Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިންގަޕޯރ ސަމިޓް

ކިމް ޖޮން އުން އެމެރިކާއަށް، ޓްރަމްޕް އުތުރު ކޮރެއާއަށް؟

13 ޖޫން 2018 | ބުދަ 03:28

ދެ ލީޑަރުންވެސް އަނެއް ލީޑަރުގެ ދައުވަތު ޤަބޫލުކުރައްވާފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 ޖޫން 2018 | ބުދަ 03:28
ޓްރަމްޕްއާއި ކިމް ސިންގަޕޫރުގައި

ޓްރަމްޕްއާއި ކިމް ސިންގަޕޫރުގައި

އަންގާރަ ދުވަހު އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިންގަޕޫރުގައި ބޭއްވި ތާރީޚީ ސަމިޓަށްފަހު ޓްރަމްޕް އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ކިމް ޖޮން ދައުވަތު ދެއްވައިފިއެވެ.

އުތުރު ކޮރެއާގެ ރަސްމީ ޚަބަރުފަތުރާ އިދާރާއިން ބުނާގޮތުގައި ވޮޝިންޓަނަށް ވަޑައިގަތުމަށް ޓްރަމްޕް ވަނީ ކިމްއަށްވެސް ދައުވަތު އަރުވާފައެވެ. އަދި ދެބޭފުޅުންވެސް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ދައުވަތު ޤަބޫލުކުރައްވާފައިވާކަމަށްވެސް އުތުރު ކޮރެއާގެ މީޑިއާއިން ބުނެއެވެ. އެހެންނަމަވެސް ވައިޓް ހައުސްއިން މިކަމުގެ ތަފްޞީލް ދީފައެއް ނުވެއެވެ.

މީގެ ކުރިން އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކާއި އުތުރު ކޮރެއާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ދުވަހަކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެއް ނުވެއެވެ. އަދި ދާދި ފަހަކާއި ޖެހެންދެންވެސް އުތުރު ކޮރެއާއިން ދިޔައީ އެމެރިކާއަށް އަސްކަރީގޮތުން އިންޒާރު ދެމުންނެވެ.

ސަމިޓަށްފަހު ޕިޔޮންގްޔަންގްއަށް ވަޑައިގަތުމަށްފަހު ކިމް ވިދާޅުވީ މަޝްވަރާކުރެވުނު ކަންކަންކަމަށް އެމެރިކާއިން އިހްތިރާމްކުރާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކު ރުޅި އަރުވަން ކަންތައްކުރުން ހުއްޓާލަން ޖެހޭކަމަށާއި، ދެޤައުމުން އެއް ޤައުމު އަނެއް ޤައުމަށް ބިރު ދެއްކުމަށް ހިންގާ އަސްކަރީ ހަރަކާތްތަކާއި ތަމްރީންތައް ވަގުތުން ހުއްޓާލަން ޖެހޭކަމަށް ކިމް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާ ސިފައިން ބައިވެރިވެގެން ދެކުނު ކޮރެއާގަޔާއި އިރުމަތީ އޭޝިއާގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލަން އުތުރު ކޮރެއާއިން ޑިމާންޑްކުރިއެވެ. އަދި އެ ތަމްރީންތައް ހުއްޓާލާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިވާހަކަތައް ބޭއްވުމުގެ މެދުވެރިއަކަށްވި ދެކުނު ކޮރެއާއިން ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ކަންތައްތަކާއިމެދު ހިތްހަމަނުޖެހިފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއިން ދެކުނު ކޮރެއާއަށް އެހީތެރިވަމުން އަންނައިރު، އަސްކަރީ މިފަދަ ނިންމުމެއް ނިންމުމުގައި ދެކުނު ކޮރެއާގެ ބަހެއް ޓްރަމްޕް ނުހޯއްދަވާތީ ދެކުނު ކޮރެއާއިން ހިތްހަމަނުޖެހޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްއާއި ކިމްގެ ބައްދަލުވުމަށްފަހު ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ވާހަކަތަކުގެ އިތުރު ތަފްޞީލް އެޤައުމުން ހޯދަން ޖެހޭކަމަށެވެ. ކިމްއާއި އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމަށްފަހު ޓްރަމްޕްއާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން 20 މިނެޓް ވަންދެން ފޯނުން ވާހަކަ ދެއްކެވިކަމަށްވެއެވެ. އެހެން ނަމަވެސް އަސްކަރީ ތަމްރީންތަކުގެ ވާހަކަ ދެބޭފުޅުން ދެއްކެވިކަމަށް ނުވެއެވެ.

ދެކުނު ކޮރެއާއާއިއެކު ބާއްވާ އަސްކަރީ ތަމްރީންތައް ހުއްޓާލާނެކަމުގެ ޔަޤީންކަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށް ޓްރަމްޕް ދެއްވާފައިވާކަން ހާމަކުރެއްވުމާއެކު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ވަނީ އެމެރިކާގެ ރަހުމަތްތެރި ޤައުމުތަކުގެ ސަލާމަތަށް އެމެރިކާއިން ދޭ ޔަޤީންކަން އަދިވެސް އޮންނާނެކަމަށް ބުނެފައެވެ. ބައެއް މުހައްލިލުން ބުނާ ގޮތުގައި އަސްކަރީ ތަމްރީންތަކުގެ ވާހަކަ ކިމްއާއިއެކު ޓްރަމްޕް ދެއްކެވީ ޕެންޓަގަންއާއި އެއްވެސް ވަރަކަށް މަޝްވަރާކުރެއްވުމެއް ނެތިއެވެ. ދެކުނު ކޮރެއާގައި ޤާއިމްވެ ތިބޭ އެމެރިކާ ސިފައިންނާއި ގުޅޭ ގޮތުން ޓްރަމްޕްއާއި ކިމް މަޝްވަރާކުރައްވަފާނެތޯ އެބައްދަލުވުމުގެ ކުރިން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ރޭވިފައިނުވާކަމަށާއި، އެފަދަ މަޝްވަރާތަކެއް ރޭވިފައިވާނަމަ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

ދެކުނު ކޮރެއާގައި އެމެރިކާގެ 30،000 ސިފައިން ޤާއިމްވެތިބެއެވެ. އަދި ކޮންމެ އަހަރަކު އެމެރިކާގެ ރަށެއްކަމަށްވާ ގުއާމްގައި ތިބޭ އެމެރިކާ ސިފައިން ހިމަނައިގެން ދެކުނު ކޮރެއާ ސިފައިންނާއިއެކު އެމެރިކާ ސިފައިން ދެކުނު ކޮރެއާގައި އަސްކަރީ ތަމްރީންތަކެއް ބާއްވައެވެ. އުތުރު ކޮރެއާއިން ސިފަކުރާ ގޮތުގައި މިތަމްރީންތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ބާއްވާ ފަރިތަކުރުންތަކެކެވެ. އެހެން ނަމަވެސް ދެކުނު ކޮރެއާއިން ބުނަނީ މިއީ އެޤައުމުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބާއްވާ ތަމްރީންތަކެއްކަމަށެވެ.

ގިނަ އަދަދެއްގެ ސިފައިން ދެކުނު ކޮރެއާގައި ބޭއްތިއްބުމުގެ ޚަރަދު ބޮޑުކަމަށް ޓްރަމްޕް އަބަދުވެސް ވިދާޅުވެއެވެ. އެހެން ނަމަވެސް އުތުރު ކޮރެއާއިން ހަރުކަށިކަން ދައްކާނަމަ ދެކުނު ކޮރެއާގައި ތިބޭ ސިފައިންގެ އަދަދު އިތުރުކުރަން ޖެހިދާނެކަމަށް ވިދާޅުވެ އުތުރު ކޮރެއާއަށް މީގެ ކުރިން ޓްރަމްޕް އިންޒާރު ދެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް