Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޯދީގެ ދިވެހި ޓްވީޓް

ބޮޑުވަޒީރު މޯދީ ދިވެހިންނާއި ގާތަށް! އެންމެގާތަށް!

މިއީ ދިވެހިބަހުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލީޑަރަކު ވެސް އަދި އިންޑިއާގެ ބޮޑުވަޒީރަކު ވެސް ކުރެއްވި ފުރަތަމަ ޓްވީޓް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2018 | ހޮނިހިރު 14:22
އިންޑިއާގެ ބޮޑުވަޒީ މޯދީ ރާއްޖޭގެ ފޮރިން މިނިސްޓަރާ އެކު

އިންޑިއާގެ ބޮޑުވަޒީ މޯދީ ރާއްޖޭގެ ފޮރިން މިނިސްޓަރާ އެކު

އަޅުގަނޑުމެން އެބަހަކަށްޓަކައި ފަޚުރުވެރިވާ މާދަރީ ބަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކުރެއްވި ޓްވީޓަކާ އެކު ދިވެހިންނަށް ހައިރާންކަމާ އެކު އުފާވެރިކަން ގެނެސްދީފިއެވެ.

މިއީ ދިވެހިބަހުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލީޑަރަކު ވެސް އަދި އިންޑިއާގެ ބޮޑުވަޒީރަކު ވެސް ކުރެއްވި ފުރަތަމަ ޓްވީޓެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެ ގައުމަކީ ފެށުނީއްސުރެ ވެސް އަޚްވަންތަކަމުގެ ގާތްގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ދިވެހިންނަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އެންމެ އަވަހަށް އެހީގެ އަތް ދިއްކޮށްލާ، ދެގޮތެއް ނުވާ ބައިވެރިއަކީ އެކުވެރި އިންޑިއާއެެވެ. އެހެން އެކަން އޮއްވައި ފާއިތުވި ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް މީހާރު އަނެއްކާ ވެސް މި ފެންނަނީ އެގުޅުން ވަރުގަދަ ވަމުން އަންނަ ކަމުގެ އަލާމާތްތަކެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމުގައިވާ އިންޑިއާގެ ބޮޑުވަޒީރު ދިވެހި ބަހުން ޓްވީޓެއް ކުރައްވައި، ދިވެހިންގެ ހިތްތަކާ ކުޅެލެއްވުމަކީ ކުޑަ ޝަރަފެއް ނޫނެވެ. މި ޓްވީ އެކު އެމަނިކުފާނަށް އެތައް ދިވެހިންނެއް އެދަނީ ޝުކުރުގެ ގުލްހާރުތައް އަމުނަމުންނެވެ. ދިވެހި ބަހުން އަމިއްލަފުޅަށް ޓްވީޓެއް ކުރައްވަން އެމަނިކުފާނަށް އެނގިވަޑައި ނުގެންފާނެއެވެ. އެހެނަސް މިފަދަ ޓްވީޓެއް ކުރެއްވުމަށް ވިސްނަވައި އެކަން އެގޮތަށް ކުރެއްވުމަކީ އެމަނިކުފާނު ދިވެހިންނާއި ގާތްކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

ބޮޑުވަޒީރު މޯދީ ކުރެއްވި އެ ޓްވީޓަކީ އެމަނިކުފާނުގެ ރޯލްމޮޑެލް އަދި އެންމެ ލޯބިފުޅުވާ އެގައުމުގެ މިނިވަންކަމުގެ ބާނީ މޯހަންދަސް ކަރަމްޗަންދް ގާންދީ ނުވަތަ މަހާތްމާ ގާނދީ (ބާޕޫ) އަށް އެންމެ ކަމުދާ ލަވައެވެ. އެމަނިކުފާނުގެ ޓްވީޓްގައި "ވައިޝްނަވް ޖާން ތޯ" ލަވަ ކިޔުއްވާފައި ވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށް ވިދާޅުވެފައި ވެއެެވެ. އަދި ގާންދީގެ ސުލްޙައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްޤީ އާއި، ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް ވަނީ ވިދާޅުވެފައެެވެ.

އިންޑިއާގެ ބާޕޫ ނުވަތަ އެ ގައުމުގެ ބައްޕަ ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ 124 ގައުމެއްގެ އާޓިސްޓުން ބައިވެރިކޮށްގެން ކިޔާފައިވާ "ވައިޝްނަވް ޖާން ތޯ" މި ލަވައިގައި ދިވެހި ދެ ފަންނާނުން ކަމުގައިވާ މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާގެ ހުނަރު ވެސް ފެނިގެންދެއެެެވެ. އެއިންކޮންމެ ފާންނާނަކު ވެސް އެ ލަވައިން ކުޑަތަކޮޅެއް ކިޔާފައި ވެއެވެ. މި ލަވަ އިންޑިއާގެ އެކްސްޓާނަލްއެފެއާޒްގެ ޔޫޓިއުބް ޗެނަލް އިން ވަނީ އަޕްލޯޑްކޮށްފައެވެ.

އެހެނަސް ދިވެހި ދެ ފަންނާނުން ކިޔާފައިވާ މުޅި ލަވަ އެކީގައި ހިމެނޭ ގޮތަށް ބޮޑުވަޒީރު މޯދީގެ އަމިއްލަފުޅު ޔޫޓިއުބް ޗެނަލް އިން ވަނީ އަޕްލޯޑްކުރައްވާފައެެވެ. މަހާތަމާ ގާންދީގެ ސުލުހައިގެ ފަލްސަފަ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެމަނިކުފާނު ގުޅުވާލެއްވިއެެވެ.

"ވައިޝްނަވް ޖާން ތޯ" މި ޅެމަކީ ވަރަށް ރީތި ފުރިހަމަ ޅެމެކެވެ. އިންޑިއާގައި އެންމެ މަގުބޫލު ޅެންތަކުގެ ތެރޭގައި މިޅެން ހިމެނެއެވެ. މިއީ 15 ވަނަ ގަރުނުގައި އުޅުއްވި އިންޑިއާގެ ގުޖުރާތުގެ މޝްހޫރު ޅެންވެރިޔާ ނަރްސިން މެހެތާ ހައްދަވާފައިވާ ޅެމެކެވެ.

ބޮޑުވަޒީރު މޯދީގެ ދިވެހިބަހުގެ މި ޓްވީޓަށް ދިވެހިންގެ އިތުރުން އިންޑިއާގެ އެތަށް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ޓްވީޓަށް ރިޕްލައިކުރަމުންދާ ދިވެހިން އިނގިރޭސި ބަހުގެ އިތުރުން ދިވެހިބަހުން ވެސް ބުނަމުންދަނީ "ޝުކުރިއްޔާ މޯދީ ސާހަބް! އަޅުގަނޑުމެންގެ ބަހުން ޓުވީޓެއް ކުރެއްވުމުން މިބަހަށް ލިބިގެންދާ ސަމާލުކަން ވަރަށް ވެސް ބޮޑުވެއްޖެ. ހަމަ މިނޭވާގައި އެދެނީ ކުރިޔަށް އޮތްތާގައި އަޅުުގަނޑުމެންގެ މި ކުޑަ ގައުމަށް އަޅުއްވާ ލައްވައި، ގާތްކަން ބަހައްޓަވައި އަދި މިނިވަންކަމަށް އިހުތިރާމް ކުރެއްވުން" މިގޮތަށެވެ.

ކޮންމެއަކަސް މޯދީ ދިވެހި ބަހުން ކުރެއްވި މި ޓްވީޓް ދުނިޔޭގެ ސަމާލުކަން ހޯއްދެވުމާ އެކު ދިވެހިންނާއި ގާތަށް، ހިތްތަކުގެ އެންމެ ގާތަށް ވަޑައިގަންނަވައިފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުވަޒީރުންނާއި ސުޕަރ ވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ.

ބޮޑުވަޒީރުންނާއި ސުޕަރ ވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ.

24 އެޕްރީލު 2021
ބޮޑުވަޒީރުކަމުގެ ހުވަފެނުގައި ކުލަޖެހިދާނެބާ!

ބޮޑުވަޒީރުކަމުގެ ހުވަފެނުގައި ކުލަޖެހިދާނެބާ!

19 އެޕްރީލު 2021
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކޮޕީކޮށް ވީޑިއޯ އަޕްލޯޑް ކުރަން ފެށީ މަޖަލަކަށް، އެންމެފަހުން ބޮޑުވަޒީރާއެކު އެއް ވީޑިއޯއަކުން!

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކޮޕީކޮށް ވީޑިއޯ އަޕްލޯޑް ކުރަން ފެށީ މަޖަލަކަށް، އެންމެފަހުން ބޮޑުވަޒީރާއެކު އެއް ވީޑިއޯއަކުން!

27 ޖުލައި 2020
މައިމީހާ ގާތަށް އައުމަށް 8 އަަހަރުގެ ދަރިއަކަށް މާލެ ނާދެވުނުއިރު، މެންބަރު ރިޔާޒް ވަޑައިގެންނެވީ ކިހިނެއް؟

މައިމީހާ ގާތަށް އައުމަށް 8 އަަހަރުގެ ދަރިއަކަށް މާލެ ނާދެވުނުއިރު، މެންބަރު ރިޔާޒް ވަޑައިގެންނެވީ ކިހިނެއް؟

26 އެޕްރީލު 2020
ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

09 ޖޫން 2019

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު