Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބު އީގަލްސް

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީ ގައުމީ ޓީމަށް އެކި މުބާރާތްތަކުގައި ކުޅޭތަން ދެކެން ބޭނުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 13:03
ކްލަބު އީގަލްސްގެ މިޑްފީލްޑަރު ރިހާމް އަބްދުލް ޣަނީ (ބޮބީ)

ކްލަބު އީގަލްސްގެ މިޑްފީލްޑަރު ރިހާމް އަބްދުލް ޣަނީ (ބޮބީ)

ކްލަބު އީގަލްސް އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ޣަނީ (ބޮބީ) ގެ ހުނަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށާއި އޭނާއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

މާލޭ ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް އާއި މާޒިޔާ ބައްދަލު ކުރުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތި ބުނެފައި ވަނީ އެ މެޗުގެ ފުރަތަމަ އެގާރައިން ޒުވާން ކުޅުންތެރިއެއް ފެނިގެންދާނެ ކަމަށާއި އަދި އެ ކުޅުންތެރިޔާއަކީ އުމުރުން 9 އަހަރުގައި ސާންތިގެ އިރުޝާދުގެ ދަށުން ކުޅެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

"އަޅުގަނޑު އެފްއޭއެމްގައި މަސައްކަތް ކުރި އިރު، އޭނާގެ އުމުރުން ވާނީ ނުވައެއް ނޫނީ ދިހަ އަހަރު. އެ ކުޅުންތެރިޔާ އީގަލްސްގެ ފުރަތަމަ އެގާރައިން ފެންނާނެ. އަލަށް އަދި ފަސްޓް ޑިވިޝަން އޭނާ އެ ކުޅެނީ ވެސް،" ސާންތި ބުންޏެވެ.

ސާންތި ބުނީ ބޮބީއަކީ އޭނާއާއެކު 13 އަހަރުން ދަށުގެ ޓީމާއި 14 އަހަރުން ދަށުގެ ޓީމާއެކު ބޭރުގައި ކުރިއަށްދިޔަ ފުޓުބޯޅަ ފެސްޓިވަލްތަކެއްގައި ވެސް ބައިވެރިވި ކުޅުންތެރިއެއް ކަމަށެވެ. އަދި އޭގެ އިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ބޮބީގެ ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައިވާނެ ކަމަށް ސާންތި ބުންޏެވެ.

މީގެ އިތުރުން ބޮބީއަކީ 2014 ވަނަ އަހަރު އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި އިރު، އެޓީމުގައި ވެސް ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އޭގެ ފަހުން ދުވަސްތަކެއް ވަންދެން ބޮބީ ކުޅެފައި ވަނީ ދެވަނަ ޑިވިޝަނުގެ ބައެއް ކްލަބުތަކަށާއި ފުޓްސަލް ބައެއް މުބާރާތްތަކެވެ.

މާޒިޔާއާ ދެކޮޅަށް ހުކުރު ދުވަހު ކުޅުނު މެޗުގައި ކްލަބު އީގަލްސްގެ މެދުތެރޭގައި އެޓީމުގެ ކެޕްޓަން އިމްރާން ނަޝީދާއި ވައިސް ކެޕްޓަން އިބްރާހިމް މުބީން (މުއްކި) އާއެކު ބޮބީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބޮޑު ކްލަބަކާ ދެކޮޅަށް ކުޅުނު މެޗުގައި ބޮބީ ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ.

މެޗަށް ފަހު ބޮބީގެ ކުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާންތި ބުނީ އޭނާއަކީ މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފެންވަރު މި މެޗުން ވެސް ފެނިގެން ހިނގައްޖެ ކަމަށެވެ.

ސާންތި ބުނީ މެޗުގައި އޭނާ ދެއްކި ކުޅުމުން އޭނާއަކީ ރާއްޖޭގެ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކިދާނެ ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން ގައުމީ ޓީމުގައި ހިމެނި އެކި މުބާރާތްތަކުގައި އޭނާގެ ހުނަރު ފެނިގެންދިއުމަށް އެދޭ ކަމަށް ވެސް ސާންތި ބުންޏެވެ.

އީގަލްސްއަކީ އަބަދުވެސް ޒުވާން ކުޅުންތެރިންތަކެއް އުފައްދަމުން އަންނަ ޓީމެއްކަން ފާހަގަ ކުރަމުން ސާންތި ބުނީ މިއަހަރުގެ މާލޭ ލީގާއި އަދިވެސް އެހެން މުބާރާތްތައް ކުރިއަށްދާއިރު، އެޓީމުން ޒުވާން ކުޅުންތެރިން ފެނިގެންދާނެ ކަމަށާއި އަދި އެ ކުޅުންތެރިންނަށް މެޗުތައް ކުޅުމަށް ފުރުސަތު ވެސް ތަނަވަސް ކޮށްދޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު