Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

މާދަމާގެ މެޗަކީ މާޒިޔާއަށް އޮތް ޕްރެޝާއެއް ނޫން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އެޕްރީލު 2017 | ހޯމަ 19:17
މާޒިޔާގެ ހެޑް ކޯޗު މާޔަން ސެކުލޮސްކީ ނޫސްވެރިންގެ ބައްދަލުވުމުގައި

މާޒިޔާގެ ހެޑް ކޯޗު މާޔަން ސެކުލޮސްކީ ނޫސްވެރިންގެ ބައްދަލުވުމުގައި

އިންޑިއާގެ ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެށް ކަމަށާ ނަމަވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ މާޒިޔާއަށް ނަތީޖާ ނެރެވޭނެ ކަމަށް އެޓީމުގެ ކޯޗް މާޔަން ސެކުލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕު ގުރޫޕް ސުޓޭޖުގައި އަންގާރަ ދުވަހު ބެންގުލޫރު އެފްސީއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ ބެންގަލޫރު އެފްސީއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެޓީމާ ދެކޮޅަށް ނިކުންނައިރު އެކަން ދަންނަން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ ކޮންމެ ޓީމެއްގައިވެސް ދަށް ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެހެން ކަމުން މި މެޗަށް ނިކުންނާނީ އެކަމަށް ވެސް ސަމާލުވެގެން ކަމަށެވެ.

ސެކުލޮސްކީ ބުނީ މި މެޗުގައި ޕުރެޝަރު އޮތީ އޭއެފްސީ ކަޕުގެ ރަނަރަޕް ޓީމުކަމަށްވާ ބެންގަލޫރު އެފްސީއަށް ކަމަށެވެ.

ސެކުލޮސްކީ ބުނީ އޭނާ އަކީ އަބަދުވެސް މޮޅުވާނެކަން ގަބޫލުކުރާ ކޯޗެއް ކަމަށާއި، އެކަމަށް ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުވެސް ކުރާނެ ކަމަށެވެ.

ކޯޗު ބުނީ މި މެޗުގައި މާޒިޔާއިން ކުޅެން ޖެހޭނީ ޓެކްޓިކަލީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އެގޮތުން ޓީމުގެ ޕޮޒިޝަން ހިފަހައްޓައި ޑިފެންސުން ޑިސިޕުލިން ކުޅުމެއް ދައްކަން ޖެހޭކަމަށް ސެކުލޮސްކީ ބުންޏެވެ.

މާޒިޔާއިން މި ސީޒަންގެ އޭއެފްސީ ކަޕަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެ ޑާކާ އަބާނީ ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މާޒިޔާ މޮޅުވެފައިވަނީ އެޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު