Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެންގާގެ ބަހަނާތައް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ސަޕޯޓަރުން ހިތްހަމައެއް ނުޖެހޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 3 އެޕްރީލު 2017 | ހޯމަ 15:37
އާސެނަލްގެ ފަރިތަކުރުން ތަކެއްގައި ވެންގާ އިރުޝާދު ދެނީ

އާސެނަލްގެ ފަރިތަކުރުން ތަކެއްގައި ވެންގާ އިރުޝާދު ދެނީ

އާސެނަލް ހޯދަމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާ އެކުލަބުގެ ކޯޗު އާސެން ވެންގާ ދައްކަމުން އަންނަ ބަހަނަތާކުގެ ލިސްޓަށް މިފަހަރު ސަޕޯޓަރުންނަށް ތައުރީފްކުރުން އިތުރުކޮށްލައިފިއެވެ.

މި ސީޒަނުގައި ހޯދަމުން އަންނަ ނަތީޖާތަކުގެ ސަބަބުން ގިނަ ސަޕޯޓަރުން ނެއްގެ ފާޑުކިޔުން އަމާޒްވެފައިވަ ވެންގާ ވަނީ އޭނާގެ ކެރިއަރާއި ބެހޭގޮތުން އެކި ކަހަލަ ވާހަކަ ދައްކާފައެވެ.

އެގޮތުން ވަރަށް އަވަހަށް ކެރިއަރާމެދު ގޮތެއް ނިންމާނެ ކަމަށް ބުނުމަށް، އެ ވިސްނުން ބަދަލުކޮށް އޭނާގެ އުމުރުގެ މީހުންގެ ރިޓަޔަމަންޓަކީ މަރުވުމުން ކަމަށްބުނެ، އާސެނަލްގައި އިތުރު ސީޒަނެއް މަޑުކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

އާދިއްތަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ އަމިއްލަ ދަނޑުގައި 2-2 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗަށް ފަހު ވެންގާވަނީ އެޓީމުގެ ސަޕޯޓަރުންނަށް ތައުރީފް ކޮށްފަ އެވެ.

ވެންގާ ވަނީ އޭނާ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ތާޢީދު އޮތްކަން ދެއްކުމަށް ވާހަކަ ދައްކާފައެވެ. އެގޮތުން އާސެނަލް ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް ސަޕޯޓަރުންގެ ހިތުގައި އެކްލަބަށް ލޯބި އޮތްކަމުގައި ވެންގާ ބުނެފައިވެއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން އާސެނަލަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މެންސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކުރިއަށް ދިޔައިރުވެސް ބައެއް ސަޕޯޓަރުން ވަނީ ވެންގާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ވެންގާއަށް ތާޢީދުކޮށް ބައެއް ސަޕޯޓަރުން ވަނީ ބެނާތައް ގެންގުޅެފައެވެ.

އާސެނަލްގެ ސަޕޯޓަރުން ކިތަންމެ ހިތްހަމަ ނުޖެހުނަސް މިހާރު ކުލަބާއިކު ހަދާފައިވަ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށްހަމަވާ ވެންގާއަށް އާސެނަލް އިން ވަނީ އިތުރު ދެއަހަރުގެ އާ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ.

އާސެނަލްގެ ކުރީގެ ގޯލަކީޕަރު ބޮބް ވިލްސަން ބީބީސީ ރޭޑިއޯ 5 އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އާސެނަލްގެ މުސްތަޤްބަލަށްޓަކައިވެސް ވެންގާ އެކުލަބައި ވަކިވާންޖެހޭ ކަމަށެވެ.

އާސެނަލް ހަ ވަނައިގައި އޮތީ 28 މެޗުން 52 ޕޮއިންޓާ އެކު އެވެ. ސިޓީ ހަތަރު ވަނައިގައި އޮތީ 29 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ

އިތުރަށް ކިޔާލަން

29 މާރިޗު 2022

ބާސެލޯނާއަށް މިފަހަރުގެ ލަލީގާ ކާމިޔާބު ކުރެވޭނެ: ލަޕޯޓާ

29 މާރިޗު 2022
ބާސެލޯނާއަށް މިފަހަރުގެ ލަލީގާ ކާމިޔާބު ކުރެވޭނެ: ލަޕޯޓާ
12 ސެޕްޓެމްބަރު 2019

މާޒިޔާ އާއި ޓީސީގެ ތައުރީފް އެފްއޭއެމްއަށް!

12 ސެޕްޓެމްބަރު 2019
މާޒިޔާ އާއި ޓީސީގެ ތައުރީފް އެފްއޭއެމްއަށް!
20 މެއި 2019

މިފަހަރުގެ ބައިބަލާ މުބާރާތް- މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމް

20 މެއި 2019
މިފަހަރުގެ ބައިބަލާ މުބާރާތް- މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމް
09 އޮކްޓޯބަރު 2018

ނަޒީހުގެ ތައުރީފް ކުޅުންތެރިންނަށް

09 އޮކްޓޯބަރު 2018
ނަޒީހުގެ ތައުރީފް ކުޅުންތެރިންނަށް
12 ޑިސެމްބަރު 2017

ގައުމީ ވޮލީ ލީގު: މިފަހަރުގެ ޗެމްޕިއަންއަކީ މޯލްޑިވިއަން

12 ޑިސެމްބަރު 2017
ގައުމީ ވޮލީ ލީގު: މިފަހަރުގެ ޗެމްޕިއަންއަކީ މޯލްޑިވިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު