Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޯދީ

އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

މޯދީގެ ހުރިހާ ވެސް ސިއްރަކީ މަންމާފުޅު

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޖޫން 2019 | ބުދަ 06:32
މޯދީގެ މަންމާފުޅު އެމަނިކުފާނުގެ 64 ވަނަ އުފަން ދުވަހު

މޯދީގެ މަންމާފުޅު އެމަނިކުފާނުގެ 64 ވަނަ އުފަން ދުވަހު

''ލޯބީގެ ނަމަކީ މަންމާ، ނޫރަކީ ލޮލަކީ މަންމާ، ދިރުމާއި ހަޔާތްތީ މަންމާ، ދޭނީ މި ނަފްސާއި ޖާން..."

މަންމަގެ ހަނދާންތަކާ ފިރުމުންތަކަކީ ދިރިހުރި އިންސާނެއްގެ ހަނދާނުން ފުހެވިގެންދާނެ ހަނދާންތަކެއް ނޫނެވެ.

ހަނދާންވަނީ ދިއްލާފައި ހުރި ކުރު އުއްބައްތިއެއްގެ އަލީގައި ކިޔަވަން ގެންގުޅުނު ފޮތުގެ ގަނޑުތައް އުކަމުން އަކުރުތައް ކިޔަމުން ދިޔަ ހަނދާންތަކެވެ. އަލި ކުރުމަށްޓަކައި އެ ދުވަހު އަލިފާން ރޯކޮށްދިން މަންމަގެ އަތުގައި މިއަދު އަލުން އެފަދަ ކަމެއް ކުރުމުގެ ބާރެއް ނެތެވެ. އެހެން ނަމަވެސް އެ ދެ އަތުން ކަންކަން ކޮށްދެމުން ވީ ގުރުބާނީގެ އަގު ދެއްކޭނެ ގޮތެއް ނެތެވެ. މިއުޅެނީ ހަނދާނުގެ ވާހަކަތައް ކަޅާ ހުދުން ފެންނާނެހެން ބަހައްޓާކަށް ނޫނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ އޮންނަ ގައުމަކީ އިންޑިއާއެވެ. އެގޮތުގައި އެގައުމު އެތައް އަހަރެއް ވޭތުކޮށްފިއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީގެ މަންމާފުޅަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި އޮތް ސިއްރެވެ.

ބޮޑު ވަޒީރުކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރުމަށް ފަހު ދެވަނަ ދައުރަށް އެމަނިކުފާނު އިންތިހާބުވެ ވަޑައިގަތުމުގައި އުމުރުފުޅުން 99 އަހަރުގެ ހީރާބެން މޯދީގެ ރޯލް އެހާމެ ބޮޑެވެ. މޯދީގެ އުފަން ދުވަސް އަތުވެއްޖެ ނަމަ ކޮންމެ ތަނެއްގައި ހުންނެވިޔަސް އެމަނިކުފާނު އެންމެ އިސްކަންދޭ ކަމަކީ މަންމާފުޅުގެ އަރިހަށް ޒިޔާރަތް ކުރުމެވެ. މޯދީގެ މަންމާފުޅުގެ އަރިހަށް އެމަނިކުފާނު ކުރައްވާ ކޮންމެ ޒިޔާރަތަކީ މަންމާފުޅު އުފަލުން ފުރިގެންދާ ވަގުތުކޮޅެކެވެ. މަންމާފުޅުގެ އެ އުމުރުފުޅުގައި ވެސް މޯދީ މޫނުގައި ފިރުމާ ހައްދަވައެވެ. ކުޑަދަރިއަކަށް މައިމީހާ ލޯބިދޭ ނަމަ ކަންކޮށްފައިވާ ގޮތް ބަލަންތިބޭ ބައެއްގެ ހަނދާނަށް މި މަންޒަރު އަންނާނެއެވެ.

މޯދީ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މަންމާފުޅު އެންމެ އުފާފުޅުވީ އިންޑިއާގެ ބޮޑު ވަޒީރުގެ މަގާމު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަގުތަކު ނޫނެވެ. މަންމާފުޅު އެންމެ އުފާފުޅު ކުރެއްވީ އެމަނިކުފާނުގެ އުފަން ސްޓޭޓް ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބިވަޑައިގަތް ދުވަހު އެވެ. ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބިވަޑައިގަތް ދުވަހަކީ އަބަދުވެސް އެމަނިކުފާނު ހަނދާނުގައި ކަނޑައި، ބިންވަޅުނެގިފައިވާ ދުވަހެކެވެ.

ވެރިރަށް ދިއްލީގައި މޯދީ ދިރިއުޅުއްވަމުން ގެންދެވި ދުވަސްވަރު އެމަނިކުފާނު ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އަހްމަދްއާބާދުގައި ހުރި މަންމާފުޅުގެ ގެއަށް ޒިޔާރަތް ކުރެއްވިއެވެ. އެ ޒިޔާރަތުގައި މަންމާފުޅު ވިދާޅުވި ބަސްފުޅަކީ އެމަނިކުފާނުގެ އަބަދުވެސް ހަނދާން ނައްތާލައްވާނެ ބަސްފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. މަންމާފުޅު ވިދާޅުވީ ''އެންމެ އުފާވަނީ ދަރިފުޅު އަނބުރާ ގުޖުރާތަށް އައުން'' ކަމަށެވެ.

ނިއުޅި އޮޅެމުން ދާ ދުނިޔޭގެ ހަޔާތުގައި އިންސާނާއަށް މަތީމަގާމާއި، ތަނަވަސްކަމާއި ފައިސާ ލިބޭ ވަގުތުތައް އަތުވެދާނެއެވެ. އެހެން ނަމަވެސް މޯދީ ފަރާތުން މަޔަކަށް ދޭ ލޯތްބާ އިހްތިރާމަކީ ފެންނަން އޮތް ނަމޫނާއެކެވެ.

މީޑިއާގެ ސަމާލުކަން މޯދީ އަށް ލިބިވަޑއިނުގަންނަވާ އިރު ވެސް އެމަނިކުފާނާއި އެމަނިކުފާނުގެ މަންމާފުޅުގެ ގުޅުން ވަރަށް ވަރުގަދައެވެ. ނަމަވެސް ޗީފް މިނިސްޓަރުކަމުން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ކޮންމެ ހަރަކާތަކަށް މީޑިއާގެ ލޯތައް އަމާޒުވެފައިވާތީ މަންމަގެ އަރިހަށް މޯދީ ކުރައްވާ ކޮންމެ ދަތުރުފުޅެއްގެ ތަފްސީލްތައް އާންމުވެއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ މައިވަންތަ ލޯތްބަކީ މޯދީ ދުނިޔެއަށް ދައްކަވާ ދަޅައެކެވެ. އަދި އެއީ ދެއްކުންތެރިކަމެކެވެ. ނަމަވެސް މޯދީ އާއި މަންމާމާފުޅާ ދެމެދު އެ ގުޅުން އުފެދުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެއީ ނުވަ މަހާއި ނުވަ ދުވަހާއި އަދި އުފަންވީއްސުރެ އޮތް ލޯންބެކެވެ. މީޑިއާ އަށް ފެނި އާންމުންނަށް އެ ލޯބި އިހަށްދުވަހު އެނގުނަސް އެއީ މާ ޒަމާންވީ ލޯތްބެކެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2019

އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު

10 ސެޕްޓެމްބަރު 2019
އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު
09 ޖޫން 2019

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

09 ޖޫން 2019
ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!
07 ޖޫން 2019

ނަރެންދުރަ މޯދީ: ސައި ވިއްކާ މީހެއް، ބޮޑުވަޒީރު ކަމަށް

07 ޖޫން 2019
ނަރެންދުރަ މޯދީ: ސައި ވިއްކާ މީހެއް، ބޮޑުވަޒީރު ކަމަށް
14 ފެބުރުއަރީ 2019

އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

14 ފެބުރުއަރީ 2019
އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
20 އޮކްޓޯބަރު 2018

ބޮޑުވަޒީރު މޯދީ ދިވެހިންނާއި ގާތަށް! އެންމެގާތަށް!

20 އޮކްޓޯބަރު 2018
ބޮޑުވަޒީރު މޯދީ ދިވެހިންނާއި ގާތަށް! އެންމެގާތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު