Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާން

ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި

1 އޯގަސްޓު 2018 | ބުދަ 14:24

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އިންޑިއާ ގެ ބޮޑު ވަޒީރު ހިމެނޭގޮތުން ސާކް ގައުމުތަކުގެ ވެރިންނަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް އިމްރާން ގެންދަވަނީ ވިސްނަވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 1 އޯގަސްޓު 2018 | ބުދަ 14:24
އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނާއި އަދި އެހެންވެސް ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ދައުވަތު އަރުވަން އިމްރާން ޚާން ވިސްނަވަމުންދާ ކަަމަށް މީޑިއާތަކުގައި ރިޕޯޓު ކުރެވުނު ޚަބަރު އިމްރާން ޚާން ގެ ޕާޓީ އިން ދޮގުކޮށްފިއެވެ.

އިމްރާން ޚާން ގެ ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ތަރުޖަމާނު ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ބޭރު ގައުމުތަކުގެ އިއްޒަތްތެރިން، އިމްރާން ޚާން ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާގައި ފެތުރިފައިވާ އަޑުތަކަކީ ރަނގަޅު ނޫން ވާހަކައެއް ކަމަށާއި، ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތުމާ ބެހޭ ގޮތުން ޚާރިޖިއްޔާގެ ބަހެއް ހޯދުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި، ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އޯގަސްޓް 11 ގައި އޮންނަ އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިމްރާން ޚާން ވަނީ އިންޑިއާގެ މަޝްހޫރު އެކްޓަރު، އާމިރް ޚާން އާއި އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަަމަށްވާ ކަޕިލް ޑޭވް، ނަވްޔޮޓް ސިންގ ސިދު އަދި ސުނިލް ކަޕިލް ޑޭވް އަށް ވަނީ ދައުވަތު އަރުވާފައެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައިވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ.

އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް