Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޯޓްމަންޑް ކުއާޓާއަށް

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

އޮބާމަޔަންގްވަނީ ތަފާތު ދައްކާލާފަ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 9 މާރިޗު 2017 | ބުރާސްފަތި 11:58
ރޭގެ މެޗުގައި އޮބާމަޔަންގް ލަނޑުޖަހަނީ

ރޭގެ މެޗުގައި އޮބާމަޔަންގް ލަނޑުޖަހަނީ

ޗެމްޕއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރިއިރު، ބެންފީކާއާ ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާ މެދު ސުވާލު އުފެދިފައި އޮތް އެމެރިކް އޮބާމަޔަންގް ތަރިއަކަށް ވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބެންފީކާއާ ދެކޮޅަށް ޑޯޓްމަންޑުން ކުޅުނު މެޗުގައި އޮބާމަޔަންގްއަށް ފުރުސަތު ދިނުމާއި މެދު ސުވާލު އުދެފައި އޮތީ މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި އޭނާގެ ފަރާތުން ފެނިފައިވާ ދަށް ކުޅުމުގެ ސަބަބުންނެވެ.

ރޭގެ މެޗުގައި އޮބާމަޔަންގް ވަނީ ހެޓްރިކެއް ހަދާފައެވެ. ހިތްގައިމުގެ ހަތަރު ލަނޑު ފެނިގެންދިޔަ މިމެޗުގައި އަނެއް ލަނޑުޖަހާފައިވަނީ ކްރިސްޓިއަން ޕުލިސިޗްއެވެ.

މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން ބެންފީކާގެ ދަނޑުގައި ނިމިފައިވަނީ 0-1 އިން ބެންފީކާ މޮޅުވެގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ލަނޑު ފެނިފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައެވެ.

ދެވަނަ ލަނޑުޖެހިތަ ފަސްވަރަކަށް މިނެޓުފަހުން ޑޯޓްމަންޑުން އިތުރު ލަނޑެއްޖަހާ ކުއާޓާ ފައިނަލަށް ދިޔުމުގެ އުއްމީދު ބޮޑުކުރިއެވެ. ޑޯޓްމަންޑްގެ ފަހު ގޯލު ފެނިފައިވަނީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ.

ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 12 މެޗުގެ ތެރެއިން ޑޯޓްމަންޑް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
21 އެޕްރީލު 2017

ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި
21 އެޕްރީލު 2017

ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

21 އެޕްރީލު 2017
ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
12 އެޕްރީލު 2017

ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ

12 އެޕްރީލު 2017
ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު