Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސްގެ އިންޑިއާ ދަތުރުފުޅު

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

މި ދަތުރުފުޅުގެ ސަބަބުން ރާއްޖެެއަށް އެތަށް ފައިދާއެއްވެގެން ދިޔަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 ޑިސެމްބަރު 2018 | ބުދަ 13:09
ރައީސް ސާލިހަށް މަރުހަބާދެންނެވުވުމަށް ރާޝްރަޕަތީ ބަވަން ގައި ކުރިއަށްދިޔަ ހަފްލާގެތެރެއިން

ރައީސް ސާލިހަށް މަރުހަބާދެންނެވުވުމަށް ރާޝްރަޕަތީ ބަވަން ގައި ކުރިއަށްދިޔަ ހަފްލާގެތެރެއިން

ރައީސް އިބުރާހިމް މުހައްމަދު ސާލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު މި މަހުގެ 16 އިން 18 ވަނަ ދުވަހަށް ވަނީ އިންޑިއާ ކުރައްވާފަވެ.

މި ދަތުރުފުޅު ވެގެން ގޮސްފައިވަނީ އެތަށް ގޮތަކުން މުހިއްމު އަދި ތާރީޚީ ދަތުރުފުޅަކަށެެވެ. އެގޮތުން ދެގައުމުގެ ވެރިންގެ މެދުގައި މުހިއްމު މަޝްވަރާތަކެއްކުރެވިގެން ދިޔަ އިރު، ރާއްޖޭގެ ކުރިމަގަށްޓަކައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދިޔައެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކަށް ބޭރުގެ އިންވެސްޓަރުންނާއި އިންޑިއާގެ ވިޔަފާރިވެރިންނަށް ވެސް ދައުވަތު އެރުއްވިއެވެ.

އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން-- ރާއްޖެއެމްވީ ފޮޓޯ/ އައިމިނަތު ނުޒުހާ

ރައީސް ސާލިހަށް އިންޑިއާއިން ކީ މަރުހަބާއަކީ، ރާއްޖޭގެ ވެރިއަކު އިންޑިއާއަށް ވަޑައިގަތުމުން ފަހުގެ ތާރީޚެއްގައި ރައީސަކަށް ދެންނެވުނު އެންމެ ހޫނު އަދި ކުލަގަދަ ބަރުހަބާއެވެ. އެއާއެކު އެގައުމުގެ ރައީސް ދިރިއުޅުއްވާ ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާޝްރަޕަތީ ބަވަން" ގައި ހުންނެވުމުގެ ޝަރަފު ލިބިވަޑައިގެންވި ދުނިޔޭގެ މަދު ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ރައީސް ސާލިހު ހިމެނިވަޑައިގަތުމަކީވެސް ވަކިން ކުޑަ ޝަރަފެއް ނޫނެވެ.

ރާޝްތުރަޕަތީ ބަވަންގައި އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދާ ބައްދަލު ކުރެއްވުމަށްފަހު ފޮޓިއަކަށް ހުއްޓިގެން-- ފޮޓޯ/ ރާއްޖެއެމްވީ

މި ދަތުރުފުޅުގެ ކާމިޔާބި ތަކަށް ބަލާލާއިރު، ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދީފައެވެ. އަދި އެއީ ރާއްޖޭގެ ދަރަނި އިތުރަށް ބޮޑު ނުވާނެގޮތެއްގެ މަތިނެވެ. އޭގެ ތެރޭގައި ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރާއި ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ދިން 800 މިލިއަން ޑޮލަރު އަދި ކަރެންސީ ސްވެޕްގެ ގޮތުގައި ހަމަޖައްސައިދިން 400 މިލިއަން ޑޮލަރު ވަނީ ހަމަޖައްސައިދީފައެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިއްމު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެގޮތުން ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމުގެ އެއްބަސްވުމަކާއި، ސަގާފީ ގޮތުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި، އެގްރި ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމަކާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ވިސާގެ އެއްބަސް ވުމާއެކު އިންޑިއާއަށް ދަތުރުކުރާ ދިވެހިނަށް އެތަށް ލުޔެއް ލިބިގެންދާނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ.

ހައިދަރައާބާދު ހައުސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ/ ރައީސް އޮފީސް

އެއްބަސްވުން ތަކަށްފަހު ދެގައުމުގެ ވެރިން ދެއްވި ސްޓޭޓްމެންޓްގައި، ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑިއާގެ ކަނޑުގެ ސަލާމަތަށްޓަކައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުންތައް ބަދަހިކުރަންޖެހޭ ކަމަށާއި އެކަމުގައި އަމަލު ކުރާނީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ. ރައީސް ސޯލިހުގެ ކާމިޔާބީއަކީ އިންޑިއާއިން ވެސް އުފާކުރާ ކާމިޔާބީއެއް ކަމަށާއި، އެ ކާމިޔާބީ ރައީސް ސޯލިހަށް ހޯއްދެވުނީ އެމަނިކުފާނުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް މޯދީ ވިދާޅުވި އެވެ.

"އިންޑިއާއަށް ނޫނީ ރާއްޖެއަށް ގެއްލުންވާ ފަދަ ކަމެއްގައި ދެ ގައުމުން ކުރެ އެއް ގައުމެއްގެ ބޭނުން ވެސް އެހެން ބަޔަކަށް ކުރެވިގެން ނުވާނެ، މި ގުޅުމަކީ ދެ ގައުމުގެ ހަމަހަމަ އަދި ބާރާބަރަށް ހިއްސާވާ ގުޅުމެއް،" މޯދީ ވިދާޅުވި އެވެ.

އެއްބަސްވުންތަކަށްފަހު ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލާ ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށާއި، ހިއުމަން ޓްރެފިކިން ހުއްޓުވުމަށާއި، މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ-އިންޑިއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސާލިހުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމްނާތު ކޮވިންދާއި ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުމަށް އެރުވި ދައުވަތު އެ ދެބޭފުޅުން ގަބޫލުފުޅުކުރައްވާ އަންނަ އަހަރު ރާއްޖެ ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އިންޑިއާގެ އާގަރާގައި ހުންނަ މުޅި ދުނިޔެއަށް ރީތިކަމާއި ފުރިހަމަކަމަށް މަޝްހޫރު ތާޖްމަހަލް ބައްލަވާލެއްވުމަށް އަނބިކަނބަލުން ފަޒްނާ އަހުމަދާއިއެކު އަންގާރަދުވަހު އެތަނަށް ޒިޔާރަތްކުރެއްވިއެވެ.

އާގަރާގައި ހުންނަ ތާޖުމަހަލްއަށް ޒިޔާރަތްކޮށް، ރައީސްގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިގެން-- ރާއްޖެއެމްވީ ފޮޓޯ/ އައިމިނަތު ނުޒުހާ

އިންޑިއާއަށް ކުރެއްވި ކާމިޔާބު ތާރީޚީ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެވަޑައިގެންނެވީ އަންގާރަ ދުވަހުގެރެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު