Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

އެ މަސައްކަތުގައި 10 އަހަރު ހޭދަކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2019 | އާދީއްތަ 11:42
އިމްރާން ހަދާފައިވާ ގުޅިއެއް ރައީސް ސޯލިހު ބޮޑުވަޒީރު މޯދީއަށް ހަދިޔާ ކުރައްވަނީ

އިމްރާން ހަދާފައިވާ ގުޅިއެއް ރައީސް ސޯލިހު ބޮޑުވަޒީރު މޯދީއަށް ހަދިޔާ ކުރައްވަނީ

ދިވެހި ކާބަފައިންނަކީ ވަރަށް މަސައްކަތްތެރި ފަންނުވެރި ބައެކެވެ. ދިވެހިންގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ފަދަ ފަންނުތައް ދަމަހައްޓަމުން އައި ބައެކެވެ. އެފަދަ މަސައްކަތްތަކުގައި މޭސްތިރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެކެވެ. ކާބަފައިންގެ ޒަމާނުގައި ލިއެލާ ޖެހުމާއި، އެކިބާވަތުގެ ވަޑާމުގެ މަސައްކަތާއި، ހިރިގަލުގެ މަސައްކަތްތަކުގައި ކުޅަދާނަ މާހިރުން ތިބިކަން ކާބަފައިން ދޫޫކޮށް ގޮސްފައިވާ ތަރިކައަށް ބަލާލުމުންވެސް ހާމަވެއެވެ. ނަމަވެސް ކާބަފައިންގެ އެ ހުނަރާއި ފަންނު އަންނަން އޮތް ޖީލުތަކަށް ފެންނާނެ ގޮތަށް އެ މަސައްކަތްތައް ދެމެހެއްޓުމަށް މަސައްކަތް ކުރަނީ ކިތައް މީހުންތޯއެވެ؟

މާލެއަށް އުފަން އުމުރުން 34 އަހަރުގެ މުހައްމަދު އިމްރާނަކީ އެ އަޒުމުގައި މަސައްކަތް ކޮށް، ކާބަފައިންގެ ސަޤާފަތާއި ތަރިކަ ދެމެހެއްޓުމުގެ މަސައްކަތް ތަކުގައި އުސް ހަރުފަތަަކަށް ވާސިލުވެފައިވާ މީހެކެވެ. އެ މަސައްކަތުގައި 10 އަހަރު ހޭދަކޮށްފައިވާއިރު، އެ މަޤްސަދުގައި އިމްރާން އުފެއްދި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ޤަދީމީ ކަލެކްޝަން" މިވަނީ ދިވެހިން ހައިރާން ކޮށްލާފައެވެ. "ގަލުވަޑި"އެއްގެ ގޮތުގައި ފާހަގަވެފައިވާ އިމްރާން އަކީ ގަލާއި މުރަކަ ފަދަ ތަކެތި ބޭނުންކޮށްގެން ދިވެހިވަންތަ، ދިވެހި ސަޤާފަތާ ގުޅޭ ފަރުމާތައް ވުޖޫދަށް ގެންނަ ކުޅަދާނަ ފަރާތެކެވެ.

އިމްރާންގެ މި މަސައްކަތް މިވަނީ ރާއްޖޭގެ ކަނޑު ފަހަނައަޅައިގޮސް، އަވައްޓެރި އިންޑިއާއާ ހަމައަށްވެސް ފޯރާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިވެހިވަންތަ ގޮތަކަށް އިމްރާން އުފައްދާފައިވާ "ގުޅި"އެއް ހަނދާނެއްގެ ގޮތުން ބޮޑުވަޒީރު މޯދީއަށް އަރުވާފައެވެ.

އެ ގުޅި އުފެއްދުމަށްޓަކައި ދިވެހި "ސޭންޑް ސްޓޯން" އެއް ތައްޔާރު ކުރުމަށް ދޮންވެއްޔާއި, އުވައާ ބޭނުންކޮށްގެން އިމްރާން ވަނީ "އުވަގާ" އުފައްދާފައެވެ. އެއަށްފަހު ގުޅިއެއްގެ ބައްޓަމަށް އެ ފަރުމާ ކުރުމަށްފަހު އެވޭލާ ޒަމާނުގައި ބޭނުންކުރާފަދަ ޕެޓާރންއެއް ބޭނުންކޮށްގެން ގުޅީގައި ކަނޑާ ނަގައި، ކުރެހުމެއް ހަދާފައިވާއިރު، ތާނަ އަކުރުން "ދިވެހިރާއްޖެ" ލިއެފައި އޮވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން އިމްރާން ބުނީ، ރައީސް އޮފީހުން ސްޓޮކެއްގެ ގޮތުން ދޭތެރެ ދޭތެރެއިން އިމްރާންގެ މަސައްކަތްތައް ގަންނަ ކަމަށާއި، އިމްރާންގެ މަސައްކަތެއް ބޮޑުވަޒީރު މޯދީއަށް އެރުއްވިކަން އެނގުމުން ވަރަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ ކަމަށާއި، އެހާމެ އުފާވި ކަމަށެވެ.

އިމްރާންގެ މަސައްކަތް ފުޅާވެ، ރިޒޯޓުތަކުންވެސް އޭނާގެ އުފެއްދުންތައް ގަންނައިރު، އިމްރާން ވަނީ އެ މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމުގެ މަސައްކަތްވެސް ފުޅާ ދާއިރާއެއްގައި ފަށާފައެވެ. އެގޮތުން މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި، މަޓީއާ ގުޅިގެން އިމްރާން ވަނީ މި މަސައްކަތް ދަސްކޮށްދިނުމަށް "ސަޤާފީ ގަލުވަޑާން ކޯސް" ގެ ނަމުގައި 10 ކުދިން ތަމްރީނު ކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައެވެ. ޖޫންމަހު ފެށޭ މި ކޯސްގެ ޒަރިއްޔާއިން ގިނަ ބަޔަކަށް އެ މަސައްކަތް ދަސްކޮށްދިނުމަކީ ކޯހުގެ މަޤުސަދު ކަމަށް އިމްރާން ބުންޏެވެ.

އިމްރާންގެ ހުވަފެނަކީ މި މަސައްކަތް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދީ ކާބަފައިންގެ ސަޤާފަތާއި ތަރިކަ ދިރުވާ އާލާކުރުމެވެ. އަދި އަންނަން އޮތް ޖީލުތަކަށް ކާބަފައިންގެ ކުޅަދާނަ ފަންނާއި ފުނޫނު ފޯރުކޮށްދިނުމެވެ. ކޮންމެއަކަސް ރާއްޖޭގެ ގަލުވަޑިއެއްގެ ކުޅަދާނަ މަސައްކަތް މިވަނީ އެންމެ ފަހުން ޤައުމެއްގެ ބޮޑުވަޒީރެއްގެ އަތްޕުޅަށްވެސް އަރުވާފައެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު