Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ދާޚިލީ ހަނގުރާމަ

ޔަމަނުގެ ދާޚިލީ ހަނގުރާމަ: ރެޑް ކްރޮސްގެ 71 މުވައްޒަފުން ޔަމަނުން ބާލައިފި

8 ޖޫން 2018 | ހުކުރު 04:02

އެޕްރީލް މަހު ރެޑްކްރޮސްގެ މުވައްޒަފަކަށް ބަޑިން ހަމަލާދީ މަރާލި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 ޖޫން 2018 | ހުކުރު 04:02
ރެޑް ކްރޮސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭލި ނަމަވެސް ޔަމަނުގައި ރެޑްކްރޮސްގެ 450 މުވައްޒަފުން އަދިވެސް ތިބޭނެ

ރެޑް ކްރޮސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭލި ނަމަވެސް ޔަމަނުގައި ރެޑްކްރޮސްގެ 450 މުވައްޒަފުން އަދިވެސް ތިބޭނެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޔަމަނުގައި ޙަރަކާތްތެރިވަމުން ދިޔަ ރެޑް ކްރޮސްގެ އެހީދޭ 71 މުވައްޒަފަކު އެޤައުމުން ބާލައި، ޖިބޫޓީއަށް ގެންގޮސްފިއެވެ.

ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމާޢަތުން ބުނީ އެޖަމާޢަތުގެ މުވައްޒަފުންތަކެއް ޔަމަނުން ބާލަން ޖެހުނީ އެމީހުންގެ ސަލާމަތަށް ނުރައްކާ ވެގެން ކަމަށާއި، ދާޚިލީ ހަނގުރާމައިގެ ހުރިހާ ފަރާތަކުން ވެސް އެހީދޭ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ބޭލިކަމުގައި ވިޔަސް ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހި ވީރާނާވެފައިވާ ޔަމަނުގައި އަދިވެސް ރެޑް ކްރޮސް ޖަމާޢަތުގެ 450 އެއްހާ މުވައްޒަފުން ޙަރަކާތްތެރިވާނެއެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ފެނާއި ސިއްހީ އެހީއަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ޔަމަނު ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދެނީ ރެޑް ކްރޮސް ފަދަ ބައިނަލްއަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުންނެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ޔަމަނުން ބާލަން ޖެހުމުން އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އޭގެ އަސަރުކުރާނެ ކަމަށް ރެޑް ކްރޮސް އިން ބުނެއެވެ.

ރެޑް ކްރޮސްގެ މުވައްޒަފެއްގެ ގޮތުގައި ޔަމަނުގައި މަސައްކަތްކުރަމުން ދިޔަ ލުބްނާނުގެ ރައްޔިތަކަށް މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތާއީޒްގައި ވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ. އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް ޙަމަލާދީފައި ވަނީ ޖަލަކަށް ޒިޔާރަތްކުރަން ދަނިކޮށް ކަމަށް ރެޑް ކްރޮސް އިން ބުނެއެވެ.

ރެޑް ކްރޮސް އިން ބުނާ ގޮތުގައި އެޖަމާޢަތުގެ ޙަރަކާތްތަކަށާއި މުވައްޒަފުންނަށް އަމާޒުކޮށް އިންޒާރުދީ، ބިރު ދެއްކުމުގެ އަމަލުތަކާއި، އެޖަމާޢަތުގެ ހަރަކާތްތައް ހުއްޓުވުމަށް ހިންގާ އަމަލުތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެހީ ދޭން ދިޔުމުގެ ކުރިން ކަށަވަރުވާން ޖެހޭ ކަމެއް ކަމަށާއި، އެކަމުގައި ކުރާނެ އިތުރު މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ޔަަމަނުގެ ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ ޔޫއޭއީއާ އެކު ދަނީ ހަމަލާތައް ދެމުންނެވެ. ހޫޘީ ހަނގުރާމަވެރިންގެ ޖަގަހަތަކަށް މިދިޔަ ތިން އަހަރު ސަޢޫދީ އިން ވަނީ 16،000 ފަހަރު ބޮން އަޅާފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ޙޫޘީ ހަނގުރާމަވެރިން ސަޢޫދީއަށް އަމާޒުކޮށް މިިދިޔަ ތިން އަހަރު ތެރޭގައި 90 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވެއެވެ.

ސަޢޫދީ އިން ތުހުމަތުކުރާ ގޮތުގައި ޙޫޘީ ހަނގުރާމަވެރިންނަށް މަދަދުވެރި ވަނީ އީރާނުންނެވެ. އަދި އީރާނުން ޙޫޘީ ހަނގުރާމަވެރިންނަށް މިސައިލާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޙުދައިދާގެ ބަނދަރު ހިފުމަށް ސަޢޫދީ އިން ދަނީ މަސައްކަތްކުރަމުންނެވެ. ހުދައިދާގެ ބަނދަރަކީ ޔަމަނަށް ބޭނުންވާ ގިނަ އަދަދެއްގެ ކާނާ އާއި ބޭހުގެ އެހީ ކަނޑުމަގުން ފޯރުކޮށްދޭ ދޮރާއްޓެކެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ޔަމަނަށް ގެންނަ ބައިނަލްއަޤްވާމީ އެހީގެ 70 އިންސައްތަ އެޤައުމަށް އެތެރެވަނީ ހުދައިދާގެ ބަނދަރުންނެވެ. އެހެންކަމުން ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް މި ބަނދަރު ހިފުމަށް ސަޢޫދީ އިން ހަމަލާދީފި ނަމަ ޔަމަނަށް ބޭނުންވާ އިންސާނީ އަސާސީ އެހީތައް ހުއްޓިގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ އދ. އިން ވަނީ އިންޒާރު ދީފައެވެ.

ޔަމަނުގެ ޙޫޘީ ހަނގުރާމަވެެރިންނާއި އެޤައުމުގައި އޮތް ބައިނަލްއަޤްވާމީ މުޖްތަމައު ޤަބޫލުކުރާ ސަރުކާރާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، މި ފާއިތުވި ތިން އަހަރު ހަމަލާތަކުގައި 10،000 މީހުން މަރުވެފައިވެއެވެ. އަދި 40،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހޫޘީ ހަނގުރާމަވެރިން އެމީހުންގެ އަތުގައި ހުރި މިސައިލްތައް ދޫކޮށްލުމަށާއި، ބަދަލުގައި ސަޢޫދީ އިން ޔަމަނަށް ބޮން އެޅުން ހުއްޓާލުމަށް އދ. އިން ހުށަހެޅިއެވެ.

ޔަމަނަށް ސުލްހަ ގެނައުމަށް އދ. އިން އިސްނަގައިގެން ފަށާފައިވާ މަސައްކަތްތަކަށް ހޫޘީ ހަނގުރާމަވެރިން މަރުހަބާކިޔައެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބުވާނީ ހަނގުރާމައިގެ އެހެން ބައިވެރިން އދ. ގެ ބައިވެރިވުން ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭ ނަމަ ކަމަށް ހަނގުރާމަވެރިން ބުނެއެވެ.

އދ. އިން އަންދާޒާ ކުރާ ގޮތުގައި ޔަމަނުގައި 22.2 މިލިއަން މީހުން ކާނާގެ އެހީއަށް ބޭނުންވެފައި ތިބިއިރު އަށް މިލިއަން މީހުން ތިބީ ބަނޑަށް ޖެހުމުގެ މަގުމަތީގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް