Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

ލާޒިއޯ އަދި އިންޓަ ބައްދަލުކުރި މެޗުގައި ކޮންމެ ޓީމަކަށްވެސް އެއް ރަތް ކާޑު ދެއްކި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2017 | ބުދަ 15:24
އިންޓަ ކޮޅަށް ލަނޑު ޖެހުމަށްފަހު ލާޒިއޯ ކުޅުންތެރިން އުފާފާޅުކުރަނީ

އިންޓަ ކޮޅަށް ލަނޑު ޖެހުމަށްފަހު ލާޒިއޯ ކުޅުންތެރިން އުފާފާޅުކުރަނީ

ކޮޕާ އިޓަލިއާގައި އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު އިންޓައާ ވާދަކޮށް ލާޒިއޯ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

އިންޓަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ލާޒިއޯ އިންނެވެ. އެގޮތުން އެޓީމުން ވަނީ 20 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕޭ އެންޑާސަން އެވެ.

މި ލަނޑަށް ފަހު ވެސް ލާޒިއޯ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން ފުރަތަމަ ހާފްގެ ފަހުކޮޅު އިންޓަ އަށް ވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އިންޓަގެ މައްޗަށް ލާޒިއޯ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ލާޒިއޯ އިން ވަނީ އެޓީމުން ދައްކަމުންދިޔަ ކުޅުން އިތުރަށް ރަނގަޅުކޮށް ފުލުފުލުގައި އިންޓަގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް ފޮނުވާލާފައެވެ.

މެޗުގައި އިންޓަ އަށް ހުރަސްތަކާ ކުރިމަތިވީ 54 ވަނަ މިނެޓުގައި ލާޒިއޯގެ އިމޯބައިލް އަށް އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޖޯ މިރިންޑާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާ އަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މީގެ އިތުރުން ލާޒިއޯ އިން ވަނީ ފައިދާގެ ބޭނުން ހިފާ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލޫކަސް ރޮޑްރިގޯ އެވެ.

މި ލަނޑާއެކު ލާޒިއޯ އިން ކުޅެމުންދިޔައީ ވަރަށް އިތުބާރާއެކުގައެވެ. އެހެން ނަމަވެސް ލާޒިއޯ އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އެޓީމުގެ ޑެނިއަލް ރަޑޫ ކުރި ކުށަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އިންޓަ އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިކް އެވެ. މި ލަނޑަށް ފަހު ވެސް އިންޓަ އަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު