Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޔަހްޔާ ޖަމްމޭހު

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

ރައީސް ޖަމްމޭހު ވިދާޅުވީ ގެމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 ޖެނުއަރީ 2017 | ބުރާސްފަތި 12:38
ރައީސް ޔަހްޔާ ޖަމްމޭހު

ރައީސް ޔަހްޔާ ޖަމްމޭހު

ގެމްބިއާގެ ރައީސް ވެރިކަމުން ފައިބައިވަަޑައިގަތުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުމަށް އިޖާބަ ނުދެއްވާނެ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔަހްޔާ ޖަމްމޭހު ވާހަކަފުޅުދައްކަވައިފިއެވެ.

ގެމްބިއާގެ ގައުމީ ޓީވީ މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޖަމްމޭހު ވިދާޅުވީ ގެމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

ގެމްބިއާގެ ރައީސް މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު ގެމްބިއާގެ ސިޔާސީ ހަލަބޮލިކަމާއި ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވުމަށް އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް، އިކޯވާސްގެ ލީޑަރުން އަންނަ ހުކުރު ދުވަހު އަނެއްކާވެސް ގެމްބިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިވަފުދުގެ ވެރިޔަކަށް ހުންނަވަނީ ނައިޖީރިއާގެ ރައީސް މުހަންމަދު ބުހާރީއެވެ. މިދިޔަ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ރައީސް ޔަހްޔާ ޖަމްމޭހު ވަނީ ދެކޮޅު ހައްދަވާފައެެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު