Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

ތިން ފަރާތެއްގެ ކޯޓޭޝަން ހޯދާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ފެބުރުއަރީ 2017 | ހޯމަ 14:54
ފުވައްމުލަކު ބަންޑާރަ ކިޅި

ފުވައްމުލަކު ބަންޑާރަ ކިޅި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފުވައްމުލަކު ގައުމީ އިދާރާ މެދުވެރިވެގެން، ސާކް ސަމިޓާއި ގުޅިގެން ތައްޔާރު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ ތުނޑީ ސަރަހައްދުގައި ހަދާފައިވާ ތަންތަނާއި ބަންޑާރަ ކިޅީގައި ތައްޔާރު ކުރެވުނު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީން ހޯމަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސާކް ސަމިޓާއި ގުޅިގެން ފުވައްމުލަކުގައި ތައްޔާރު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ ތުނޑީ ސަރަހައްދުގައި ހަދާފައިވާ ތަންތަނާއި ބަންޑާރަ ކިޅީގައި ތައްޔާރު ކުރެވުނު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ނުކޮށް ކަމަށް، ފުވައްމުލަކު ގައުމީ އިދާރާގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ އޭސީސީން ތަހުގީގު ކުރިއިރު އެމައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނީ އެމައްސަލައިގެ ތަހުގީގަށް ލިބިފައިވާ، ލިޔުންތަކުން ފުވައްމުލަކު ތުނޑި (ކަލްޗަރަލްވިލެޖް) އާއި ބަންޑާރަކިޅީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ އިއުލާންނުކޮށް ކަމަށް މިމައްސަލައިގެ ޝަކުވާގައި ބުނެފައިވާއިރު، ސާކްސަމިޓާ ގުޅިގެން ފުވައްމުލަކު ގައުމީ އިދާރާއިން ތައްޔާރުކޮށްފައިވާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ 25،000ރ އަށްވުރެ ދަށުގެ މަސައްކަތަކަށް ވުމުންނާއި، މަސައްކަތް ކުރާނެ ފަރާތެއް ހޯދާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.14 ވަނަ މާއްދާއާ އެއްގޮތަށް ތިން ފަރާތަކުން ކޯޓޭޝަން ހޯދައިގެން ކަމަށްވާތީއާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަކައްކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅާ ކަމަށް އޭސީސީގެ އެރިޕޯޓުގައި ވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު