Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮޑުވަޒީރު ކަމުގެ ހުވަފެން

ބޮޑުވަޒީރުކަމުގެ ހުވަފެނުގައި ކުލަޖެހިދާނެބާ!

މިހާރު އޮތް ނިޒާމު ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ބޭނުންފުޅުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 07:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދު

މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުން ކަމަށާއި ބޮޑުވަޒީރުކަން ވެސް ބޭނުން ކަމަށް ރައީސް ސާލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ސަރުކާރު ހިންގުމުގެ އިސްސަފުގައި ހުންނަވަން ބޭނުންވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދެއްކެވި މިއީ ފުރަތަމ ފަހަރެއް ނޫނެވެ. އެހެންނަމަވެސް މިހާ ފާޅުކަން ބޮޑުގޮތެއްގައި ރައީސަށް މިވާހަކަ ދެންނެވި މިއީ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ރައީސް ނަޝީދު ދެއްވި އިޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަނަމަ އެވާހަކަ އިސްވެ ދައްކަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ރައީސަށް އުނދަގޫފުޅުވާގޮަތަށް އެކަން ކުރައްވަން ބޭނުންނުވާތީއެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑީޕީގެ ޚަބަރު ސިޓީގައި ރައީސް ނަޝީދު ލިޔުއްވާފައިވަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމްކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު އެމްޑީޕީއިން ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް އެއީ ކަަމަށް ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމުކަމަށް ރައީސް ނަޝީދު ގެންދަވަނީ އަބަދުވެސް ވަކާލާތު ކުރައްވަމުންނެވެ. އެހެންނަމަވެސް 2007 ވަނަ އަހަރު އޮތް "ނިޒާމީ ވޯޓު"ގައި ރައްޔިތުންވަނީ ރައީސް ނަޝީދު ޕްރޮމޯޓު ކުރައްވާ "ބަރުލަމާނީ" ނިޒާމަށް ނޫނެކޭ ބުނެފައެވެ. ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ނަތީޖާ މިއަދާ ހަމައަށްވެސް ރައީސް ނަޝީދު ގަބޫލު ނުކުރައްވާކަން އެނގެއެވެ. މިއީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އޮޅުވާލައިގެން ނެރެފައިވާ ނަތީޖާއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު، ރައީސް ސާލިހަށް ފޮނުއްވި މެސެޖުން ސާފުވާ އެއްކަމެއް އެބައޮތެވެ. ބޮޑުވަޒީރުކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރައްވާ މަސައްކަތް އިތުރު ސްޓޭޖަކަށް ގެންދެވިކަމެވެ. މިއާއެކު ދެން އުފެދޭ ސުވާލަކީ މި ހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ ބޭނުމުގައި މަނީ ލޯންޑަރކުރެއްވިކަން ސާބިތުވެ ޖަލުގައި ހުންނެވި ރައީސް ޔާމީނާއެކު "ޑީލް"އެއް ހައްދަވާފާނެތޯއެވެ؟ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ރައީސް ނަޝީދު ވަނީ މިކަހަލަ އިޝާރާތްތަކެއް ވެސް ކުރައްވާފައެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުލިބޭ ގޮތަށް ބައެއް ވާހަކަތައް ދައްކަވާފައިވެއެވެ. "ކުރީގެ ވެރިން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް އަންނަން" ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި "ބަދަލުހިފުމުގެ ރޫހު" ނައްތާލަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ޔާމީނުގެ ތާއީދު ހޯއްދެވުމާއި "ޑީލް"އެއް ހެއްދެވުމުގެ ނިޔަތުގައި ދައްކަވާ ވާހަކައަކަށް ވެދާނެބާވައެވެ.

އުފެދޭ ސުވާލަކީ މިގޮތަށް މިކަން ކުރައްވަން ރައީސް ނަޝީދު މަސައްކަތްކުރެއްވި ނަމަވެސް އިދިކޮޅު ކޯލިޝަނުން މިކަމަށް ރުހޭނެތޯއެވެ. ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދެއްވާފައި ރަމްޒީ މަގާމެއްގައި ހުންނަވަން ރައީސް ޔާމީން ބޭނުންފުޅުވާނެތޯއެވެ.

މީގެ ކުރިން ބޭއްވި ނިޒާމީ ވޯޓުގައި ރައީސް ޔާމީން ލީޑަރަކަށް ހުންނެވި ޕީއޭއިން ތާއީދުކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ. ރައީސް ޔާމީން ވެސް އޭރު ފާޅުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވިއެވެ. އެހެންކަމުން އަދިވެސް އެމަނިކުފާނުގެ ވިސްނުން އެމަގަށް ހުރުން ގާތްކަމަށް ބެލިދާނެއެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރުވެސް އަދި ވެރިކަމަށް ފަހުވެސް އެމަނިިކުފާނު ކުރައްވާ ޝަކުވާ އަކީ ގާނޫނު އަސާސީއަކީ ރައީސަކު ވެރިކަން ކުރަން އުނދަގޫ ކުރަން ހަދާފައި އޮތް އެއްޗެއް ކަމަށާއި އެ ނިޒާމު މިހާރު އޮތް ގޮތަށް ބާއްވައިގެން ހަމަޖެހޭ ވެރިކަމެއް ރާއްޖެއަށް ނުހޯދޭނެ ކަމުގައެވެ. މި ސަބަބުތަކާހުރެ ރައީސް ޔާމީންގެ ވިސްނުން ވެސް ބަރުލަމާނީ ނިޒާމަކަށް ބުރަވުމުގެ ފުރުސަތު އެބައޮތެވެ. 

އެހެންނަމަވެސް ރައީސް ނަޝީދު ދެކޭ ބަރުލަމާނީ ހުވަފެނުގެ މަންޒަރަށް ރައީސް ޔާމީން "ފިޓު" ނުވާނެކަމަށް ބުރަވެވެއެވެ. 

ރައީސް ސާލިހާއެކު އެކަށީގެންވާ އަދަދެއްގެ މެންބަރުން އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ވެސް އެބަތިއްބެވިއެވެ. ހުރިހާ ދިމާއަކުން ވެސް ރައީސް ސާލިހުގެ ނުފޫޒު އޮތްކަމަށް ގަބޫލުކުރަންޖެހެއެވެ. އެހެންކަމުން ނިޒާމީ ބަހުސުގެ ތެރޭގައި ރައީސް ސާލިހު ބުރަވާ ކޮޅެއް ބަލައިލުން ވަރަށް މުހިއްމެވެ. އަދި ރައީސް ނަޝީދުގެ ބަރުލަމާނީ ހުވަފެނުގައި ރައީސް ސާލިހާ ނުލައި ކުލަ ޖެއްސިދާނެތޯ ވެސް ބަލައިލަން ޖެހެއެވެ. ނަމަވެސް މި މައްސަލައިގައި ރައީސް ސާލިހު މާގިނަ ވާހަކަތަކެއް މިހާތަނަށް ދައްކަވާފައެއް ނުވެއެވެ.

މިހާތަނަށް ވިދާޅުވެފައިވާ ހަމައެކަނި ބަސްފުޅަކީ ވެސް ނިޒާމީ ބަހުސުގައި ޖެހިގެން އުޅޭ ވަރަށް ވުރެ އެމަނިކުފާނު ކުރައްވަން ހުރި މަސައްކަތް ގިނަވެފައި ކުރަންޖެހޭ ފިކުރުތައް ބޮޑު ކަމަށެވެ. މިކަމުން ދޭހާވާ ކަމަކީ ނިޒާމު އެފުށްމިފުށަށް ޖެހުމަކީ އެމަނިކުފާނު މާ ގަޔާވެވަޑައިގަންނަވާ ކަމެއް ނޫންކަމެވެ. 

ބަރުލަމާނީ ބަހުސްގައި ރައީސް ސާލިހު ހުންނެވި ކޮޅެއް ސާފުނުވާއިރު، ރައީސް ނަޝީދަށް އޮތް ގޮތަކީ އިދިކޮޅު ފަރާތްތައް ބަރުލަމާނީ ބަހުސްގެ ތެރެއަށް ވެއްދުމެވެ. އެބޭފުޅުންގެ ތާއީދު ހޯއްދަވައިގެން އެބޭފުޅުންނާއެކު ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގެ މަގުން ހިންގެވުމެވެ. ރައީސް ނަޝީދު މިފެއްޓެވީ އެ މަސައްކަތަށް ވުން ގާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތުކުރި އޮޅާލެއްވިތާ 25 އަހަރު ފަހުން، އަންވަރަށް މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ސަވާރީ!

އަތުކުރި އޮޅާލެއްވިތާ 25 އަހަރު ފަހުން، އަންވަރަށް މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ސަވާރީ!

24 ނޮވެމްބަރު 2022
އެއިރު އެއީ ހުވަފެނެކެވެ. މިއަދު އެ ހުވަފެނުގައި ސަރުކާރުން އެދަނީ ކުލަޖައްސައިދެމުންނެވެ.

އެއިރު އެއީ ހުވަފެނެކެވެ. މިއަދު އެ ހުވަފެނުގައި ސަރުކާރުން އެދަނީ ކުލަޖައްސައިދެމުންނެވެ.

14 ޖެނުއަރީ 2022
ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

08 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު