Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިޓް ހައުސް

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

ބީބީސީ، ސީއެންއެން، ނިއުޔޯކް ޓައިމްސް ނޫސްވެރިންގެ ބައްދަލު ވުމަށް ވައްދާފައެއް ނުވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ފެބުރުއަރީ 2017 | ހޮނިހިރު 12:20
އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރުކުރައްވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރުކުރައްވަނީ

ވައިޓް ހައުސްގައި ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލުވުމަކަށް ދުނިޔޭގެ ބައެއް މަޝްހޫރު ބޮޑެތި މީޑިއާތައް ވަނުން ހުއްޓުވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލު ވުމަށް ބީބީސީ، ސީއެންއެން، ނިއުޔޯކް ޓައިމްސް އައުން ހުއްޓުވީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އެކަމަށް އެއްވެސް ސަބަބެއް ދެއްކުމަކާ ނުލައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ބައެއް ނޫސްވެރިން ވަނުން ހުއްޓުވިއިރު، އެ ބައްދަލުވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް މީޑިއާ އަށް ފާޑުވިދާޅުވިތާ މަދު ގަނޑިއިރުތަކެއްގެ ތެރޭގައި ބޭއްވި ބައްދަލުވުމެކެެވެ.

ރައީސް ޓްރަމްޕް މީޑިއާ އަށް ފާޑުވިދާޅުވަމުން ވިދާޅުވީ "ފޭކް ނިއުސް" އަކީ "ރައްޔިތުންގެ ދުޝްމަނުން ކަމަށެވެ." މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ސީދާ ސީއެންއެން އަށް އަދި ނިއުޔޯކް ޓައިމްސް އަށް، އެތަންތަނުގެ ނަން ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ރައީސް ޓްރަމްޕުގެ ކޭމްޕޭން ތެރޭގައި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ރަޝިއާގެ އިންޓެލިޖެންސްއާ ގުޅުން ބޭއްވި ކަމަށް މީޑިއާގައި ފެތުރިފައިވާ ރިޕޯޓްތަކަކީ ރައީސް ޓްރަމްޕް ވަރަށް ހިއްޕުޅާ ނުވާ ކަމަކަށް ވަނީ ވެފައެވެ.

ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ބައެއް މީޑިއާތައް ނުވެއްދީ ކީއްވެގެންތޯ ސުވާލު ކުރުމުން ޕްރެސް ސެކެޓްރީ ވިދާޅުވެފައި ވަނީ "ރިޕޯޓަރުންގެ ޕޫލް ބޮޑު ކުރުމަކީ އޭނާގެ ނިންމުމެއް،" ކަމަށެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
15 އެޕްރީލު 2017

ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި

15 އެޕްރީލު 2017
ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު