Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނިއުޒިލޭންޑްގެ ބޮޑުވަޒީރު

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކޮޕީކޮށް ވީޑިއޯ އަޕްލޯޑް ކުރަން ފެށީ މަޖަލަކަށް، އެންމެފަހުން ބޮޑުވަޒީރާއެކު އެއް ވީޑިއޯއަކުން!

ޖަސިންޑާ އާޑެން އަކީ ގިނަ ބައެއް ލޯބި ލިބިފައިވާ މީހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 07:05
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސެންޑާ އާއި މެލެނީ ޝޫޓްކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސެންޑާ އާއި މެލެނީ ޝޫޓްކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އަކީ ގިނަ ބައެއް ލޯބި ލިބިފައިވާ މީހެކެވެ. އެކަމަނާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި ކަންކަމުގައި ގޮތް ނިންމަވާ ގޮތަށް އެހެން ޤައުމުތަކުން ތައުރީފު ކުރެއެވެ.

ދާދި ފަހުން ނިއުޒިލޭންޑުގެ އެންމެ މަޤުބޫލު ބޮޑުވަޒީރަކު ހޮވުމަށް ނެގި ވޯޓަކުން އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއީ މި ޤަރުނުގައިވެސް އެ ޤައުމުގެ ބޮޑުވަޒީރަކަށް އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފަހަރު ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

ޖަސިންޑާ އާޑެންއަކީ ޤަރުނުގެ އެންމެ މަޤުބޫލު ބޮޑުވަޒީރު ގޮތުގައި އެ ޤައުމުގެ ރައްޔިތުން ސިފަ ކުރާއިރު، މީގެ ކުރިންވެސް ޖަސިންޑާ ވަނީ އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންގެ ލޯބި ހޯދާފައެވެ. އެގޮތުން ޖަސިންޑާގެ ލީޑަރޝިޕްގެ ދަށުން އެ ޤައުމު ދުއް އެންމެ ކަޅު އެއް ދުވަސް ކަމަށްވާ "ކްރައިސް ޗަރޗް ހަމަލާ" ގެ ދުވަހު ޖަސިންޑާ އެ ޤައުމުގައި އުޅޭ މުސްލިމުންނާ ބެހެއްޓެވި ގާތްކަމާއި އެކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތަކަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ފާހަގަކުރި ކަމެކެވެ.

އެކަމަނާގެ ފަރާތުން އަނެއްކާ ވެސް މި ވަނީ ވަރަށް ތަފާތު ކަމެއް ފެނިގެން ގޮސްފައެވެ. ޖަސިންޑާ އުޅުއްވާ ގޮތާއި ވިދާޅުވާ ބަސްފުޅުތައް ކޮޕީ ކުރުމަށްފަހު ކޮމީޑިއަނެއް ވަނީ އޭނާގެ ވަރަށް ގިނަ ތަފާތު ވީޑިއޯތައް އިންސްޓަގްރާމަށް އަޕްލޯޑް ކޮށްފައެވެ. މެލެނީ ބްރޭސްވެލް ނަމަކަށް ކިޔާ މި އަންހެން މީހާ ބީބީސީއަށް ދިން އިންޓަވިއުއެއްގައު ބުނެފައިވަނީ އޭނާއަށް މިގޮތަށް ވީޑިއޯ އަޕްލޯޑް ކުރުމުގެ ހިޔާލު އައީ އޭނާގެ ވީޑިއޯއަކަށް މީހަކު ކުރި ކޮމެންޓެއްގެ ސަބަބުން ކަމަށެވެ. އެ ވީޑިއޯގައި އޭނާ ނިއުޒިލޭންޑްގެ ބޮޑުވަޒީރާ ވައްތަރުކަމަށް ބުނެ މީހަކު ކޮމެންޓް ކުރުމުން، ޖަސިންޑާއާ ވައްތަރުވުމަށް މޭކަޕްކޮށް، ލޯކްޑައުންގައި ސެލްފް އައިސޮލޭޓްވެގެން ހުރި މުއްދަތުގައި ވީޑިއޯތައް އަޕްލޯޑް ކުރަން ފެށި ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓި، އޭނާގެ ވިޑީއޯތައް އެތައް ހާސް ބަޔަކަށް ވަނީ ކަމުގޮސްފައެވެ. ބޮޑުވަޒީރާ ވައްތަރުވުމަށްޓަކައި މެލެނީ ވަނީ އޭނާ މޭކަޕް ކުރާ ވީޑިއޯއެއް ވެސް އަޕްލޯޑްކޮށްފައެވެ. މި ވީޑިއޯއަށް ޖަސިންޑާގެ ސަމާލުކަން ހުއްޓިވަޑައިގެން އެކަމަނާ ވަނީ ކޮމެންޓް ކުރައްވާފައެވެ. ޖަސިންޑާ ވިދާޅުވީ އެކަމަނާއަށް ވުރެން ވެސް މޮޅަށް މެލެނީއަށް މޭކަޕް ކުރަން އެނގޭ ކަމަށެވެ.

ޖަސިންޑާ މެލެނީގެ ވީޑިއޯއަށް ކޮމެންޓް ކުރައްވާފައިވާއިރު ދާދިފަހުން މިވަނީ މެލެނީއާއެކު ވީޑިއޯއެއް ޝޫޓް ކުރައްވާފައެވެ. މި ވީޑިއޯގައި ވެސް މެލެނީ ވަނީ ބޮޑުވަޒީރު ކޮޕީ ކޮށްފައެވެ. ވީޑިއޯ ޝޫޓް ކުރަމުން ބުނެފައިވަނީ އޭނާގެ ފޭންއަކާއި ދިމާވެފައިވާ ކަމަށާއި އޭނާއާ އެއްކޮށް ސެލްފީ ނަގާ ކަންތައް ކުރުމަކީ ފޭނުން ވަރަށް ކުރާ ހިތްވާ ކަމެއްކަމަށެވެ. އެހެން ބުނުމަށްފަހު ޖަސިންޑާގެ ގައިކޮޅުގައި މެލީނިއާ ބައްދާލުމަށްފަހު ހާލު އަހައެވެ. މިއީ 12 ސިކުންތުގެ ކުޑަ ވީޑިއޯއެކެވެ. މެލެނީގެ އިންސްޓަގްރާމުގައި މި ވީޑިއޯ އަޕްލޯޑް ކުރުމަށްފަހު، ކެޕްޝަންގައި ޖަހާފައިވަނީ ފޭންއަކާއި ދިމާވި ކަމަށެވެ.

ޖަސިންޑާ އަކީ އެ ޤައުމުގެ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވަވާ، ހިތްހެޔޮ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އަދި އެކަމަނާ ސޯޝަލް މީޑިއާގައި ވެސް ވަރަށް "އެކްޓިވްކޮށް" އުޅުއްވައެވެ. އެގޮތުން ޖަސިންޑާ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަރަށް ގިނައިން ލައިވް ވީޑިއޯތައް އަޕްލޯޑް ކުރައްވައެވެ.

ޖަސިންޑާ އާޑެން ނިއުޒިލެންޑްގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެކަމަނާއަކީ 1856 ވަނަ އަހަރުގެ ފަހުން އެޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮޑުވަޒީރުކަމަށް ވެސް އެދޭނަން، ނިޒާމު ބަދަލުކުރުމުގައި ރައީސް ޔާމީން އެހީވެދޭނެ"

"ބޮޑުވަޒީރުކަމަށް ވެސް އެދޭނަން، ނިޒާމު ބަދަލުކުރުމުގައި ރައީސް ޔާމީން އެހީވެދޭނެ"

06 ޖުލައި 2021
ބޮޑުވަޒީރުންނާއި ސުޕަރ ވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ.

ބޮޑުވަޒީރުންނާއި ސުޕަރ ވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ.

24 އެޕްރީލު 2021
ބޮޑުވަޒީރުކަމުގެ ހުވަފެނުގައި ކުލަޖެހިދާނެބާ!

ބޮޑުވަޒީރުކަމުގެ ހުވަފެނުގައި ކުލަޖެހިދާނެބާ!

19 އެޕްރީލު 2021
މިފަހަރު ރައީސް މައުމޫން އާއި މެޑަމް ނަސްރީނާ ގުޅުވައިދިނީ ވީޑިއޯ ކޯލަކުން

މިފަހަރު ރައީސް މައުމޫން އާއި މެޑަމް ނަސްރީނާ ގުޅުވައިދިނީ ވީޑިއޯ ކޯލަކުން

31 އޯގަސްޓު 2020
ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

09 ޖޫން 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު