Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންތޮނީ މާޝިއާލް

އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!

މާޝިއާލްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2018 | ބުރާސްފަތި 16:33
ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތޮނީ މާޝިއާލް

ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތޮނީ މާޝިއާލް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލް އަށް އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާ އިން ބުނީ މާޝިއާލް އަށް އިންޓަ އިން ޝައުގުވެރިވާ ކަމަށާއި، އެގޮތުން އޭނާ އަށް އެ ކްލަބުން ފާރަލަމުން އަންނަ ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން މާޝިއަލް ޔުނައިޓެޑު ދޫކޮށްލާނެ ކަމުގައި ބުނެ ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް އޭނާ މިހާތަނަށް ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ.

އުމުރުން 22 އަހަރުގެ މަޝިއާލް ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފްރާންސްގެ ލިޔޯން އިން ކެރިޔަރު ފެށި މާޝިއާލް ވަނީ އެ ކްލަބަށް ހަތަރު މެޗު ކުޅެފައެވެ. އެ ކްލަބް ދޫކޮށް އޭނާ ވަނީ މޮނާކޯ އަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު މަޝިއާލް ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 148 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.

މާޝިއާލް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ގޯލްޑެން ބޯއި އެވޯޑުވެސް ހާސިލުކޮށްފައެވެ.

ފްރާންސުގެ ގައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގެ ދެވަނަ ނެގި މާޝިއާލް ވަނީ އެ ޓީމަށް ކުޅުނު 18 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު