Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

މިދިޔަ ހުކުރު ދުވަހު ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ފުރަތަމަ މެޑިކަލް ޓެސްޓް ހައްދަވާފައި، މި ޓެސްޓުގައި އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ނުހިމެނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 14 ޖެނުއަރީ 2018 | އާދީއްތަ 17:46
ރައީސް ޓްރަމްްޕް

ރައީސް ޓްރަމްްޕް

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ހެއްދެވި ފުރަތަމަ މެޑިކަލް ޓެސްޓް ހުކުރު ދުވަހު އެމަނިކުފާނު ހައްދަވައިފިއެވެ.

ރައީސް ޓްރަމްޕް އެމަނިކުފާނު މެޑިކަލް ޓެސްޓެއް ހެއްދެވިއިރު ރައީސް ޓްރަމްޕްގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާރު ހުރީ ރައީސްކަމުގެ މަގާމު އަދާނުކުރެއްވޭ ހާލަތެއްގައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން އެމޭރުމުން ވާހަކަ ދައްކަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ މެދު އެކި ފަހަރު އެކި ގޮތްގޮތަށް ރައީސް ޓްރަމްޕް ވާހަކަފުޅު ދައްކަވާތީ އާއި ދާދި ފަހުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްގައި އެމަނިކުފާނު އަޅައަޅައިގެން ބައެއް ބަސްތައް ވިދާޅުވުމާ ގުޅިގެންނެވެ.

ތަފާތު ވާހަކައަކަށް ބަލާލަމާތޯއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން ދާދިފަހުން ލިޔެފައިވާ ފޮތެއްގައި އެ މަނިކުފާނަކީ "ކުޑަކުއްޖެއް"ގެ ގޮތުގައި އެމަނިކުފާނުގެ މުވައްޒަފުން ދެކޭ ކަމަށް ވަނީ ލިޔެފައެވެ. "ފަޔަރ އެންޑް ފިޔުރީ: އިންސައިޑް ދި ޓްރަމްޕް ވައިޓް ހައުސް" އަކީ 200 އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް މައިކަލް ވުލް ލިޔުއްވާފައިވާ ފޮތެކެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ފޮތަކީ "ދޮގުން ފުރިގެންވާ" ފޮތެއް ކަމަށެވެ. ފޮތުގެ ވާހަކަތަކާ ގުޅިގެން ރައީސް ޓްރަމްޕް ގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ ރައީސް ޓްރަމްޕްގެ ނަފްސާނީ ދުޅަހެޔޮކަމާމެދު އެމަނިކުފާނު ހިތްޕުޅުގައި ސުވާލެއް ނުއުފެދޭ ކަމަށެވެ.

ކޮންމެއަކަސް ރައީސް ޓްރަމްޕްގެ ފުރަތަމަ މެޑިކަލް ޓެސްޓް ހުކުރު ދުވަހު އެމަނިކުފާނު ހައްދަވާފައިވާއިރު އެ ޓެސްޓުގެ ނަތީޖާ އަކީ ކޮބައިތޯއެވެ. އެ ޓެސްޓުން ހާމަވީ ރައީސް ޓްރަމްޕް ހުންނެވީ "ވަރަށް ރަނގަޅު ސިއްހަތެއްގައި ކަމެވެ." މެރީލޭންޑް ސްޓޭޓްގެ ބިތީސްޑާގައި ހުންނަ ވޯލްޓާ ރީޑް ނެޝެނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ތިންގަނޑިއެއްހާ އިރަށް ރައީސް ޓްރަމްޕް، އަސްކަރީ ޑޮކްޓަރުންނާ އެކު މެޑިކަލް ޓެސްޓް ހެއްދެވުމަށްޓަކައި ހޭދަ ކުރެއްވިއިރު، އެ ޓެސްޓާ ބެހޭ ގޮތުން ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން ވިދާޅުވީ ޓެސްޓް ދިޔައީ "ވަރަށް ރަނގަޅަށް ކަމަށެވެ."

މުހިންމު ނުކުތާ އަކީ މިއީއެވެ. ރައީސް ޓްރަމްޕް ހެއްދެވި އެމަނިކުފާނުގެ މެޑިކަލް ޓެސްޓުގައި އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަން ވަޒަން ކުރާ އެއްވެސް ޓެސްޓެއް ނުވަތަ ސައިކިއެޓްރިކް ޓެސްޓެއް ނުހިމެނެއެވެ. އެކަން ޓެސްޓުގެ ކުރިން ވައިޓް ހައުސް އިން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ފާޑުކިޔާފަރާތްތަކުން ސުވާލު ކުރަމުން ދަނީ ރައީސް ޓްރަމްޕުގެ ނަފްސާނީ ދުޅަހެޔޮކަމާއެވެ. އެމަނިކުފާނުގެ ޖިސްމާނީ ދުޅަހެޔޮކަމަކާ ނޫނެވެ. ސުވާލަކީ ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ އެއްވެސް ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެތޯއެވެ. މިހާތަނަށް އެމެރިކާގެ އެއްވެސް ރައީސަކު އެ ރައީސެއްގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ރައީސްކަމުގެ ދައުރުގައި ޓެސްޓެއް ހެއްދެވި ކަމެއް އެނގިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު