Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ.އަބްދުލް މަޖީދު

ނިވިގެން އެދިޔައީ އިލްމީ ދަންމަރެއް: އަބްދުﷲ ޝާހިދު

ހުރިހާ ބޭފުޅުންނާއި މަޝްވަރާ ކުރައްވާ ބޭފުޅެއް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 2 ޖޫން 2018 | ހޮނިހިރު 14:01
ޑރ. ބާރީގެ ތައުބީނުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ޑރ. ބާރީގެ ތައުބީނުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ކަންތަކުގައި މަޝްވަރާ ކުރެއްވެވުމުގައި ވަކި އުމުރެއް، ވަކި ފަންތިއެއް، ވަކި އިންތިއެއް އަލްމަހްރޫމް ޑރ.އަބުދުލް މަޖީދު އަބްދުލް ބާރީ ނުބައްލަވާ ކަމަށާއި ނިވިގެން އެދިޔައީ އަލިގަދަ އިލްމީ ދަންމަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަކިވެވަޑައިގަތީ މުޅި ދިވެހިރާއްޖެއަށް ކުއްލި ސިހުމެއް ގެނުވާފަކަމަށާއި އެ ދުވަހަކީ މުޅި ރާއްޖެ ރޮއްވާލި ދުވަހެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ލޮބުވެތި އަނބިކަބަލުންނާއި ބޭފުޅުންނާއި އާއިލާއަށް މިކަމުން ލިބޭނޭ ފުން ހިތާމަޔާއާއި އަސަރު އިތުރު މީހަކަށް ވަޒަން ކުރަން ވެސް ނޭނގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ތައުބީނު ޖަލްސާގައި ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކީވެސް އިލްމީ ކަރު ހިއްކުންތަކަށް ޑރ. މަޖީދުގެ ތަނަވަސް އިލްމީ ކޯރުތަކުން ކަރުތައް ތެންމާލުމުގެ ނަސީބު ލިބިލައްވާފައި ބޭފުޅެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ވަކިވެގެން އެދިޔައީ ޚުލްގު ހެޔޮ މަޑުމައިތިރި އުސްތާޒެއްކަމަށާއި އަދި އާލިމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެ ރޮއްވާފައި، ރާއްޖޭގެ ރައްޔިތުނަށް ފުންހިތާމައެއް ލިބިގެން ދިޔައީ އެފަދަ އާލިމެއް ވަކިވެވަޑައި ގަތީމާކަމަށް ވިދާޅުވިއެވެ. އަދި ޑރ. ބާރީ އަކީ ކެތްތެރިކަމާއެކު ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވާ، ކެތްތެރި ކަމާއެކު އެކަންތައްތައް މީހުންނަށް އޮޅުން ފިލުވައި ދިނުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ކީރިތި ގުރުއާން ފެތުރުމަށް ރައީސް މައުމޫނުގެ ސަރުކާރުގައި އެކުލަވާލެވުނު ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް އެންމެ އެކަށީގެންވާ ރައީސެއް ހޮވުމުގައި އެތައް ބައެއްގެ ތެރެއިން، ނަން ވިދާލީ ޑރ.ބާރީގެ ނަން ކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު އެ މަނިކުފާނު ހިންގެވި އިރު، ވަރަށް ގާތުން އެބޭފުޅާގެ މަސައްކަތް ދުށުމުގެ ނަސީބު ލިބިލެއްވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ މަނިކުފާނަކީ ހިވާގި، މުރާލި، ގަޑިން ގަޑިއަށް މަސައްކަތް ފުރިހަމަ ކުރަށްވާ، ކުރައްވަން ޖެހޭ ކަމެއް ކުރައްވާފައި ނޫނީ ފަސްޖެހި ވަޑައި ނުގަންނަވާ، އިލްމު ފެތުރުމުގައި ހައްގު ބަސް ވިދާޅުވާ ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނަކީ ކީރިތި ގުރުއާނުގެ މަރުކަޒުގެ ސަބަބުން ދިވެހިރާއްޖޭގައި ގުރުއާނުގެ އިލްމު ފެތުރުމުގަ އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު، ޑރ. ބާރީ ސިފަ ކުރެއްވީ ހައްގުބަސް ވިދާޅުވުމުގައި ދެވަނައެއް ނުވާ ބޭފުޅެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު