Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

މާޒިޔާ އަދި ބެންގަލޫރު ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 18:16
ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޯކާ ނޫސްވެރިންނަށް މައުލޫމާތު ދެނީ

ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޯކާ ނޫސްވެރިންނަށް މައުލޫމާތު ދެނީ

ސުނިލް ޗެތްރީއަކީ ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާ ނަމަވެސް އޭނާއަކީ މެސީ ނޫން ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޯކާ ބުނެފި އެވެ.

ރޯކާ މިހެން ބުނެފައިވަނީ އޭއެފްސީ ކަޕްގެ ގުރޫޕު ސްޓޭޖުގައި މާޒިޔާ އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗްގެ ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ކޯޗް ބުނެފައިވަނީ ސުނިލް އަކީ ޓީމުގައި ހުރި އެންމެ މުހިންމު އެށް ކުޅުންތެރިޔާ ކަމަށާ ނަމަވެސް އޭނާ އަކީ މެސީ ނޫން ކަމަށެވެ. އެހެން ކަމުން މެޗްގައި ޓީމް އޭނާގެ މައްޗަށް ބަރީސާ ނުވާނެ ކަމަށްވެސް ކޯޗު ވަނީ ބުނެފަ އެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޯކާ ބުނީ، އަންގާރަ ދުވަހުގެ މެޗު ފަސޭހަ ނުވާނެ ކަމަށާ، މާޒިޔާ މިހާރު އޮތީ ކުރިއައްވުރެ މާބޮޑަށްވެސް އިމްޕްރޫވް ވެފައި ކަމަށެވެ. މާޒިޔާގައި ރަނގަޅު ބޭރު ކުޅުންތެރިން އެބަ ތިބި ކަމަށާ، ޓީމުގައި ތިބި ލޯކަލް ކުޅުންތެރިންވެސް ކުރިޔާ އާޅާ ބަލާއިރު މިހާރު މާ ބޮޑައްވެސް ރަންގަޅު ވާނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. މީގެ އިތުރަށްވެސް ކޯޗު ބުނެފައިވަނީ މަޒިޔާ އެންމެ ފަހުން ގުރޫޕް ސްޓޭޖުގައި ހޯދާފައިވަނީ ރަނގަޅު ނަތީޖާއެށް ކަމަށާ އެހެންކަމުން އަންގާރަ ދުވަހުގެ މެޗު ފަސޭހަ ކޮށް ނުކާނެ ކަމަށެވެ.

މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗްގެ ކުރިން އެންމެ ފަހުން ބެންގަކޫރު އެފްސީ ކުޅުނު މެޗުން އެޓީމް ވަނީ ބޮޑު ބައްޔެށް ވެފަ އެވެ. އިންޑިއަން އައި ލީގުގައި މޯހަން ބަގާން އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 އިން އެޓީމް ބަލިވެފައި ވާއިރު، އެމެޗުގައި ޒުވާން ކުޅުންތެރިންނަށް ކޯޗް އިސްކަން ދީފައި ވާކަން ފާހަގަ ކޮއްލެވެ އެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކޯޗް ބުނެފައިވަނީ، އެމެޗުގައި ސީނިއާ ކުޅުންތެރިން ބޭނުން ނުކުރީ މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗް ވަރުގަދަ ވުމުން އެ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ކަމަށެވެ.

އަންގާރަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މާޒިޔާ އާއި ބެންގަލޫރު އެފްސީ ބައްދަލުކުރާއިރު، މުބާރާތުގެ ގުރޫޕް އީގައި މި ދެޓީމްގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް އެވެ. ގުރޫޕުގެ ކުރޯގައި މާޒިޔާ އަދި ބެމްގަލޫރު އެފްސީވސް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށެވެ. އެހެންކަމުން އަންގާރަ ދުވަހުގެ މެޗް ވެގެންދާނީ މިދެޓީމަށްވެސް ވަރަށް މުހިންމު މެޗަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު