Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އާއި ފައިސަލްގެ ފުވައްމުލަކު ދަތުރާ އެކު، ސަރުކާރުގެ ގިނަ ވައުދުތަކެއް ފުވައްމުލަކަށް!

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:29

ފުވައްމުލަކީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:29
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު: ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައި

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު: ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ރަނިންގމޭޓް ފައިސަލް ނަސީމް ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް ކެމްޕޭން ދަތުރުފުޅެއް ފެއްޓެވުމާއެކު ފުވައްމުލަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވައުދުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ފުވައްމުލަކީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން، ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ކުނީގެ މައްސަލަތައް ފަދަ ނާޒުކު އަދި ގޮންޖެހުންތައް ބޮޑު މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ފުވައްމުލަކުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން 500 ކޮޓަރިއާ އެކު ކޮންފަރެންސް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކާށިދޫގައި ކުރިއަށްގެންދާ ޕްރޮޖެެކްޓް ނިމުމާ އެކު ފުވައްމުލަކުގައި ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 20 ބްލޮކް ހިމެނޭ ގޮތަށް ހަދާ 500 ކޮޓަރީގެ ގެސްޓް ހައުސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ލޯނުގެ އެހީއާ އެކު 400 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.

"މި މަސައްކަތް ފަށާތާ ފަސް މަސް ތެރޭގައި ނިންމާލެވޭނެ. މިއާ އެކު މަސައްކަތް ފެށުމުން އިމާރާތް ކުރުމުގެ ދާއިރާގެ ތެރެއިން ވެސް ވަޒީފާތަކެއް އުފެދިގެންދާނެ. ކުރިން މި ހަދާ ގޮތަކީ ބޮޑު އިންވެސްޓަރެއް ގޮސް ގިނަ ވަސީލަތްތައް މި ހަދަނީ،"

ޓޫރިޒަމް ފުޅާކުރައްވާނެކަމުގެ ވައުދާ އެކު ސަރުކާރުގެ ގިިނަ ވައުދުތަކެއް މިނިސްޓަރު ޒަމީރު ހާމަކުރެއްވިއިރު، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓާއި، ރަނިންގ މޭޓް ފައިސަލް ނަސީމް ވަނީ ފުވައްމުލަކަށް ދަތުރުފުޅު ފައްޓަވާފައެވެ. އަދި އެ ބޭފުޅުންގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޫރިޒަމް ފުޅާކުރެއްވުމުގެ ވައުދު ހިމެނެއެވެ.

އޭގެ އިތުރުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ފަހު، ސިޓީއަކުން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް އަދިވެސް އޮތީ ފުވަމުލަކުން ނުލިބިއެވެ. އެއީ އެ ސިޓީގެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމަކަށް ވާއިރު، އިދިކޮޅު އިއްތިހާދުން ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް