Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމެޒަން

އެމޭޒަންގެ ދެ ލައްކަ އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

4 އޮކްޓޯބަރު 2018 | ބުރާސްފަތި 12:29

މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ އިނގިރޭސިވިލާތުގައި އާއި އެމެރިކާގައި މަސައްކަތް ކުރާ މުވައްޒަފުންގެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 12:29
އެމަޒަން ކުންފުނީގެ ސްޓޯރެއް

އެމަޒަން ކުންފުނީގެ ސްޓޯރެއް

މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމޭޒަން ކުންފުނިން އެ ކުންފުނީގެ ދެ ލައްކަ އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފިއެވެ.

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ އިނގިރޭސިވިލާތާއި އެމެރިކާގައި މަސައްކަތް ކުރާ އެކުންފުނީގެ 250,000 މުވައްޒަފެއްގެ އެވެ. މުސާރަ ބޮޑު ކުރުމަށްފަހު އެމެރިކާގައި މަސައްކަތް ކުރާ އެމެޒަންގެ މުވައްޒަފުންނަށް ގަޑިއިރަކަށް 15 ޑޮލަރު ލިބިގެންދާއިރު އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 8.20 ޕައުންޑް ލިބިގެންދާނެއެވެ.

އެމެޒަން އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފައި މި ވަނީ މުވައްޒަފުންނާއި ދޭތެރޭ އަމަލު ކުރަމުންދާ ގޮތަށް ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ކުންފުނީގެ ގުދަންތަކުގައި މަސައްކަތް ކުރުމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އެމެޒަންގެ ކުންފުނީގެ މަސައްކަތް ކުރާ ފުލްޓައިމް މުވައްޒަފުންނާއި ޕާޓްޓައިމް މުވައްޒަފުންގެ ވަގުތީ މުވައްޒަފުންގެ އިތުރުން ސީޒަނަލް މުވައްޒަފުންނަށް ވެސް މުސާރަ ބޮޑުވެގެންދާނެ ކަމަށް އެމެޒަން އިން ބުނެއެވެ.

އެ ކުންފުނީގެ އަގު ވަނީ ދާދިފަހުން 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އެމެޒަން އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން މާކެޓް ވެލިއު 1 ޓްރިލިއަން ޑޮލަރަށް އެރި 2 ވަނަ ކުންފުންޏެވެ.

1994 ވަނަ އަހަރު ވުޖޫދަށް އައި އެމެޒަން ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެކުންފުނީގެ ވެރިޔާ ޖެފް ބީޒޮސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 160 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ފޯބްސްއިން އަންދާޒާކުރެއެވެ.

މިއަހަރުގެ 2 ވަނަ ކުއަރޓަރގައި އެމެޒަން އިން 53 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރިއިރު، ފައިދާވެފައި ވަނީ 2.5 ބިލިއަން ޑޮލަރެވެ.

އެމެޒަންގެ ވަޒީފާގައި 575،000 މުވައްޒަފުން އެބަތިއްބެވެ. އަދި އެކުންފުންޏަކީ އޮންލައިން ރީޓެއިލްގެ އިތުރުން ކްލައުޑް ކޮމްޕިއުޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
26 އެޕްރީލު 2017

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

26 އެޕްރީލު 2017
ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް