Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެޑަރާގެ ނިންމުން

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

މި ނިންމުމުގެ ސަބަބުން ބޮޑެތި މުބާރާތްތަކެއް ގެއްލޭނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 02:29
ކްލޭ ކޯޓުގައި އިތުރަށް ނުކުޅެން ނިންމީ އެވަރުގެ ސްޕީޑެއްގައި ނުކުޅެވޭނެތީ

ކްލޭ ކޯޓުގައި އިތުރަށް ނުކުޅެން ނިންމީ އެވަރުގެ ސްޕީޑެއްގައި ނުކުޅެވޭނެތީ

އަންނަ މޭ މަހު ފަށާ ފްރެންޗް އޯޕަން ޓެނިސް މުބާރާތަކީ ކްލޭކޯޓު ރޮޖާ ފެޑެރާ ކުޅޭނެ އެންމެ ފަހު ޓެނިސް މުބާރާތް ކަމަށް އޭނާ ބުނެފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ނިމުނު މަޔާމީ އޯޕެން ޓެނިސް މުބާރާތް ކާމިބުކޮށްފައިވާ ފެޑަރާ މިވަގުތު އަންނަނީ ކުރިއަށް އޮތް ފްރެންޗް އޯޕަންއަށް ތައްޔާރުވުމުގެ ގޮތުން އަރާމު ކުރަމުންނެވެ.

މަޔާމީ އޯޕެންގެ ފައިނަލް މެޗަށް ފަހު ވެސް ފެޑަރާ ވަނީ އެހެން މުބާރާތެއްގައި ކުޅެން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ފްރެންޗް އޯޕެން ޓެނިސް މުބާރާތަކީ ކްލޭ ކޯޓު މުބާރާތެކެވެ. މި މުބާރާތަށް ފަހު ކްލޭ ކޯޓު އިތުރު މުބާރާތެއް ނުކުޅެން ފެޑަރާ ނިންމުމަކީ މިވަގުތު ދުނިޔޭގެ ހަތްވަނައިގައި ސީޑް ކުރެވިފައިވާ ކުޅުންތެރިއާ ގެއްލުމަކަށް ވެސް ވެދާނެއެވެ.

ޓެނިހުގެ ބޮޑެތި ގިނަ މުބާރާތްތަކަކީ ކްލޭ ކޯޓު މުބާރާތަކެވެ. އެގޮތުން މެޑްރިޑް އޯޕަން، ރޯމް މާސްޓާސް، އިސްޓަންބޫލް އޯޕަން އިތުރުން މޮންޓެ ކާލޯ މާސްޓާސް ފަދަ މުބާރާތްތައް ހިމެނެއެވެ.

ފްރެންޗް އޯޕެންގެ ކުރިން އޭޓީޕީ އިންވިޓޭޝަނަލް ދެ މުބާރާތެއް އޮންނާނެއެވެ. ނަމަވެސް ފެޑަރާ ދެ މަސް އަރާމު ކުރަން ބޭނުންވާ ނަމަ އެއިން އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެއެވެ.

ފެޑަރާ އިތުރު މުބާރާތެއް ކުޅުމުގެ ކުރިން އަރާމުކުރަން ނިންމި ސަބަބާ ގުޅިގެން ފެޑަރާ ބުނެފައި ވަނީ މަޔާމީ އޯޕެންގައި ދެއްކި ކުޅުން ތަކުރާރު ކުރެވޭނީ ރަނގަޅު ސިއްހަތެއްގައި ހުރެގެން ކަމަށެވެ.

"އަރާމު ނުކޮށް މިހާރު އަހަންނަށް ނުކުޅެވޭނެ. އަހަރެންގެ މި ފޯމު ދަމަހައްޓަން މި ވަގުތު އެންމެ މުހިއްމު ކަމަކީ އަރާމްކުރުން،" ފެޑެރާ ބުންޏެވެ.

މިހިނގާ 2017 ވަނަ އަހަރުގެ ފެޑެރާގެ ޕަރފޯމަންސްއަށް ބަލާއިރު މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން ފެޑެރާ ވަނީ 19 މެޗުން މޮޅުވެފަ އެވެ.

އިތުރު ކްލޭ ކޯޓު މުބާރާތެއް ކުޅުމުގެ ވިސްނުން މިހާރު ނުގެންގުޅެނީ ކްލޭ ކޯޓުގެ ސްޕީޑުގައި މިހާރު ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެތީ ކަމަށް ފެޑަރާ ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު