Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމު

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

ކީޕަރުން ތަމްރީނު ކުރަން ބޭރުގެ ފަރާތެއް ގެންނަނީ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 19:46
ގައުމީ ކެޕްޓަން އަލީ އަޝްފާގު އަދި އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު

ގައުމީ ކެޕްޓަން އަލީ އަޝްފާގު އަދި އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދު

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަނިޔާގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު އިމްރާނު މުހައްމަދު އެނބުރި ގައުމީ ޓީމަށް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

ގައުމީ ކޯޗު ކަމާއި ހަވާލުވުމަށް އަންގާރަ ދުވަހު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޓެވާޓް ބުނީ އަޝްފާގު އަނިޔާގައި ހުރުމަކީ ބަދު ނަސީބެއް ކަމަށާއި އެކަމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. އަދި އަޝްފާގަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފަލަސްތީން މެޗުގައި އޭނާ ނުފެނިދާނެ ކަމަށް ވެސް ކޯޗް ސްޓެވާޓް ބުންޏެވެ.

އަޝްފާގަށް މިދިޔަ އަހަރު ލިބުނު އަނިޔާއާއި ގުޅިގެން އޭނާގެ ކުޅުމަށް ވަނީ ހިޔަނި އެޅިފަ އެވެ.

ކީޕަރު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އިއުލާންކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ސްޓެވާޓް ބުނީ އިމްރާނަކީ ރިޕްލޭސް ކުރަން އުނދަގޫ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ނިންމުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުން އެފްއޭއެމް އިން ދަނީ އިމްރާންގެ ޝަރަފުގައި މެޗެއް ކުޅުމަށް ތައްޔާރު ވަމުންނެވެ. އިމްރާންގެ ރިޓަޔާމަންޓަށް ޝަރަފުވެރިކަން ދޭން މިހާރު ލަސް ނުވޭތޯ ރާއްޖެ ޓީވީން އެހުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކަމަކަށް ކަމެއް ކުރަން ބޭނުން ނުވާ ކަމަށާއި އިމްރާން އަށް ވެސް ޝަރަފްވެރި ރިޓަޔާމަންޓެއް އެންމެ ރަނގަޅަށް ދޭން ބޭނުންވާ ކަމަށެވެ. އަދި އެފްއޭއެމްއާއި ހަވާލު ވެގެން ފުޓްބޯޅައިގެ އޮނިގަނޑަށް މަސައްކަތް ކުރުމާއި އެފްއޭއެމްގެ އެހެނިހެން ކަންކަން އިންތިޒާމް ކުރުމުގައި ވަގުތުތަކެއް ހޭދަވި ކަމަށް ބައްސާމް ވިދާޅުވި އެވެ.

އިމްރާން އަކީ ވޭތުވެދިޔަ 17 އަހަރު ވަންދެން ގައުމީ ގޯލް ބެލެހެއްޓި ކީޕަރެވެ. 2008 ގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި ގައުމީ ޓީމުން ވޭތުވެދިޔަ 17 އަހަރު ހޯދި ކާމިޔާބީގައި އިމްރާންގެ ހިއްސާ ބޮޑެވެ.

މިވޭތުވެދިޔަ 17 އަހަރު ތެރޭގައި އިމްރާންގެ ބަދަލުގައި އެފަދަ އެހެން ކީޕަރެއް އުފެދިފައި ނުވާތީ ކީޕަރުން އުފެއްދުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ ކީޕަރު ޓުރެއިނަރެއް ރާއްޖެއިން ބޭރުން ގެނެސް ކީޕަރުންގެ އެކަޑަމީއެއްގެ ސުޓައިލަށް ވިޔަސް ހިންގުމަށް ވިސްނާ ކަމަށެވެ. އަދި ކީޕަރު ޓުރެއިން ކުރާ މީހުންނަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު