Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ޔަމަން ހަނގުރާމަ: ހުދައިދާގެ އެއަރޕޯޓަށް ސައުދީއާއި ގުޅިފައިވާ ފައުޖުން ހަމަލާދީފި

17 ޖޫން 2018 | އާދީއްތަ 15:18

 ޔަމަނަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެތެރެކުރަނީ ހުދައިދާގެ ބަނދަރުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖޫން 2018 | އާދީއްތަ 15:18
ޔަަމަނުގެ ހުދައިދާއަށް ގުޅިފައިވާފައުޖުގެ ހަނގުރާމަމަތީ ބޯޓުތަކުންވަނީ ފަސް ފަހަރެއްގެ މަތިން ވައިގެ މަގުން ހަމަލާދީފައި

ޔަަމަނުގެ ހުދައިދާއަށް ގުޅިފައިވާފައުޖުގެ ހަނގުރާމަމަތީ ބޯޓުތަކުންވަނީ ފަސް ފަހަރެއްގެ މަތިން ވައިގެ މަގުން ހަމަލާދީފައި

ސައުދީ އަރަބިއްޔައާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްކޮށްއޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނުގެ ހުދައިދާގެ އެއަރޕޯޓަށް ވައިގެ މަގުން ހަމަލާދީފިކަމަށް ސައުދީއާއި ހޫސީންގެ މީޑިއާތަކުން ބުނެފިއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ހުދައިދާގެ ކޮންޓްރޯލް ހޯދުމަށް އެއްގަމުމަގުން ހަނގުރާމަ ކުރަމުންދާއިރު ސައުދީއާއި ޔޫއޭއީއިން ހަމަލާދީފައިވަނީ އެ ފައުޖުތަކަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހޫސީންގެ ރަސްމީ ނޫސް އޭޖެންސީ ސަބާގައި ބުނެފައިވާގޮތުގައި ގުޅިފައިވާފައުޖުގެ ހަނގުރާމަމަތީ ބޯޓުތަކުންވަނީ ހުދައިދާއަށް ފަސް ފަހަރެއްގެ މަތިން ވައިގެ މަގުން ހަމަލާދީފައެވެ.

ސައުދީގެ އަމިއްލަ ވެބްސައިޓެއްކަމަށްވާ އަލް އަރަބިއްޔާއިންވެސްވަނީ އެއަޕޯޓަށް ވައިގެ މަގުން ހަމަލާދިންކަމަށް ރިޕޯޓްކޮށްފައެެވެ.

ހޫސީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ހުދެއިދާ ހިފުމުގެ މައި އޮޕަރޭޝަން ސައުދީގެ ގުޅިފައިވާ ފައުޖުން ފަށާފައިވަނީ މީގެ ފަސް ދުވަސް ކުރިންނެވެ.

ހުދައިދާގެ ވައިގެ ބަނދަރު އޮންނަނީ އެރަށުގެ ދެކުނުންނެވެ. އދއިން ހުދައިދާގައި އަސްކަރީ ހަރަކާތްތައް ފަށާފައިވަނީ އެ ރަށަކީ ޔަމަނަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެތެރެކުރާ ރަށް ކަމަށްވުމުން ހުދައިދާއަށް އަރައިފިނަމަ އިންސާނީ މުސީބާތަކާއި ކުރިމަތިވެދާނެކަމަށްބުނެ ހުދައިދާއަށް ނޭރުމަށް އދއިން އިންޒާރު ދީފައިވަނިކޮށެވެ.

އެއަރޕޯޓްގެ އެކި ސަރަހައްދުތައް އޮންނަނީ އެކި ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށުގައެވެ.

ހުދައިދާގެ އެއަރޕޯޓް ހިފިކަމަށް ޔޫއޭއީއާއި ސަޢޫދީގެ ގުޅިފައިވާ ފައުޖުން ހޮނިހިރު ދުވަހު އިއުލާނުކުރި ނަމަވެސް އެއަރޕޯޓް ގެއްލުނުކަން ހޫޘީ ހަނގުރާމަވެރިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގައި ބަނޑުހައިހޫނުކަމެއް ފެތުރިދާނެކަމަށް އދގެ ސަލާމަތީ މަޖިލީހުން އިންޒާރު ދީފައިވާއިރު، ހުދައިދާގެ ބަނދަރު ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި ބަނޑުހައިހޫނުކަމުގެ ބިރު ބޮޑުވެފައިވާކަމަށް ޤަތުލުއާއްމުތައް ހުއްޓުވުމާއި ބެހޭ އދގެ ޚާއްސަ ރެޕަޓުއަރ އެޑަނާ ޑިއެންގް ވަނީ ވިދާޅުވެފައެވެ.

ޔަމަނުގައި މިހާރުވެސް ހާލުގައި ޖެހިފައިވާ 22 މިލިއަން މީހުން ތިބިއިރު، 8.4 މިލިއަން މީހުން ތިބީ ބަނޑަށް ޖެހުމުގެ ބިރުވެރިކަން މަތީގައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެޤައުމުގެ ސަރުކާރުގެ ސިފައިންނަށް އެހީވުމަށް ހަނގުރާމަވެރި ބައެއް ޖަމާޢާތްތަކުގެ އިތުރުން ސަޢޫދީއާއި ޔޫއޭއީ ސިފައިން ދަނީ ހަނގުރާމައިގައި ބައިވެރިވަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ހުދައިދާގައިވެސް އިންސާނީ ކާރިސާއެއް އުފެދިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވަނިކޮށް މައްސަލައިގައި ވާހަކަދެއްކެވުމަށް އދ ގެ މަންދޫބަކު ހޮނިހިރުދުވަހުވަނީ ޔަމަނުގެ ވެރިރަށް ސަންއާއަށް ވަޑައިގެންފައެވެ.

އދގެ މަންދޫބު މާޓިން ގްރިފިތްސް މިހާތަނަށް އަދި އެއްޗެއްވިދާޅުވެފައެެއްނުވެއެވެ. ބެލެވޭ ގޮތުގައި ހަނގުރާމަ ހުއްޓާލައި އދގެ ބެލުމުގެ ދަށުން އޮންނަ ކޮމިޓީއަކުން ހުދައިދާގެ ބަނދަރުގެ ކަންކަން ބެލެހެެއްޓުމަށް ހަނގުރާމަވެރި ގްރޫޕްތަކުގެ ލީޑަރުންނަށް އޭނާ ހުށަހަޅުއްވާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް