅުވިއިރު، އެ މައްސަލައިގެ ކަންބޮޑުވުން މާކުރިން ފެށިގެން ވެސް އެމްއެމްއޭއިން ދިޔައީ ކަމާބެހޭ އިދާރާތަކަށް އަންގަމުންނެވެ. އެ މައްސަލަ އޭރު ނުބެލުނީ ފަހަރެއްގައި އަދީބުގެ ބާރު، މަނިކުފާނަށް ވުރެ ގަދަވުމުން ކަމަށް ވެދާނެ އެވެ. ނަމަވެސް، އަދީބު ހައްޔަރުކުރުމަށް ފަހު، މައްސަލަތައް ނުބެލުނު ސަބަބާއި ބޭންކުގެ މައްސަލައެއް އުޅޭނަމަ، އެކަމުގައި އިހްމާލުވާ މީހުންނާއި ފުލުހުންގެ ތެރޭގައި މައްސަލައެއް އުޅޭނަމަ އެކަމުގައި އިހްމާލުވި މީހުންގެ މައްސަލަ، ނުވަތަ އެމްއެމްއޭގެ އިހްމާލެއް އުޅޭނަމަ އެކަން ނުބެލީ ކީއްވެތޯ އެވެ؟

މިފަދަ ލައްކަ ވާހަކަ އެބަ ހުއްޓެވެ. މިކަންކަމަށް ބޭނުންވަނީ ފުރިހަމަ ތަހުގީގެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ އުޅުއްވަނީ، ރައީސް ޔާމީން ނުކުރެއްވި ކަންކަމުގައި އިންސާފުވެރި ތަހްގީގެއް ހިންގައި، ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އާއި ބޮޑެތި ޖަރީމާތަކުގެ ހަގީގަތް ހޯދުމަށެވެ. އެ މަސައްކަތް ފެއްޓެވުމުން ދެން ޔާމީން ދެއްކެވި ވާހަކަފުޅަކީ ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ވާހަކަ އެވެ.

މިއީ ކޮންފަދަ ވާހަކައެއްތޯ އެވެ. އިބްރާހިމް މުހައްމަދު ސޯލިހް އެކުރައްވަން އުޅުއްވަނީ ރައްޔިތުން ބޭނުންވާ ކަންކަމެވެ. ރައްޔިތުން ބޭނުންވީ ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމަށެވެ. ބޮޑެތި ޖަރީމާތަކުގެ ހަގީގަތްތަކާއި މަރުތަކުގެ މައްސަލައިގެ ހަގީގަތް ހޯދުމަށެވެ. އެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރެއްވުމަށް މަނިކުފާނަށް ފުރިހަމަ އިހްތިޔާރާއި ބާރު އޮތެވެ. ނަމަވެސް، ރައްޔިތުން ބޭނުންވި އިންސާފު އެގޮތަށް ލިބިފައި ނެތުމުން، އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތީ، އިންސާފުގެ މަގަށް ރާއްޖެ ގެންދަވާނެ ކަމަށެވެ. އެ މަސައްކަތް ފެއްޓެވުމުން، އެކަމަށް ހުރަސް އެޅޭ ގޮތަށް ވާހަކަފުޅު ދެއްކެވުމުން ހަނދާނަށް އަންނަނީ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގެ ފެށުން ބާރަށް ފެށުނީ އެ މައްސަލައިގެ ތަހްގީގު ރައްޔިތުންގެ މަޖިލީހުގައި ބާރަށް ކުރިއަށް ގެންދަން ފެށިފަހުންނެވެ. މަންޒަރު ބަަލަންހުރި މީހެއްގެ ގޮތުން އެކަން ސިފަކުރެވުނީ އެގޮތަށެވެ. މިއަދު ދެން ކުޅިވަރު ކުޅުއްވަން ނުހައްދަވާށެވެ.

ޔާމީންގެ އިހްލާސްތެރިކަމެއް ހުރި ނަމަ، ލިބިވަޑައިގެންނެވި ފައިސާގެ އަދަދު ރައްޔިތުންނަށް ހާމަކުރައްވާށެވެ. ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާށެވެ. ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތްކަމާއި، ކުރެވޭ ތުހުމަތުތަކަކީ ހޮޅިވާހަކަތަކެއްކަމަށް ސާބިތުކޮށް ދެއްވާށެވެ. އެހެން ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވާއިރު، އެ ބޮޑު ވައްކަމުގައި، އަމިއްލަފުޅު ޒިންމާ ފުރިހަމައަށް އަދާކުރެއްވިފައިވޭތޯ ބެއްލެވުމުން މުހިންމު ނުވޭތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

06 ނޮވެމްބަރު 2017
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

26 އޮކްޓޯބަރު 2017
ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

19 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު