Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު

ޝެއިޚް ޝަމީމް އަކީ އިންޑިއާގެ ސަލާމަތަށް ހުރި ނުރައްކަލެއް: ޝިރިޝް

ޝިރިޝް ބުނީ އިންޑިއާއިން ޝެއިޚް ޝަމީމް ޑީޕޯޓް ކޮށްލީ ކަމަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 14 އޮކްޓޯބަރު 2018 | އާދީއްތަ 02:27

އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރި މީހުންގެ ލިސްޓަށް ޝައިޚް އާދަމް ޝަމީމް އަރާފައިވާ ކަމަށް އެގައުމުގެ މަޝްހޫރު ލިޔުންތެރިޔާ ޝިރިޝް ތޯރާތް ބުނެފިއެވެ.

ޓްރިވެންޑްރަމްގެ އެއާޕޯޓުން ހުކުރު ދުވަހުގެ ހެނދުނު ހިފަހައްޓައި ރާއްޖެ އަބުރާ ފޮނުވާލި ޝެއިޚް ޝަމީމަށް ޓްރެވަންޑްރަމްގައި ތިބި ފޮރިން މިނިސްޓްރީގެ ދިވެހި މުވައްޒަފުންނާ ވެސް ބައްދަލުވުމުގެ ފުރުސަތު ނުލިބެއެވެ. ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) އާ ހަވާލާދީ ރިޕޯޓްތައް ބުނަނީ ޝަމީމް ފޮނުވާލުމަކީ ޑީޕޯޓްކުރުން ނޫން ކަމަށެވެ.

ނަމަވެސް ފުލުހެއްގެ ގޮތުގައި ދިހަ އަހަރު ވަންދެން އުޅުނު، މިހާރު ލިޔުންތެރިޔަކަށްވެފައިވާ ޝިރިޝް ބުނީ ޝެއިޚް ޝަމީމް ޑީޕޯޓް ކޮށްލީކަމަށެވެ. އޭނާ ބުނީ ޝެއިޚް ޝަމީމް އަކީ އިންޑިއާ ކަހަލަ ޑިމޮކްރެސީ އިމްޕްލިމެންޓް ކުރާ ގައުމަކަށް ވަންނަން ހުއްދަ ދެވޭވަރުގެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ޑިމޮކްރަސީއަށް ހުރި ނުރައްކަލެއް ކަމަށް ވެސް ޝިރިޝް ބުނިއެވެ.

"އަންދަލުސް" ދަރުސް އިން 2013 ގައި މަޝްހޫރުވި ޝަމީމު ހުކުރު ދުވަހު ހެނދުނު ފްލައިޓުން އިންޑިއާ އަށް ދިޔައީ އޭނާގެ ބޭބެއާ އެކު ބައްޕަ ޑޮކްޓަރަށް ދެއްކުމަށެވެ. ޝަމީމަށް ހުއްދަ ނުދިނަސް ބޭބެއަށާއި ބައްޕައަށް އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ވަނީ ލިބިފައެވެ.

މިހާތަނަކަށް އިންޑިއާގެ ރަސްމީ އެއްވެސް އިދާރާއަކުން ޝެއިޚް ޝަމީމް އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެއެވެ. އަދި މިއަހަރު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން ވެސް މިއަހަރު ބޭސްފަރުވާއަށް އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެ ވިޔަ ނުދީ ފޮނުވާލީ ކީއްވެ ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
06 އެޕްރީލު 2017

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު