Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވޭނެ، ޓީޗަރުންގެ މުސާރަ ބޮޑުކުރާނަން: އިބޫ

މަތީ ތަޢުލީމު ހާސިލްކުރުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރާނަން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:04
ދިއްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ދިއްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީ އާއި ހަމައަށް ރާއްޖެއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފޯރުކޮށްދިނުމަށްފަހު، އިތުރަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ރާއްޖެއިން ބޭރަށް ގޮސް އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް މި ލޯން ސްކީމުން މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މި ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނަކީ އިންޓްރެސްޓް ކުޑަ، ލުއިފަސޭހަ ކަމާއިއެކު ދައްކައި ނިންމޭ ފަދަ ލޯނަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީ އާ ހަމައަށް ރާއްޖޭގަ ތިބެގެން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ލިބިގެންދާނެ. ރާއްޖެއިން ބޭރުގާ ކިޔަވަން ބެނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ، ލޯން ސްކީމެއްގެ ދަށުން ލޯން ލިބި، އެކުއްޖަކު ބޭނުންވާ ޤައުމެއްގާ، އެކުއްޖަކު ބޭނުންވާ ޔުނިވަރސިޓީއެއްގާ، ތައުޅިމު ހާސިލްކުރުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށް ލިބިގެންދާނެ. އަދި އެ ލޮނު އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެންގެ ވެރިކަމުގާ ހަމަޖެހިގެންދާނެ. އަދި މިހާރު އަމިއްލަ ގޮތުން ލޯނު ނޫނީ އަމިއްލަ ޚަރަދުގާ ރާއްޖެއިން ބެރުގާ ކިޔަވަމުންދާ ކުދިންނަށް، އަޅުގަނޑު މި ދެންނެވި ސްކީމުގާ ބައިވެރިވުމުގެ ފުރުބަތު ލިބިގެންދާނެ"، އިބޫ ވިދާޅުވިއެވެ.

ސާނަވީ މަރުހަލާގައި މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް، ޚާއްސަކޮށް އެއްވަނަ ހޯދާ ދަރިވަރުންނަށް، އެކުދިން ބޭނުންވާ ދުނިޔޭގެ މަޝްހޫރު، ބޮޑެތި ޔުނިވަރސިޓީތަކަށް ދިއުމުގެ ފުރުޞަތު ހަނިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކުދިން ބޭނުން ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުޞަތު ދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ޕްރެސިޑެންޝަލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ޖީސީއީ އޭލެވެލްއިން އެއްވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް، އެކުއްޖަކު އިޚްތިޔާރުކުރާ ތަނަކުން ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެ. އަދި ކަނޑައެޅޭ މިންގަނޑަކަށްވުރެ މަތިން ފުރަތަމަ ޑިގްރީއަށް ވަނަ ހޯދާ ފަރާތްތަކަށް މާސްޓަރޒްއަށް ކިޔެވުމަށް ސްކޮލަރޝިޕް ދެވޭނެ" އިބޫ ވިދާޅުވީއެވެ.

އިބޫ ވިދާޅުވީ، ޤައުމަށް ފަންނުވެރިން ބޭނުންވާ މުހިއްމު އެކި ދާއިރާތަކުން، މާސްޓަރޒް އާއި ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް ހުޅުވާލައްވާނެ ކަމަށެވެ. ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަލިއަޅުވަލައްވާ އިބޫ ވިދާޅުވީ އަލަށް އެކުލަވާލި ޤައުމީ މަންހަޖަށް މުދައްރިސުން ތަމްރީނުވެފައި ނެތުމަކީ މިއަދު އެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. އަދި ޤައުމީ މަންހަޖު އިތުރަށް މުރާޖަޢާ ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މުދައްރިސުންނަށް މިހާރު ލިބޭ މުސާރައަކީ މުދައްރިސުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށޭނަ މުސާރައެއް ނޫންކަން ފާހަގަކުރައްވާ، ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި މުދައްރިސުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް އިބޫ ވަޢުދުވެވަޑައިގެންނެވިއެވެ.

ތައުލީމަކީ އާބާދީއަށް ބެލުމެއް ނެތި އެންމެހާ ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ކަމަކަށް ވާއިރު، ސަރަޙައްދީ ދަނާލުތަކާއި، ސަރަޙައްދީ ބޯޑިން ސްކޫލްތައް ޤާއިމް ކުރައްވާނެކަމަށް އިބު ވިދާޅުވިއެވެ. އަދި ގްރޭޑް ދިހަޔަކަށްވުރެ މައްޗަށް ކިޔެވެން ނެތް ރަށްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަތޮޅުތަކުގައި ޖޫނިއާ ކޮލެޖްތައް ޤާއިމް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި އިބޫގެ ތަޢުލީމީ ސިޔާސަތުތައް ހާމަކުރެއްވިއިރު، ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ތަޢުލީމީ ސިޔާސަތު އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު