Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމިން

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

އަންނަ ހޯމަ ދުވަހު އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2017 | އާދީއްތަ 03:41
ރައީސް ޔާމިން ޖަލްސާއެއްގައި ވާޙަކަ ދައްކަވަނީ:-

ރައީސް ޔާމިން ޖަލްސާއެއްގައި ވާޙަކަ ދައްކަވަނީ:-

ރައީސް އަބްދުﷲ ޔާމިން އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވާ ވާހަކަ އިވުނީމަ ހިތައް އެރީ އެމަނިކުފާނުވެސް ގެތަކަށް ވަޑައިގެން ދުވަސްވީ މީހުންގެ ހާލު ބައްލަވާލައްވަން އުޅުއްވަނީ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ރައީސް ޔާމިން ނިންމަވާފައިވަނީ އެމަނިކުފާނުގެ އަރިހަށް އުމުރުން ދުވަސްވީ މީހުން ހާޒިރުވާ ގޮތަށެވެ. ހީވަނީ 5000 ރުދިޔާ ދެއްވާނެކަން ހަނދާން ކޮށްދޭން އުޅޭހެނެވެ.

ރައީސް ޔާމިން ގެންދަވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. އެކަމަކު ރައްޔިތުންގެ ހާލު ބައްލަވާލައްވަން ބޭނުން ފުޅުވާނަމަ ދުވަސްވީ މީހުން އެ މަނިކުފާނުގެ އަރިހަށް ގެންދަވަން އުޅުއްވުމުން އެކަން ރައްޔިތުން ބަލައެއް ނުގަނެއެވެ. ދުވަސްވީ މީހުން ތިބީ އެމީހުނަށް ލިބޭ 5000 ރުފިޔާއާއެކު ގޭގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދުވަސްވީ މީހުންނަށް ދެއްވަންފެށި އިނާޔާތާއެކު އެމީހުންގެ ހިތަށް ވަނީ ހިތްހަމަ ޖެހުން ގެނެސްދީފަ އެވެ. އެމީހުން ބަލަން ޖެހިފައި ތިބި ދަރިންނެއްވެސް މިއަދު ނެތެވެ. އަދި ނުވިތާކަށް ގައިބާރުދެރަވެ މުސްކުޅި ހާލުގައި ތިބި އެމީހުން އަދާކުރާނެ ވަޒީފާއެއް ނެތިގެން ޝަކުވާއެއް ވެސް ނެތެވެ.

ނަމަވެސް އިހްލާސްތެރިކަމެއް ހުރެގެން ރައްޔިތުންގެ ހާލު ބައްލަވާ ލައްވަން ބޭނުންފުޅުވާނަމަ ރައީސް ޔާމިން ވަޑައިގަންނަވަންވީ މާލޭގައި ނަމަ ގެދޮރުނެތިފައި ތިބި އާއިލާތައް އަރިހަށް ނޫންތޯ އެވެ. އެއް ކޮޓަރިއެއްގެ ތެރޭގައި ހުރިހާ ދަރިންނާއި މައިންބަފައިން ގޮވައިގެން އުޅެމުންދާ ނިކަމެތި އާއިލާތައް އެ ތިބީ ހެޔޮލަފާ ވެރިއަކު އެމީހުންގެ ގޭގެ ދޮރުގައި ޓަކި ޖަހާލާނެ ކަމުގެ އުއްމީދެއްގަ އެވެ. ރައީސް ޔާމިނަކީ ރައީސުލް ޖުމްޙޫރިއްޔާ އެވެ. ރައްޔިތުންގެ ޝުއޫރުތައް އަޑުއައްސަވާލައްވަން އެމީހުންގެ ތެކަށް ވަޑައިގަތުމަށް ވުރެ ރީތި ސިފައެއް އޮންނާނެތޯ އެވެ. އޭރުން އެެއްކަލަ އެ ވިދާޅުވާ ދުވަސްވީ މީހުންނާ ވެސް ބައްދަލުވީ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު ނިމިގެންދާއިރު ގެދޮރުގެ ދަތިކަން ހުރި މިންވަރު ބައްލަވާ ލައްވަން އެމީހުންގެ ގެތަކަށް ވަޑައިގަތުން އެއީ ހަމަ ރީތި ސިފަ އެކެވެ.

ދެން އޮތީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެމީހުންގެ އާއިލާތަކެވެ. އެ މަނިކުފާނުގެ ސިޔާސީ ޖަލްސާތައް ބަލައި ސަކަރާތް ޖަހަން ދެވޭ ވަރަށް ވުރެ އެމީހުންގެ ދިރިއުޅުން ނިކަމެއްޗެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެންގުވުމަށް ދައުލަތުން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދެއްވަން ފެށި އިނާޔަތެއް ފިޔަވާ އިތުރު އިނާޔަތެއް ރައީސް ޔާމިނަކަށް ނުދެއްވުނެވެ. ދިރިއުޅުމުގެ އަގުތައް މައްޗަށް ދިޔަ ނަމަވެސް އެ އިނާޔަތެއް އިތުރެއް ނުކޮށްދެވުނެވެ. އެމީހުން މަނިކުފާނަށް ކިޔާނެ ސަނާއެއް ނެތަސް އެމީހުންގެ ހިތުގެ ކެކުކުޅުންތަކެއް އެބަހުއްޓެވެ. ބަލި އެނދުގައި އެތައް ދަރިންނެއް ގޮވައިގެން 24 ގަޑިއިރު ގޭގައި އުޅެން ޖެހިފައި ތިބި އާއިލާތައް އަރިހަށް އެ މަނިކުފާނަށް ވަޑައިނުގެންނެވޭނަމަ އިހްލާސްތެރިކަން ކޮބާ ހެއްޔެވެ.

ރައީސް ޔާމިން ދުވަސްވީ މީހުންނާ ބައްދަލުކުރައްވާ މީގެ ކުރިން ދެއްކެވި ވާހަކަ މީހުންގެ ހަނދާނަކުން އަދި ނުފިލަ އެވެ. އާޓިފިޝަލް ބީޗްގައި 8 ޖޫން 2015 ދުވަހުގެ ރޭ މަނިކުފާނު ވިދާޅުވި އެއް ވާހަކައަކީ ސަރުކާރުގެ ހަރަދުގައި އެ އަހަރު 142 މީހަކު ހައްޖަށް ފޮނުއްވަވާނެ ވާހަކަ އެވެ. ނަމަވެސް އެއަށްވީ ގޮތެއް އެނގޭނެ މީހަކު އަދި ދިމަލެއްނުވެ އެވެ. އަނެއްކާ އަންނަ ހޯމަ ދުވަހު ދުވަސްވީ މީހުންނާ ބައްދަލު ކުރައްވާ އެއަށް ވުރެ ގިނަ މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވާނެ ކަމަށް ވިދާޅުވީމަ ހުންނާނީ ރަނގަޅަށެވެ. އަދި މިހާރު ދުވަސްވީ މީހުންނަށް ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކޮށް ނުދެއްވެންވީ ކީއްވެތޯ ސުވާލު ކުރައްވާފައި ވަޑައިގަތީމާ އޭރަށް ވެސް ކަމެއް ކުރެއްވުނީ ކަމަށް ޕާޓީގެ ކުދިންކޮޅު ދެކިފާނެ އެވެ. އަދި އެއީ ވެސް ކެމްޕެއިންގެ ވައްތަރަކަށްވާނެ އެވެ. ނަމަވެސް އެއީ އިހްލާސްތެރި ވެރިންގެ ސިފަ ތޯ ސުވާލު އުފައްދަވާނެ ބަޔަކު ތިއްބަވާނެ އެވެ.

ކޮންމެއަކަސް މީގައި ކަންބޮޑުވުމަކީ ރައީސް ޔާމިން ބައްދަލު ކުރައްވާ މީހުންގެ ތެރޭގައި ޝަކުވާތައް ގިނަ އަދި އެމަނިކުފާ ހާލު ކޮންމެހެން ވެސް ބައްލަވަން ޖެހޭ މީހުން ނުހިމެނުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު